Episode 51

ބުނާށޭ ލޯބި ނުވަނީހޭ. (51 ވަނަބައި)

"ރިޕީޓް ދެޓް؟" ނަދާލްގެ ފަހު ޖުމްލައާއެކު އިވާންގެ ހަނިކޮށްލެވިފައިވާ ދެލޯ ބޮޑުވެގެން ދިޔައިރު، އޭނާއަށް ލިބުނު ސިހުމުގައި ގޮނޑީގެ ލެގޭ ބައިން ނެއްޓިގަނެ ބުރަކަށި ސީދާ ކޮށްލެވުނެވެ. "ނަދާލް ތި ބުނަނީ މި ކަންތައްގަނޑަކީ.. މި ކަންތައްގަނޑަކީ މައިރާގެ ރޭވުމެއް ނޫނޭތަ؟" އޭނާއަށް އަހައިލެވުނެވެ.

އިވާންގެ ސުވާލާއެކު ނަދާލްއަށް ބުމަ ގޮށް ޖަހައިލެވުނީ އިވާން މައިރާއާމެދު އެގޮތަށް ވިސްނަންވީ ސަބަބެއް ނޭނގުމުންނެވެ. މައިރާފަދަ ކުއްޖެއްގެ ހިތާ ހަމައަށް ވާސިލް ވެވުނުއިރުވެސް އިވާންއަށް މައިރާ އެއްވެސް ވަރަކަށް ދަސްވެފައި ނެތީބާ އެވެ. އެހެން ހިތަށް އެރުމުން ނަދާލް ކޮންމެވެސް ވަރަކަށް އިވާންދެކެ ހިތްހަމަ ނުޖެހެވުނު ނަމަވެސް ދެވަނަ ސިކުންތުގައި އޭނާއަށް ކަމެއް ރޭކައިލި އެވެ.

"ލެޓް މީ ގެސް؟ މައި އިވާންގާތު ބުނީ ދޯ ހުރިހާ ކަމެއް ޕްލޭން ކުރީ ތިމަންނައޭ؟" ނަދާލް އަހައިލި އެވެ. އޭނާ ހިތި ހިނިތުންވުމަކާއެކު ބޯ ޖަހައިލީ އިވާންގެ ހިމޭންކަމުން ޖަވާބު ލިބުނު ފަދައިންނެވެ.

"އައިމް ނޮޓް ސަޕްރައިޒްޑް. މައި ކޮށްފާނެ ކަމެއްގެ ވާހަކަ ތި ބުނީ.. އޭރުވެސް ހީވިއޭ މައި އަމިއްލައަށް މިކަމުގެ ބްލޭމް ނެގީހެން. އެނގޭތަ؟ ތިއީ ހަމަ އެއްކަހަލަ ދެމީހުން.. އިވާންވެސް އަދިވެސް ތި ހުންނަނީނު މައިގެ މައްސަލައެއްވެސް ނުޖައްސާ.. ލޯބިވާ މީހާ ސަލާމަތްކުރަން ކޮންމެ ކަމެއް ކުރަންވެސް ތި ދެމީހުން ފަސް ނުޖެހޭނެ" ނަދާލް ބުންޏެވެ.

"ތި ބޭކާރު ހުޝާމަދުތައް އަހާކަށް އަހަރެންގެ ޝައުގެއް ނެތް" އިވާން ބުނެލި އެވެ.

"އޯކޭ އޯކޭ ހަމަ ޖެހިބަލަ.. އިވާން އަޑުއަހަން ބޭނުންވާ ވާހަކަ މި ކިޔައިދެނީއޭ. އަސްލު ވީ ގޮތަކީ މަލްގެ މައްސަލައިގަ ކޭސް ކްލޯޒް ކުރިކަމަށް ޕޮލިހުން އެންގިއިރު ކާފަ އުޅުނީ ވަރަށް ބަލިވެ. އެހެންވެ ކާފަ ގޮވައިގެން ހޮސްޕިޓަލުގަ އުޅެން ހަދައިގެން ޕޮލިހުންގެ ނިންމުމާމެދު މާ ބޮޑަށް އަޅާނުލެވިފަ ތިއްބާ ކާފަ ނިޔާވެގެން މައި މާލެ އައީ. ދެން އަހަރެންނާއި، މަލްއާއި، މައިއަކީ ކުޑައިރުއްސުރެން އެންމެ ގާތްކޮށް އުޅުނު ތިން މީހުން. މަލްގެ ހާލަތު ދެކެފަ މައި ބޭނުންވީ މަލްއަށް އިންސާފު ހޯދައިދޭން. މަލްއަށް އެކަން ކުރިން މީހުން ހޯދާފަ ހެއްކާއެކު ފުލުހުންނަށް ހަވާލުކުރުން" ނަދާލްގެ ވާހަކަތަކަށްފަހު އިވާން އޭނާއަށް ބަލަހައްޓައިގެން އިނީ ސުވާލުތަކުން ފުރިގެންވާ ނަޒަރަކުންނެވެ.

"އެނގޭ މިހެން ބުނީމަ ސުވާލު އިތުރު ވާނީކަން. އެއަށްވެސް މި ޖަވާބު ދެނީ.. މަލްއަށް ދިމާވި ކަންތަކުގެ ފަހަތުގަ ހުރީ މަލްގެ ބޯއިފްރެންޑްކަމަށް މައިއަށް ވިސްނަދިން މީހަކީ އަހަރެން. އެއީ އަސްލު އަހަރެންނަށް އޭރުވެސް މަލްއާއި ދާނުގެ ޗެޓް ފެނިފަ އޮތީމަ. އެރޭ މަލް އެތަނަށް ގެންގޮސް ކާރަށް އަރަން ބުނި މީހަކީވެސް ދާނުކަން އެނގިފަ އޮތީމަ. އޭރު އަހަރުމެންނަކަށް ދާނުގެ ސިފައެއް ނޭނގޭ. އެއީ ކިހިނެއް ހުންނަ ކާކު ކަމެއް ނޭނގޭ. ދާނުގެ ރަށް ހޯދައިގެން އަހަރުމެން.. މިބުނީ މައި އެރަށަށް ދިޔަތާ ދުވަސްކޮޅެއް ފަހުން ޒެފްއަށް އެ ފައިލް ފޮނުވޭ ވަރުވީ... އެ ފައިލުން އިދާންގެ ފޮޓޯ ފެނިގެން މައި އަހަރެންގާތު އިވާންގެ ވާހަކަ ބުނީ. ހިތަކަށްވެސް ނާރާ އިވާންއާއި އިދާންއަކީ ދެމީހަކަށް ވެދާނެއޭ. އައި މީން ވަޓް ވަރ ދަ އޮޑްސް؟ ފައިލްގަ ހުރި މައުލޫމާތާއި މައިއަށް ފެނުނު އިވާންގެ ހަގީގީ ދިރިއުޅުން ނުލާހިކު އެއްގޮތް.. ސިފަވެސް.. އެޑްރެސްވެސް.. ވަޒީފާވެސް.. ދެމީހުން ސަފަޔަރގަ ކިޔެވި މުއްދަތުވެސް.. އެ ހުރިހާ ކަމަކަށް ބަލާފަ އިދާންއަކީވެސް އިވާންކަން އަހަރުމެންނަށް ޔަގީން ކުރެވުނީ. އަހަރެން ބޭނުންވި އެވަގުތުން އެވަގުތަށްވެސް އިވާންގެ ކަންތައް ނިންމާލަން އެކަމަކު" ނަދާލް ވާހަކަ ކުރިއަށް ގެންދަން ފަސްޖެހުނެވެ.

"އެކަމަކު؟" އިވާން އަހައިލި އެވެ. އޭނާގެ އަޑު ކިތަންމެ ސާބިތުވެފައި ހަރުކަށިވި ނަމަވެސް ހިތުގައިވި ނުތަނަވަސްކަމުގެ ސަބަބުން އިނދެވުނީ ހުއްޓުމެއްނެތި ފައި ތަޅުވައިލަ ތަޅުވައިލަ އެވެ.

"އެކަމަކު މައި އަހަރެންގާތު ބުނީ އިތުރަށް ވަގުތު ދޭން.. އިވާންއާ ދެކޮޅަށް އިތުރު ހެކި ހޯދާ ވާހަކަ. އަހަރެންނަށް އޭރުވެސް އެނގޭ މައި މަސައްކަތް ކުރީ އިވާންއާ އެއްކޮޅަށް ހެކި ހޯދަންކަން. މިބުނީ އިވާންއަކީ އިދާން ނޫންކަން އަހަރެންނަށް ސާބިތު ކޮށްދެވޭނެ ހެއްކެއް ހޯދަންކަން. ދެން އިވާން ދެއްކި ކޮންމެވެސް ވާހަކައެއްގެ ތެރެއިން އެކަމަށް ކޮންފެސް ކުރީއޭ ބުނެފަ އެއްރެއަކު ވަރަށް ދަންވެފަ ހުއްޓާ އަހަރެންނަށް ގުޅާފަ ރޯން ފެށީ.. އެރޭ ބުނީ އިވާން އެންޑް މަލް- ސޮރީ އިދާން އެންޑް މަލްގެ ފޮޓޯގަނޑު ފެނުނު ވާހަކަވެސް. އެހިސާބުން އަހަރެން ބޭނުން ނުވީ އެންމެ ދުވަހެއްވެސް ލަސްކުރަން. މައި އިތުރަށް ވަގުތުދޭން ބުނީމަވެސް މައި އިތުރަށް އިވާންއަށް ފޯލްވާނެ ޗާންސެއް ނުދޭންވެގެން ޖެހިގެންއައި ރޭ ތިރަށަށް ދިޔައީ.. އެރޭ އަހަރެން ލޯންޗަށް އަރަނިކޮށްވެސް މައި ގުޅާފަ ވަރަށް އާދޭސްކުރި.. އިވާން އެވަރުގެ ކަމެއް ނުކުރާނެއޭ އިވާންއަށް އެހެން ނަހަދާށޭ…"

ނަދާލް އެ ހާމަ ކުރަމުންދަނީ ހަޤީޤަތް ކަމާމެދު އޭނާއަށް ޝައްކުވި އެވެ. މިއީ އަނެއްކާ މައިރާ ސަލާމަތްކުރަން ނަދާލް ހަދައިގެން އުޅޭ މޮޅު ވާހަކައަކީބާއޭ ހިތަށް އެރި ނަމަވެސް ހަމަ އެ ހިތުން ދިޔައީ އެ ވާހަކަތައް ގަބޫލު ކުރުމަށް ގޮވައިލަމުންނެވެ.

"އަސްލު ބުނަންޏާ އަހަރެން މައިއަށްވެސް އޮޅުވާލީ.. މައި އިންސާފު ހޯދަން ކުރި މަސައްކަތް ބަދަލު ހިފުމަކަށް ބަދަލު ކުރީ އަހަރެން. މައިއަށް އަހަރެން އެ ޕްލޭން ކިޔާދިނީވެސް އެރޭގެ ބާބެކިޔުގަ. ސޯ އެރޭ ޝީ ވޯޒް ޖަސްޓް އެކްޓިންގް އޭޒް މައި ޕަޕެޓް. އައިމް ނޮޓް ވެރީ ޕްރައުޑް އޮފް ވަޓް އައި ޑިޑް އެކަމަކު އަހަރެން ކަންތައް ކުރީ އޭރު އަހަރެންނަށް ވިސްނުނު އެންމެ ރަނގަޅު ގޮތަށް. އިވާން ފުލުހުންގެ މަތީ މަގާމެއްގަ ހުރީތީ އަހަރެންނަށް އެނގުނު ހެއްކާއެކު ކަމަށްވިޔަސް އިވާންގެ މައްސަލަ ޖެއްސުމަކީ ބޭކާރު ކަމެއްކަން. ހީކުރެވުނީ ކުރިންވެސް މައްސަލަ ބޭރުކޮށްލީ އިވާންގެ ނުފޫޒުން ކަމަށް. ސޯ ވީ ހެޑް ނޯ ޗޮއިސް ބަޓް ޓު ފްރޭމް ޔޫ. އަހަރެންގެ ނަޒަރުގަ އިވާން ވީ ކުށްވެރިއަކަށް. މައިއަށް އިދާންގެ ހަގީގަތް އެނގިގެން އައިސް އަހަރެންގާތު ހުރިހާ އެއްޗެއް ކީ ދުވަހުވެސް އަހަރެން މައި ދެއްކި ވާހަކަ ގަބޫލެއް ނުކުރަން. އޭރުވެސް ހީކުރީ މައި ހައްލާލަން އިވާން ކޮންމެވެސް ވާހަކައެއް ދައްކަނީ ކަމުގަ. އިވާންއަކީ ހަމަ އިދާންކަމުގަ. މައި ހިތްހަމަ ޖައްސާލަން އަހަރެންގޮސް އިވާންއަށް ވަޒީފާއެއް ހުށަހެޅިއެއްކަމަކު އަހަރެން އޭރުވެސް އިވާންއަށް ނަފްރަތު ކުރިން. އަހަރެން އިވާންއަށް ކުރި ޝައްކު ފިލައިދިޔައީވެސް މަލްއާއި އިދާންގެ ބައްދަލުވުން ހޮސްޕިޓަލުގެ ތެރެއިން ފެނުނު ހިސާބުން" ނަދާލް އެ ބުރަދަންހުރި ވާހަކަތައް ނިންމައިލަމުން ފުން ނޭވާއެއް ދޫކޮށްލީ ސިކުނޑިން އެތައް ޓަނެއް ލުއިވެގެން ދިޔައީތީ އެވެ. އޭރު އޭނާގެ ކުރިމަތީގައި އިން އިވާންއެކޭ ދެންމެ ދެންމެ ގޮވައިފާނޭ ބޮމެކޭ ތަފާތެއް ނެތެވެ. މަޑުން އިން ކަމުގައިވިޔަސް އެ މޫނުމަތީގައިވި ނުރައްކާތެރިކަން ފެނި ނަދާލް އިނީ އޭނާއަށް ހަމަލާއެއް އައިސްދާނެކަމަށް ވިސްނައިގެނެވެ. އިވާން ކުއްލިއަކަށް އިށީނދެ އިން ގޮނޑީގެ ކުރިއަށް ޖެހިލުމާއެކު ނަދާލްއަށް ނޭވާ ހިފަހައްޓައިލެވުނެވެ.

"ތި ދެއްކި ވާހަކަތަކުގަ ކުޑަވެސް ހަގީގަތެއް ވަންޏާ ނަދާލް އަދި ދުނިޔޭގަ ހުރެ ތިކަމާ ހިތާމަ ކުރާނެ. އެންޑް އިޓްސް ނޮޓް ބިކޯޒް އައިމް ގޮއިންގް ޓު ޑޫ އެނީތިންގް އަބައުޓް އިޓް. އިޓްސް ބިކޯޒް ލީން ވިލް ނެވަރ ފޯރގިވް ޔޫ ވަންސް ޝީ ލާރންސް ދަ ޓްރުތް" އިވާން އިށީނދެ އިން ގޮނޑިން ތެދުވެލުމަށްފަހު ނަދާލްގެ މޫނާ ޖެހޭ ނުޖެހޭހާ ގާތަށް ޝަހާދަތް އިނގިލި ދިއްކޮށްލި އެވެ. "ހަނދާންކުރާތި މިއަދުން ފެށިގެން އައިލީންއަށް ހަގީގަތް އެނގުމާ ހަމައަށް ނަދާލް ތި ހިނގަމުންދަނީ ބިސްތޮށި މަތީގަކަން. ދެޓް ޓޯޗަރ އިޓްސެލްފް މައިޓް ބީ އިނަފް ފޯރ ޔޫ އިން ދިސް ލައިފްޓައިމް"

އިވާން ދިން އިންޒާރަށްފަހު ހިނދުކޮޅަކު ހުއްޓުން އަރާފައި އިން ނަދާލް ކުއްލިއަކަށް ގޮނޑިން ތެދުވެ ރެސްޓޯރަންޓުން ނުކުތުމަށް ދުއްވައިގަތެވެ. އޭނާއަށް އިވާން ފެނުނީ ލިފްޓުތަކުގެ ކައިރީގައި ހުއްޓަ އެވެ.

"އިވާން.. އިވާން ޔޫ ވިލް ސްޓިލް މޭކް އިޓް ޓު ޓުނައިޓްސް ސެލެބްރޭޝަން ރައިޓް؟ މައި ވުޑް ރިއަލީ-" ނަދާލްގެ ވާހަކައަށް ސަމާލުކަން ދިނުމެއްނެތި އިވާން އެވަގުތު އެ ފަންގިފިލާއަށް މަޑުކޮށްލި ލިފްޓަށް އަރައި އޭގެ ދޮރު ލައްޕައިލި އެވެ.

"ޝިޓް!" ފުޓުބޯޅައެއްގައި ފައިން ޖެހި ފަދައިން ނަދާލްއަށް ވައިގެ ތެރޭގައި ފައި ހޫރައިލެވުނެވެ. އޭނާ އެހާވަރަކުން އެރޭގެ ކުޑަ ހަފްލާއަށް އިވާން ގެންނަން ބޭނުންވަނީ މައިރާ ރުއްސުމަށެވެ. އެހެނަސް އެކަން ކާމިޔާބު ނުވެދާނެހެން ހީވުމުން އޭނާގެ ހިތުގައި ހާސްކަމެއް އުފެދިއްޖެ އެވެ.

****************

ތެތްކޮށް އޮތް އިސްތަށިގަނޑުގައި ތުވާލި އޮޅައިލަމުން ފާހަނައިން ނުކުތް މަލަކް ލުއި ފިޔަވަޅުތަކެއްގައި ގޮސް ރީތިވާ މޭޒު ދޮށުގައި އިށީނދެލި އެވެ. ލައިގެންހުރި ކަޅުކުލައިގެ ލޭސް ގަމީސްކޮޅުގެ ގިރުއާން ރީތި ކޮށްލިތަނާހެން ފޯނު ރިންގުވި އަޑު އިވުމުން މަލަކް އަވަސް އަވަހަށް ފޯނު ހޯދައިލި އެވެ. އަންނަމުންދިޔައީ ޝާވިންގެ ފޭސްޓައިމް ކޯލެކެވެ. ވީޑިއޯ ކޯލެއްކަމުން މަލަކްއަށް ފުރަތަމަ ހުރެވުނީ ހަދާނެ ގޮތެއް ނޭނގިފަ އެވެ. އެހެނަސް ލޯގަނޑުން މޫނު ބަލައިލައި ކަރުކެހިލުމަށްފަހު އޭނާ އެ ކޯލު ކެނޑުމުގެ ކުރިން ޖަވާބު ދިނެވެ.

"ހާއި" ޝާވިން ހިނިތުންވުމަކާއެކު ހަނާ އަޅައިލި އެވެ.

"ހަ... ހާއި.. ވަޓްސް އަޕް؟" މަލަކް އަހައިލި އެވެ.

"ޓޭކް އަ ގެސް" ޝާވިންގެ ތުންފަތުގައިވި ހިނިތުންވުން އިތުރަށް ފުންވެލި އެވެ. މަލަކް ނޭނގެއޭ ބުނާފަދަ މޭރުމަކުން ބޯ ހޫރައިލުމާއެކު ޝާވިން ފޯނުގެ ކެމެރާ "ފްލިޕް" ކޮށްލި އެވެ. ރަންވޭ މަތީގައި އޮތް މަތިންދާ ބޯޓު ފެނި މަލަކްގެ ދަތްދޮޅި ވެއްޓުނުތަން ފެނި ޝާވިންގެ ފަރާތުން އިވިލީ ލުއި ހުނުމެއްގެ އަޑެވެ.

"މިއަދު ބުނީމެއްނު ސީ ޔޫ ސޫން އޭ. ފްލައިޓަށް މި އަރަނީ" ޝާވިން ބުންޏެވެ.

"ވާއު.. އައި މީން.. އެހެން ބުންޏަސް އަހަރެން ހިއެއް ނުކުރަން މިހާ އަވަހަށް.." މަލަކްއަށް ބުނެވުނެވެ. އެއާއެކު ޝާވިން ލަސްވަނީ ކަމަށްބުނެ މަލަކްއަށް ދެތިން ލޯބީގެ ބަހެއް ބުނެލުމަށްފަހު ފޯނު ކަނޑައިލި އެވެ.

މަލަކް ފޯނު ޗާޖަށް ޖަހައިލުމަށްފަހު އައިސް ރީތިވާ މޭޒުދޮށުގައި އިށީނދެލިއިރު ކުރިން ނެތް ލަސްކަމަކާއި ތުއިކަމެއް އެ ހަރަކާތްތަކުގައި ހުއްޓެވެ. ޝާވިން ފެންނާނެ އިރަކަށް އިންތިޒާރު ކުރެވެމުންދާ ހާލު ތުނބުން ރީތި ރާގެއް އަޅުވާލައިގެން އިނދެ މޭކަޕްގެ ބޮޑު ބައެއް ކޮށް ނިންމައިލި ހިނދު، ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވި މަލަކް ލޯގަނޑުން އެދިމާލަށް ބަލައިލި އެވެ. އެތެރެއަށް ވަތް މައިރާއަށް ހިނިތުންވެލުމަށްފަހު އަނެއްކާވެސް މޭކަޕާއިގެން ކުރިއަށް ދާން ފެށި އެވެ. މައިރާއަށް އެ މަންޒަރު ފެނި ލިބުނީ ހައިރާން ކަމެކެވެ. އަތުގައި އޮތް ދަބަސް އެނދުމައްޗަށް ދޫކޮށްލުމަށްފަހު ހަލުވި ފިޔަވަޅުތަކެއްގައި އައިސް މަލަކް އިށީނދެ އިން ގޮނޑި އޭނާއާވި ފަރާތަށް އަނބުރައިލަމުން ދެކަކޫ މައްޗަށް ތިރިވެލި އެވެ.

"މަލް.. ޔޫ އަރ ޑުއިންގް ޔޯ އޯން މޭކަޕް؟" މައިރާއަށް ގަބޫލު ނުކުރެވިފައި އަހައިލެވުނެވެ.

"މައި… މަލް އަބަދުވެސް އަމިއްލައަކަށް ނޫންތަ މޭކަޕް ކުރަނީ" މަލަކް މައިރާގެ ސުވާލަށް މާބޮޑު ފަރުވާލެއް ނުދީ އަނެއްކާވެސް ލޯގަނޑަށް ބަލައިލި އެވެ. އެއާއެކު މައިރާގެ މޫނުމަތިން ހައިރާންކަން ފިލައިގޮސް އޭނާގެ ތުންފަތް ހިނިތުންވުމަކުން ދެމިލި އެވެ.

"މަލް.. ޔޫ އަރ ބެކް!" މައިރާއަށް ބުނެވުނެވެ.

"ހްމްމް. މިއަދު ހެނދުނޭ އައީ.. މައި ބިޒީކަމުން އަދި ކިރިޔާއެއްނު ތި އާދެވުނީ" މަލަކް އާދައިގެ ރާގެއްގައި ބުންޏެވެ.

"ނޯ.. ޔޫ އަރ ރިއަލީ ބެކް! އެންޑް މަޗް ބެޓަރ ނައު!" މައިރާއަށް އުފަލުންގޮސް މަލަކްގެ ކޮނޑުގައި އަތް ވަށައިލަމުން ބައްދައި ގަނެވުނުއިރު އޭނާގެ ދެލޮލަށް އުފާވެރިކަމުގެ ކަރުނަ ޖަމާވެއްޖެ އެވެ.

"ކަ… ކޭން.. ޓް.. ބްރީތް.. މައި" މަލަކް މައިރާގެ އަތުގައި ވިކައިގަތެވެ.

"އޫޕްސް.. ސޮރީ ސޮރީ.. އުފާވެފަ ހުރި ވަރުން.. އައި މިސްޑް ޔޫ މަލް.." މައިރާ ނުހަނު ލޯތްބާއެކު މަލަކްގެ އިސްތަށިގަނޑުގައި ފިރުމައިލި އެވެ. އެއާއެކު މަލަކްގެ ތުންފަތަށްވެސް ފަނޑު ހިނިތުންވުމެއް ވެރިވި އެވެ. އަތުގައި އޮތް މޭކަޕްކުރާ ފިހި މޭޒުމަތީގައި ބާއްވައިލުމަށްފަހު މައިރާގެ އަތުގައި ހިފައިގެންގޮސް އެނދުގައި ބޭންދި އެވެ.

"މައި.. އަހަރެން.. އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފަ އެބަ އޮތް" މަލަކްގެ އަޑަށް ވެރިވި ސީރިއަސްކަމާއެކު މައިރާ ބޯ ޖަހައިލީ ކިހިނެއްވީހޭ އަހައިލާ ފަދައިންނެވެ.

"މައި.. އަހަރެން.. އަހަރެން އެ ރަށަށް ފުރުމުގެ ކުރިން މައި ބުނީމެއްނު ޔޫ ހޭވް ޓު ލަވް ޕީޕަލް ފޯރ ހޫ ދެއި އާރ އޭ.. މައި.. އަހަރެންނަށް ހީވަނީ މައި ބުނީ ކީކޭކަން މިހާރު ވިސްނިއްޖެ ކަންނޭނގެ. ދިސް ޓައިމް އައިމް ނޮޓް ކޮންފިއުޒްޑް މައި.. އައި ރިއަލީ ލަވް ހިމް! ކިހިނެއް ނުވެވޭނީ.. އޭނަ ހާދަ ރަނގަޅޭ މައި.. އަހަރެންގެ ހުރިހާ ކަމެއް އޭނައަށް އަންޑަރސްޓޭންޑް ވޭ. އަހަރެންގެ ހުރިހާ ވާހަކައެއް އަޑުއަހާ.. ހީ އިޒް ސޯ ކައިންޑް އެންޑް.. އަސްލު އަހަރެން ނުކިޔާދިނަސް މައިއަށްވެސް އެނގޭނެ ދޯ އޭނަގެ ގޮތް. މައިގެވެސް ރައްޓެއްސެއްނު" މަލަކްގެ ވާހަކަތައް އަޑު އަހަން އިން މައިރާއަށް ކުރެވުނީ އޭނާގެ ހިތް ގެނބެމުންދާ ކަމުގެ އިހުސާސެކެވެ. އެ ތުންފަތުގައިވި ހިނިތުންވުން މަޑުމަޑުން ފުހެވެމުންގޮސް މުޅިން ފިލައި ހިނގައްޖެ އެވެ. އެހެނަސް އެ އަޑުއަހަން ދަތި ވާހަކަތައް ހުއްޓުވާނެހާވެސް ހިތްވަރު ނުލިބި މައިރާއަށް އިނދެވުނީ ފާޑަކަށް ގަނޑުވެފަ އެވެ.

"މައި… މައި!" މައިރާއަށް ހޭވެރިކަމެއް ވީ މަލަކް އޭނާގެ އަތުގައި ހިފައި ތަޅުވައި ގަތުމުންނެވެ.

"ޔެ.. ޔެސް" މައިރާގެ ހިތުގެ ހާލު ހިނިތުންވުމެއްގެ ނިވަލުގައި ފޮރުވައިލި އެވެ.

"އަސްލު މިރޭ ދެމީހުން އެއްކޮށް މައިއާ މި ވާހަކަ ދައްކަން ހުރީ އެކަމަކުވެސް އަހަރެންނަށް ނުހުރެވިގެން ހަމަ މި ކިޔާދެވުނީ.." މަލަކް މައިރާގެ ކައިރިން ތެދުވެގެންގޮސް އަނެއްކާވެސް ގޮސް ރީތިވާ މޭޒުދޮށުގައި އިށީނެވެ. ވުމާއެކު މައިރާވެސް ފުރުސަތުގެ ބޭނުން ހިފައި އެތަނުން ނުކުތުމަށް ހިނގައިގަތެވެ.

"މައި ރެޑީ ވައްޗޭ.. އަހަރެން ބޭނުން ތި ދެމީހުން ރަސްމީކޮށް ބައްދަލުކޮށްދޭން.. ގުޅާނަން އެނގޭ އިރުކޮޅަކުން. ނުނިދާ ހިތްވަރު ކޮށްލައްޗޭ. އެހާ ގިނަ އިރެއް ނުވާނެ" މައިރާ އެ ކޮޓަރީގެ ދޮރު ހުޅުވައިލިތަނާ މަލަކް ބުނެލި އެވެ. މައިރާ އެންމެ ރަނގަޅޭބުނެ ބޯ ޖަހައިލި އެވެ.

ކޮޓަރިއަށް އައިސް ދޮރު ލައްޕައިލެވުމާއެކު މައިރާގެ ނަފްސަށް ވެރިވީ އާދަޔާ ހިލާފު ހިމޭންކަމެކެވެ. އެނދާ ދިމާލަށް ގޮސްފައިވެސް އޭނާ ބަރުހެލިކަމާއެކު ތިރިވެލީ ބިންމައްޗަށެވެ. ދެފައި ކުރުކޮށްލަމުން އެނދުގެ ފަޑީގައި ލެގިލިއިރު މަލަކް ދެއްކި ވާހަކަތައް ކަންފަތް ދޮށުގައި ތަކުރާރުވަމުންދިޔަ އެވެ. އިވާންއާމެދު އޭނާގެ ހިތުގައިވާ އިހުސާސްތައް ކިތަންމެ ފުންވެފައި ވަރުގަދަ ނަމަވެސް މަލަކްގެ އުފާވެރިކަމަށް އެޅޭނެ ހުރަހަކަށް އޭނާއެއް ނުވާނެ އެވެ. އެހާ ދުވަހަށްފަހު އޭނާގެ ލޯބިވާ ކޮއްކޮ އެ ކޮއްކޮގެ ހަގީގީ މިޒާޖުގައި އޭނާއަށް ލިބުމުން އަލުން އެ އަނދިރިކަމުގެ ތެރެއަށް ފޮނުވާލާނީ ކިހިނެއް ހެއްޔެވެ؟

އެފަދަ ހިޔާލުތަކެއްގައި ގަޑިއެއްހާއިރު ފާއިތުވެގެން ދިޔައިރުވެސް މައިރާއަށް އިނދެވުނީ ފަރާތަކަށް ގުޑިލަންވެސް ނޭނގިފަ އެވެ. ބުރަ ދުވަހަކަށްފަހު ހަށްޓަށް ލިބިފައިވާ ވަރުބަލި ކަމަށްވުރެ ބޮޑު ވަރުބަލިކަމެއް މިހާރު ސިކުނޑިއަށް ވަނީ ލިބިފަ އެވެ. ހެނދުނުއްސުރެން ލައިގެން އުޅުނު އަންނައުނުވެސް ބަދަލު ކޮށްލާނޭހާ ހިތްވަރެއް އޭނާގެ ނެތެވެ. ކަކުލުގައި އެއް އަތް އަޅުވާލައިގެން އިނދެ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަނެއް އަތް މަހައިލީ އެ އިސްތަށިގަނޑުގެ ތަރުތީބުކަން ގެއްލުވައިލަމުންނެވެ.

މާ ގިނައިރެއްނުވެ މަލަކްގެ ކޯލު އަންނަން ފަށައިފި އެވެ. މައިރާ އެ ކޯލަށް ޖަވާބު ދިނީ އިތުރު ގޮތެއް ނެތުމުންނެވެ. މަލަކް އޭނާގާތު ގޭގެ ޓެރަހަށް އަންނަން ބުނުމުން އެކަމަށް އެއްބަސްވެފައި ފޯނު ކަނޑައިލި އެވެ. ރީތިވާ މޭޒުގެ ލޯގަނޑު ކުރިމަތީގައި ހުއްޓިލަމުން އިސްތަށިގަނޑާއި ލައިގެންހުރި ސޫޓް ރީތި ކޮށްލުމަށްފަހު ލިޕްސްޓިކަކުން ތުންފަތުގައިވި ގަދަ ރަތްކަން އިތުރަށް ފަވައިލަމުން ފޯނު ހިފައިގެން ކޮޓަރިން ނުކުތެވެ. ލިފްޓުގައި ހުރިއިރު އޭނާގެ ހިތް ދިޔައީ ނެގިނެގިފައި ޖެހެމުންނެވެ. މިރޭ މަލަކްގެ ވާހަކަތައް އަޑު އިވުމާ ހަމައަށްވެސް އޭނާ ހުރީ އިވާން ދެކިލުމަށް ކެތްމަދުވެފަ އެވެ. އެހެނަސް އެ ވާހަކަތަކަށްފަހު އޭނާ މިހާރު ބޭނުންވަނީ އިވާން ދުވަހަކުވެސް ނުފެންނަ ހިސާބަކަށް ދާށެވެ. މަލަކްއާއި އިވާންއަކީ އޭނާ ކިތަންމެ ލޯބިވާ ދެމީހުން ކަމުގައިވިޔަސް އެ ދެމީހުން އެކުގައި އުޅޭތަން ދެކެން އޭނާއަކަށް ފަސޭހައެއް ނުވާނެ އެވެ.

ޓެރަސް ހުންނަ ފަންގިފިލާއަށް ލިފްޓުގެ ދޮރު ހުޅުވުމުން މައިރާ ހަށިފުރާ ނޭވާއެއް ލާފައި ލިފްޓުން ނުކުތެވެ. ފޯނަށް ބަލަންހުރެ ޓެރަހުގައި ހުންނަ ހަޓާ ހަމައަށް ދިޔަތަނާހެން އިވިގެންދިޔަ ތަހުނިޔާގެ އަޑަށް އޭނާ ދިޔައީ ހަމަ ރަނގަޅަށްވެސް ސިއްސައިގެނެވެ. އޭރު މަލަކްއާއި ނަދާލް އަދި ނަޝްވާއާއި މާއިޒްގެ އިތުރުން އައިލީން އެތަނުގައި މަޑުކޮށްލައިގެން ތިއްބެވެ.

"ވަ.. ވަޓް؟ ކިހިނެއް މި ވަނީ؟" ދިގު ގޮނޑިތަކުގެ މެދަށް ވާހެން ހުރި ތިރި މޭޒުމަތީގައި ބެހެއްޓިފައިވާ ކޭކާއި ހުދުކުލައިން ބަންދު ކުރެވިފައިވާ ހަދިޔާ ފޮށިތަކަށް ބަލައިލަމުން މައިރާއަށް އަހައިލެވުނެވެ.

"ކޮންގްރެޓްސް ޓު އަވަރ ސީ.އީ.އޯ. ވެރީ ޕްރައުޑް އޮފް ޔޫ މައި!" މާއިޒް ކުރިއަށް ފިޔަވަޅެއް އަޅައިލަމުން މައިރާގެ ކޮނޑުގައި އެއް އަތް ވަށައިލި އެވެ.

"އެ ތެދެއް.. ވެރީ ޕްރައުޑް އޮފް ޔޫ.. ވަރަށް ބޭނުން ސެލެބްރޭޝަން ނިމެންދެން މަޑުކޮށްލަން އެކަމަކު ނީއްކޮ އެކަނި ބާއްވާފަ މި އައީ.. އެހެން ފަހަރަކުން އަންނާނަން. އެންޑް ޔެސް.. މިއޮތީ މައިއަށް ގެނައި ގިފްޓް" ނަޝްވާވެސް މާއިޒްގެ ވާހަކައާ އެއްބައިވެލަމުން މޭޒުމަތިން ނެގި ކުޑަ ފޮށްޓެއް މައިރާއަށް ދިއްކޮށްލި އެވެ.

"ތޭންކްސް ދޮންތީ.. މިގަޑީގަ ބަލާލަންތަ؟" މައިރާ ބޭނުންވީ އެވަގުތުން އެވަގުތަށް އެ ފޮށި ހުޅުވައިލާށެވެ.

"އަހަހަ. އަޅެ ބަލާލަބަލަ" ނަޝްވާ ބުންޏެވެ.

މައިރާ އެ ފޮށި ހުޅުވައިލިއިރު އޭގައިވަނީ ހުދު ކުލައިގެ ވަށް އެހެއް ޖަހާފައިވާ ރިހި ކަންފަތުލާ އެތިކޮޅެކެވެ. އޭނާގެ މޫނު ވަގުތުން އުޖާލާވި އެވެ. އުފަލުން ނަޝްވާގެ ގައިގައި ބައްދައިލި އެވެ.

"އަޅޭ އައި ލަވް ދިސް.. ތެންކްޔޫ ތެންކްޔޫ ތެންކްޔޫ!" މައިރާ ނަޝްވާގެ ގައިން ދޫކޮށްލުމަށްފަހު އެވަގުތުން އެވަގުތަށް ކަންފަތުގައި އެ އެތިކޮޅު އަޅުވައިލި އެވެ.

"ސޯ ގްލޭޑް ޔޫ ލައިކްޑް އިޓް.. ދެން ދަނީ އެނގޭ.. އޯލް ދި ބެސްޓް" ނަޝްވާ ބުނެލި އެވެ.

"އޭ އޭ މަޑުކޮށްބަ. ދިޔުމުގެ ކުރިން ފޮޓޮއެއް ނަގަން ވާނެއެއްނު. މައި ކޮބާ ކެމެރާ؟" މާއިޒް އަހައިލި އެވެ.

"ކެމެރާ.. އަމްމް.. ކެމެރާ ވީ އޮފީހުގަ. މިހާރު ފޮޓޯ ނަގަން ޓައިމް ނުވާތީ" މައިރާ ބުންޏެވެ.

"އޯހް. ދެން އެކަމަކު ސެލްފީއެއްވިޔަސް ނަގަންވާނެ ދޯ.. ކޮބާ އެންމެން އަރާތަ؟" މާއިޒް ފޯނު ނަގައި އެންމެން އެކުގައި އަރާނެކަހަލަ ފޮޓޮއެއް ނެގި އެވެ. އަދި މައިރާއާ ސަލާމް ކޮށްލުމަށްފަހު ނަޝްވާގެ އަތުގައި ހިފާލައިގެން އެތަނުން ދާން ހިނގައިގަތެވެ. އެ މަންޒަރު ބަލަން ހުރުމަށްފަހު ނަދާލް ކުރިއަށް ފިޔަވަޅެއް އަޅައިލީ މައިރާގެ ގައިގައި ބައްދައިލުމަށްޓަކައި ދެ އަތް ހިއްލައިލަމުންނެވެ.

"ކޮންގްރެޓްސް މަ-" ނަދާލްގެ ޖުމްލަ ފުރިހަމަ ކުރެވޭގޮތް ނުވީ މައިރާ އޭނާގެ ކައިރިން އަޅާފައިގޮސް ފަހަތުގައިހުރި އައިލީންގެ އަތުގައި ހިފައިލުމުންނެވެ.

"ލީން.. މިހާރު އޯކޭތަ؟ ބިޒީވި ވަރުން ފަހުން ހަބަރެއްވެސް ބަލާ ނުލެވުނީ" މައިރާ ބުންޏެވެ.

"ޔެސް.. ބެޓަރ ދޭން އެވަރ ތޭންކްސް ޓު ޔޫ.. ކޮންގްރެޓްސް މައި! ކޮންމެ މީހަކު ކޮންމެ އެއްޗެއް ބުންޏަސް.. ޔޫ ރިއަލީ ޑިސަރވް ދިސް" އައިލީން ނަދާލްއަށް ވަށްބަސް ޖަހައިލަމުން މައިރާއަށް ހިނިތުންވެލި އެވެ. މައިރާވެސް ބަދަލުގައި ހިނިތުންވެލުމަށްފަހު އައިލީންގެ އަތުން ދޫކޮށްލަމުން މަލަކްއާ ގާތަށް ޖެހިލި އެވެ.

"ދެން ކީއްކުރަންތަ އެހެން ބުނީ؟ މިހާރުވެސް މައި އެ ހުންނަނީ އަހަރެންދެކެ ރުޅި އައިސްފަ" ނަދާލް ސިއްރު ސިއްރުން އައިލީންގެ ކަންފަތް ދޮށުގައި ބުނެލި އެވެ.

"ގުޑް. ނެކްސްޓް ޓައިމް މެއިބީ ތިންކް ބިފޯރ ޔޫ ސްޕީކް؟ އެންމެން އަހަރެންހާ ފޯގިވިންގްއެއް ނުވާނެ" އައިލީންވެސް ބުނެލީ ހަމައެކަނި ނަދާލްއަށް އިވޭ ވަރަށެވެ.

"މައި.. ކޮންގްރެޓްސް.. އޯލްސޯ ޗެކް.. ނައިން-އޮ-ކްލޮކް" މަލަކް ލޮލުން އިޝާރާތް ކޮށްލުމާއެކު މައިރާ ދެލޯ ހަނިކޮށްލަމުން ވައަތް ފަރާތަށް މޫނު އަނބުރައިލި އެވެ. ޓެރަހުގައިވާ ފަނޑު އަލީގައި އޭނާއަށް އެތަނުގައިހުރި މީހަކު ފެންނަވަރުވީ ކިރިޔާ އެވެ. ސިފަ ވަކިކުރަން ނޭނގުނު ކަމުގައި ވިޔަސް ހިތުގެ ވިންދަށް އައި ކުއްލި ބަދަލާއެކު މައިރާއަށް އެއީ އިވާންކަން ދެނެގަނެވުނެވެ.

"މައި… ދޭބަލަ" މަލަކް ކުޑަކުޑަކޮށް މައިރާގެ ކޮނޑުގައި އަތް އަޅައި އެދިމާލަށް ކޮށްޕައިލި އެވެ.

"މަލް ނުދާނަންތަ؟" މަލަކް އެރޭ ދެއްކި ވާހަކަތަކުގެ މައްޗަށް ބުރަވެހުރެ މައިރާއަށް އަހައިލެވުނެވެ.

"އިރުކޮޅަކުން ދާނަން. ދެން މައި ދޭބަ އިހަށް. އަން.. މި ހިފައިގެން ދޭ" މޭޒުމަތިން ދެ ޖޫސްތަށި ނަގައި މައިރާގެ އަތަށް ލައިދެމުން މަލަކް ބުންޏެވެ.

މައިރާ ދެން ބަލައިލީ އެތަނުގައިތިބި ނަދާލްއާއި އައިލީންއަށެވެ. އެދެމީހުން އޭރު އަމިއްލަ ވާހަކައެއްގައި ޖެހިފައި ތިބިތަން ފެނުމުން އޭނާ އެ ހަޓުން ނުކުމެގެން އިވާންއާ ދިމާލަށް ހިނގައިގަތެވެ. އޭނާ އަރައިގެންހުރި ކަށި ފައިވާނުގެ ފިޔަވަޅުތަކުގެ އަޑު ކަންފަތުގައި ޖެހުމާއެކު އިވާން ރެއިލިންގްއިން އަތް ދޫކޮށްލުމަށްފަހު ފަސް އެނބުރި ބަލައިލި އެވެ. އެއާއެކު މައިރާއަށް ލިބުނު ސިހުމުގައި ހުރި ފިޔަވަޅުމަތީގައި މަޑުޖެހިލިއިރު އޭނާ ހިފަހައްޓައިގެންހުރި ޖޫސްތަށިވެސް ބަންޑުން ނުވީ ކިރިޔާ އެވެ. މަލަކް އޭނާގާތު އިވާންދެކެ ލޯބި ވެވިއްޖެކަމަށް ބުނާ މޭރުމަކުން އެރޭ ދެއްކި ވާހަކައަށް ފަހުގައިވެސް މައިރާ އުއްމީދު ކޮށްގެން ހުރީ މަލަކްގެ ހިތުގައި އެފަދަ އިހުސާސްތަކެއް އުފެދުނީ އިވާންގެ ސިފަ އިދާންއާ އެއްގޮތް ވީތީ ކަމުގަ އެވެ. އެހެނަސް ތުނިކޮށް ކޮށާލެވިފައިވާ އިވާންގެ އިސްތަށިގަނޑާއި ހެޔޮވަރުވެލާފައި ރޫފައިން މިހާރު ފެންނަނީ މަލަކްއާއެކު އެ ރަށަށް ފުރައިގެން ދިޔަ "އިދާންއާ އެއްގޮތް" އިވާންއެއް ނޫނެވެ. އާނއެކެވެ. މަލަކްއަށް މިފަހަރު އެ ލޯބިވެވުނީ މަލަކްގެ އިދާންގެ ސިފަދެކެއެއް ނޫނެވެ. މިފަހަރު ހަމަ ހަގީގަތުގައިވެސް އޭނާގެ އިވާންގެ ސިފަދެކެ އެވެ. މައިރާއަށް ހީވީ އޭނާގެ ވަށައިގެންވި ދުނިޔެވެސް ނުއަތަށް އެނބުރިގަތް ހެނެވެ. އިތުރަށް އިވާންގެ ސިފަ ދެކޭނެހާ ހިތްވަރު ނެތުމުން އަވަހަށް އިސްޖަހައިލަމުން ކުރިއަށް ހިނގައިގަތެވެ.

"ޔޫ ކަޓް ޔޯ ހެއަރ؟" މައިރާގެ އަތުގައިހުރި ދެ ޖޫސްތަށިން އެއްތަށި އިވާންއަށް ދިއްކޮށްލި އެވެ.

"ހެލޯ ޓު ޔޫ ޓޫ" އިވާން އެ ތަށީގައި ހިފީ އިނގިލީގެ ކުރިން މައިރާގެ އިނގިލިތަކުގައި ބީހިލަމުންނެވެ. އެއާއެކު އަދިވެސް އިސްޖަހާލައިގެންހުރި މައިރާއަށް ދެލޯ މަރައި ތަގުޅި ކޮށްލަމުން ނޭވާ ހިފަހައްޓައިލެވުނެވެ. ދެމީހުންކުރެ އެކަކަށްވެސް އަތް ދަމައިގަންނަ ނޭނގި އިތުރު ދެތިން ސިކުންތު އެގޮތުގައި ތިބުމަށްފަހު ހަމަ ކުއްލިއަކަށް ދެމީހުންގެ އަތް ދަމައިގަތް ގޮތުން ހީވީ އަތަށް ކަރަންޓު އައިސްގެން އުޅުނު ބައެއް ހެނެވެ.

"އަމްމް.. ސޫޓްސް ޔޫ.. އައި ލައިކް ޔޫ ބެޓަރ ދިސް ވޭ" އެ ބަސްތައް ބޭރުވުމާއެކު މައިރާއަށް ދުލުގައި ދަތް އަޅައިލެވުނީ ބުނަން ނުޖެހޭ އެއްޗެއް ބުނެވުނު ފަދައިންނެވެ. އެކަމަކު ކުރާނީ ކީއް ހެއްޔެވެ؟ މަލަކްއަށްޓަކައި އިވާން ދޫކޮށްލަން އޭނާގެ ހިތަށް ކިތަންމެ މަޖުބޫރު ކުރިޔަސް އަދިވެސް އެ ހިތް އެކަމަށް ތައްޔާރެއް ނޫނެވެ.

"އެންޑް ޔޫ ލުކް ލަވްލީ.. ރެޑް ލުކްސް ސްޓަނިންގް އޮން ޔޫ" އިވާން ނިކަން ހަމަ ޖެހިލާފައި ރެއިލިންގްގައި ލެގިލި އެވެ.

މައިރާއަށް ބުމަ ގޮށްޖަހައިލަމުން އޭނާ ލައިގެންހުރި ހުދުކުލައިގެ ސޫޓަށް ބަލައިލެވުނެވެ. "ބަޓް ދިސް އިޒްންޓް ރެޑް އިޓްސް ވަ-" އޭނާގެ ޖުމްލަ މެދުކަނޑައިލެވުނީ ދުރު ހަނދާނެއް ސިކުނޑީގައި ކޮށްޓައިލުމުންނެވެ. އެއީ މީގެ ކުރިންވެސް އެކި ފަހަރުމަތިން އޭނާއަށް އިވާންގެ ފަރާތުން އިވިފައިވާ ތައުރީފެއްކަމުން އެއީ އިވާން އޭނާގެ ހެދުމަށް ކުރި ތައުރީފެއް ނޫންކަން މައިރާއަށް ވިސްނުނީ އެވެ. އެއާއެކު އޭނާއަށް ބޭއިޙްތިޔާރުގައި ތިރީ ތުންފަތުގައި ދައި ގަނެވުނީ އެ ކުޑަކުޑަ ހަރަކާތުން އޭނާ އިވާންގެ މައްޗަށް ބާރު ފޯރުވަމުންދިޔަ މިންވަރުގެ ހިލަމެއްވެސް ނުވާ ހާލުގަ އެވެ. އެ ތުންފަތުގައިވި ރަތްކަން ގަދަވެގެން ދިޔަހިނދު އިވާންގެ ކޮންމެ ނާރެއްގެ ލޭ ހިނގުން އަވަސްވެ އަރުތެރެ ހިކިގެންދިޔަ ކަމެއް މައިރާއަކަށް ނޭނގެ އެވެ.

އިވާން ލަސްނުކޮށް އަތުގައިހުރި ޖޫސްތަށިން އަރުތެރެ ތެންމައިލުމަށްފަހު މައިރާއާ ދުރަށް ނަޒަރު ހުއްޓައިލި އެވެ. އެހެނަސް އޭނާއަށް މާގިނައިރަކު އެގޮތުގައި ނުހުރެވުނެވެ. ހިތުގެ ގޮވައިލުމަށް އިޖާބަދެމުން އަނެއްކާވެސް މައިރާއަށް ބަލައިލި އެވެ

"ރޭގަ ގުޅިން" އިވާން އެ ދެމެދުގައިވި ހިމޭންކަމަށް ނިމުމެއް ގެނަ އެވެ.

"ޔާ. ދުށިން ގުޅާފަ އޮތް ތަން" މައިރާ ރެއިލިންގާ ގާތަށް ޖެހިލަމުން ބުންޏެވެ.

"އެހެންވީމަ ގުޅާފަ އޮތްކަން އެނގިހުރެތާ ނުވާ ކަމަކަށް ހަދައިގެން ތި އުޅެނީ. އެންމެ ރަނގަޅު ދެން!" އިވާންގެ އަޑުން ހިތްހަމަ ނުޖެހުން ފާޅުވި އެވެ.

"ކިހިނެއްވީ؟ އަހަރެންނަކަށް ނުފެނޭ އެހެނޭ ކިޔާފަ އިވާން ހިތްހަމަ ނުޖެހޭންވި ސަބަބެއް. އަހަރެންނަކަށް ނޭނގޭ އިވާން ކޮންކަމެއް ބޭނުން ވެގެންކަމެއް އަހަރެންނަށް ގުޅަންވީ؟" މައިރާގެ އަޑަށްވެސް ރުންކުރުކަން ވެރިވި އެވެ.

"ކަމެއް ބޭނުންވެގެންތަ ކޮންމެހެން ގުޅަން ޖެހެނީ؟ ފަހަރެއްގަވެސް ނުވިސްނޭތަ އަހަރެން ބޭނުންވީކީ މިވަރުގެ ބޮޑުކަމެއް ދިމާވީމަ މައިރާގެ ހާލު ބަލާލަން ކަމެއް" އިވާންއަށް ބުނެވުނެވެ.

"ހާލު ބަލާށޭ؟ ހެހެ. އޭޒް އިފް ޔޫ ކެއަރ އަ ލޮޓް އަބައުޓް މީ" މައިރާގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. "އިވާން ކީއްކުރަން އަހަރެންގެ ހާލު ބަލަން ގުޅަންވީ؟ އެންމެ ފުރަތަމަ އަހަރެންގެ ނަންބަރު ބްލޮކް ކުރީވެސް ހަމަ އިވާންއެއްނު؟ އިވާން އަހަރެންގެ ނަންބަރު ބްލޮކް ކުރާ ވަރަކަށް އަހަރެން އިވާންއަކަށް އުނދަގުލެއް ނުކުރަމޭ. އެކަމަކު އަހަރެން އިވާންއަށް އެންމެ ބޭނުންވީ ދުވަހު އަހަ-"

މައިރާގެ ވާހަކަ މެދުކަނޑައިލީ އިތުރަށް އެ ޝަކުވާ ކުރުމަކީ ބޭކާރު ކަމަކަށްވާތީ އެވެ. "ދެން އަޅާނުލާ.. އިވާންއަށް ނޫހަކުން ފެނުނު ހަބަރަކުން ނޫނީ ކުޑާއްތަ ބުނި އެއްޗަކުން އަހަރެންނާ ދޭތެރޭ ހަމްދަރުދީވެގެން ގުޅާނެ ކަމެއް ނެތް. އައި ޑޯންޓް ވޯންޓް ޔޯރ ސިމްޕަތީ" އިވާންއާ އެ މައުލޫއަށް ޖަދަލުކުރަން އެތަނުގައި ހުރުމުގެ މަޤްސަދެއް ނުފެނުމުން މައިރާ ދުރަށް ނެގި ފިޔަވަޅާއެކު އިވާން މައިރާގެ އަތުގައި ހިފެހެއްޓި އެވެ.

"މައިރާ ވެއިޓް" އިވާން އެދުނެވެ.

މައިރާއަށް ދެލޯ މަރައިލެވުނީ ކިތަންމެ ބޭނުންވިޔަސް އިވާންގެ އަޑަށް ބީރު ކަންފަތެއް ދޭން އޭނާ ނުކުޅެދުމުންނެވެ. އޭނާ ހުށިޔާރުކަމާއެކު މޫނުމައްޗަށް ހަމަޖެހުމުގެ އަސަރު ވެރިކޮށްލަމުން އިވާންއާ ކުރިމަތިލި އެވެ.

"މައްސަލައެއް ނެތް. އަހަރެން ދެން މައިރާއަކަށް ނުގުޅާނަން. އެކަމަކު އަހަރެން މިރޭ މި އައީ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން. އަހަރެން-"

"އިވާން ނޯ..." އިވާންގެ ވާހަކަ ފުރިހަމަ ކުރާނޭ ފުރުސަތު ދޭކަށް މައިރާ ބޭނުމެއް ނުވި އެވެ. ހިތް ފިތިގެންދާފަދަ އިހުސާސަކާއެކު މެޔަށް ބާރުވެލީ އިވާން އެ ދައްކަން އުޅެނީ ކޮން ވާހަކައެއްކަން ނަގައި ގަނެވުމުންނެވެ.

"އިވާން ޕްލީޒް. އިވާން އަހަރެންނާ ތި ވާހަކަ ނުދައްކާ. މަލް.. މަލް އަހަރެންނަށް ހުރިހާ ވާހަކައެއް ކިޔައިދީފި. އިވާންގެ ދުލުން ތި ވާހަކަ ބުނާ އަޑު އަހާނެހާ ހިތްވަރެއް އަހަރެންގެ ނުހުންނާނެ. އިވާންއަށްޓަކައި އަހަރެން މުޅި ދުނިޔެއާ ހަނގުރާމަކުރަން ޖެހުނަސް މަލްއާ؟ އައި ކާންޓް.. މަލްއަކާ ހަނގުރާމައެއް ނުކުރެވޭނެ. އަހަރެންނަކަށް ނޭނގެ މިކަމުގެ އިވާންގެ ހިތް އޮތް ގޮތެއް އެކަމަކު ޕްލީޒް.. ޖަސްޓް ޑޫ ވަޓެވަރ ޝީ ވޯންޓްސް އޯކޭ؟ ޑޯންޓް ލެޓް ހަރ ގޯ ބެކް އިންޓު ދެޓް ޑާރކްނެސް.. ދިސް އިޒް މައި ލާސްޓް ރިކުއެސްޓް ފޯރ ޔޫ"

މައިރާ ހަލުވި ފިޔަވަޅުތަކެއްގައި އެތަނުން ހިނގައިގަތީ މަލަކްގެ ވާހަކަތަކަށްފަހު މިވަގުތާ ހަމައަށްވެސް ނުރޯން ކުރި މަސައްކަތް ނާކާމިޔާބު ވެދާނެއޭ ހީވާން ފެށުމުންނެވެ. އޭރު އިވާން ހުރީ ހަމަ ރަނގަޅަށްވެސް ވާނުވާގަ އެވެ. މައިރާ އޭނާއާ އަރަތެއްހެން މި ވާހަކަ ދައްކަނީ ކީއްވެބާ އެވެ؟ މަލަކްއަށް އަނެއްކާ ކިހިނެއްވީބާ އެވެ؟

"މައި.. ކޭކް ފަޅަމާ؟" މައިރާގޮސް ހަޓު ތެރެއަށް ވަނުމާއެކު ނަދާލް ބުނެލި އަޑު އިވުނެވެ.

"ގައިޒް.. އަހަރެން ވަރަށް ވަރުބަލި. ތިމީހުން ފަޅާލައިގެން ކާލާ އެނގޭ. ކުޑަކޮށް ރެސްޓް ކޮށްލަން މި ދަނީ. މަލް.. ސީ ޔޫ ޓުމޯރޯ ދޫނީ" އަތުގައިހުރި ޖޫސްތަށި މޭޒުމަތީގައި ބަހައްޓައިލުމަށްފަހު މަލަކްގެ ގައިގައި ކުޑަކޮށް ބައްދާލާފައި މައިރާ ޓެރަހުގެ ދޮރާ ދިމާލަށް މިސްރާބުޖެހި އެވެ.

"މައި.. މައި އިހަށް މަޑުކޮށްބަލަ. އައި ވޯންޓް ޔޫ ޓު މީޓް…. ސަމް.. ވަން" މައިރާގެ ފަހަތުން ދުވެފައިދިޔަ މަލަކްގެ ފިޔަވަޅުތައް ހުއްޓުނީ އެވަގުތު އެތަނަށް ވަތް ޝާވިންގެ ގައިގައި މައިރާ ލައި ގަތްތަން ފެނުމުންނެވެ. އެއާއެކު މައިރާ ދެތިން ފިޔަވަޅު ފަހަތައް ޖެހިލަމުން އިސް އުފުލައިލި އެވެ.

"ޝޯން؟" މައިރާއަށް ލިބުނީ ސިހުމެކެވެ.

"މައި.. އެވަރަށް މަޑު ކުރާށޭ ގޮވަނިކޮށް ތި ދަނީ. ބުނީމެއްނު މީހަކާ މީޓްކޮށްދޭން ބޭނުމޭ.. ހިއަރ ހީ އިޒް" މަލަކް ދުވެލާފައި އައިސް ޝާވިންގެ އަތުގައި ހިފައިލުމުން މައިރާ ހައިރާންކަމާއެކު މަލަކްއާއި ޝާވިންއަށް އަވަސް ނަޒަރެއް ދިނުމަށްފަހު ފަސްއެނބުރި ބަލައިލީ ރެއިލިންގްގެ ކައިރިން ފާޅުވާންހުރީ އިވާންގެ ހިޔަންޏަށެވެ.

"ޝޯ.. ޝޯންގެ ވާހަކަތަ މަލް ދެއްކީ؟" މައިރާ އިސްތަށިގަނޑުގެ ތެރެއަށް އަތުގެ އިނގިލިތައް މަހައިލި އެވެ.

"ހްމްމް. މައި ހީކުރީ އަނެއްކާ ކާކު ކަމަށް؟" މަލަކްއަށް އަހައިލެވުނެވެ.

"އަހަރެން.. ދެން އަޅާނުލާ... އެބަ އަންނަން އެނގޭ.. ވަން މިނަޓް" މައިރާ ބުންޏެވެ. މަލަކް ދެކޮނޑު އަރުވައިލުމަށްފަހު ޝާވިންގެ އަތުގައި ހިފައިގެން ހަޓާ ދިމާލަށް ދިޔުމުން މައިރާ ހަލުވިކަމާއެކު ޓެރަހުގެ ދޮރުން ބޭރަށް ދެމިގަތެވެ. އޭނާގެ ހިތް ހީވަނީ އުފަލުން އުދުއްސައިގެންފާނޭ ހެނެވެ. އެ އުފާވެރިކަން މޫނު މައްޗަށް ފާއްދައިލި ހިނދު މައިރާގެ ދެ ތުންފަތް ފޫ އަޅުވައިލީ ލުއި ހުނުމެއްގެ އަޑުންނެވެ. ހިތް ފުރެންދެން ހީނލުމަށްފަހު އަލުންގޮސް އެންމެނާ ކުރިމަތިލިއިރު އޭނާ ހުރީ ކުރިއަށްވުރެ ހަމަ ޖެހިލާފަ އެވެ.

"މައި؟ ކިހިނެއްވީ؟ ރެސްޓްކޮށް ނިމުނީތަ؟" މައިރާ އެހާ އަވަހަށް އެނބުރި އައީތީ ހައިރާންވެފައި އިން އައިލީން އަހައިލި އެވެ.

"ހްމްމް. އެންމެން މިހާ ބޮޑު މަސައްކަތެއް ކުރީމަ އަހަރެން މިކަން ބަލައި ނުގަނެ ދާކަށް ނުވާނެ ދޯ؟" ކޭކުން ނައްޓައިލި ސްޓްރޯބެރީއެއް ހަފައިލަމުން މައިރާ ބުނެލި އެވެ.

"މަލް!! އަސްލުވެސް ވަރަށް އުފާވެެއްޖެ ޝޯންކަހަލަ މީހަކާ މަލް ގުޅުނީމަ. ޔޫ ބޯތް ޑިސަރވް ދިސް ހެޕިނަސް! ކޮބާ ޝޯން މިހާރު؟" މަލަކްގެ އަތްތިލައަށް ފިއްތައިލަމުން މައިރާ އަހައިލި އެވެ.

"އިވާންއަށް ގޮވާލާފަ އެބަ އަންނަމޭ ބުނީ" މަލަކް ޖަވާބު ދިނެވެ.

"މައި.. ކޭން ވީ ޓޯކް؟" ނަދާލްއަށް އެންމެފަހުން ނީނދެވިގެން ގޮވައިލި އެވެ. އޭނާގެ އިޝާރާތަށް އައިލީން މަލަކް ގޮވައިގެން އެތަނުން ދުރަށް ޖެހިލި އެވެ. އެހެނެއްކަމަކު މައިރާގެ ހަރަކާތްތައް ދެންވެސް ހުރީ ނަދާލްއަކީ އެތަނުގައި ނުވެސް ނެތް މީހަކު ފަދައިން ނެވެ.

"މައި.. އައިމް ޑީޕްލީ ސޮރީއޭ.. މައިއާ ދިމާލަށް ކިޔަންވާނެ އެއްޗެއްސެއް ނޫން އަހަރެންނަށް ކިޔުނީކީ.." މައިރާގެ ސަމާލުކަން ނުލިބުނު ކަމުގައި ވިޔަސް ނަދާލް މިފަހަރު އޭނާގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

"އަހަރެންނަށް އެނގޭ މި ހުރިހާ ކަމަކުން އެންމެ ބޮޑަށް އަސަރު ކުރާނީ މައިއަށް ކަން. މައިޝާންއަކީ މައިގެ އެއްބަނޑު އެއްބަފާ ހަމައެކަނި މީހާ. މައި އޭނަގެ އުޅުމާމެދު ކަންބޮޑުވާނެކަން އެނގޭ. ޒީންތަގެ ހާލު ދެރަވާތީ އެކަމާވެސް އެންމެ ވިސްނާނީ މައިކަން އެނގޭ.. އެންޑް އޮން ޓޮޕް އޮފް ދެޓް ކޮމްޕެނީ މެޓަރޒް.. އަހަރެންނަށް ސަޕޯރޓެއް ބޭނުންވި ކޮންމެ ހިނދަކު ދެގޮތެއް ނުވެ ހުރީ މައި.. އެކަމަކު މައިއަށް އެ ސަޕޯރޓް ބޭނުންވީމަ އަހަރެންނަށް އިތުރަށް މައި ދުރުކޮށްލެވުނީ. އެހެންވީމަ މައި އަހަރެންދެކެ ރުޅި އައިސްފަ ހުރުމަކުން އަހަރެންނަށް މައްސަލައެއް ނެތް ބަޓް ޕްލީޒް.. ޕްލީޒް ބިލީވް ވެން އައި ސޭ އައި ނެވަރ ސޯ ޔޫ އޭޒް އިންކޮމްޕީޓެންޓް. މައި؟" ނަދާލް މިފަހަރު ގޮވައިލުމުންވެސް މައިރާގެ ސަމާލުކަމެއް ނުލިބުނެވެ.

"މައި.. މައި ލުކް އެޓް މީ!" ނަދާލް އެންމެފަހުން މައިރާގެ ކޮނޑުގައި ހިފައި އޭނާއާ ދިމާލަށް އަނބުރައިލި އެވެ. "މައި.. ޔޫ އަރ ނޮޓް އަ ބެކަޕް! ޔޫ ޑިޒަރވް ދިސް!" ނަދާލް ޔަގީންކަން ދިނެވެ.

މައިރާ އެންމެ ރަނގަޅޭ ބުނެ ބޯ ޖަހައިލި ނަމަވެސް އެ މޫނުން އެއްވެސް އަސަރެއް ފާޅުވާކަށް ނެތެވެ. އުޒުރެއް ހޯދައިލުމަށްފަހު ބެލީ ވީހާވެސް އަވަހަށް ނަދާލްގެ ކުރިމަތިން ދުރަށް ދެވޭތޯ އެވެ. އެ މަންޒަރު ބަލަން ހުރުމަށްފަހު އައިލީން މަލަކް ގޮވައިގެން އައިސް ނަދާލްގާތު އިށީނެވެ.

"ސޯ؟" އައިލީން ނިތް އަރުވައިލި އެވެ. އެވަގުތު ނަދާލް އޭނާގެ އަތުގައި ހިފައިލަމުން ހަދިޔާކޮށްލި ހިތި ހިނިތުންވުން އައިލީންއަށް ޖަވާބަކަށް ފުދުނެވެ.

***************

"ނޫނޭވާ ނަންވާނީ އަހަރެން. އެންމެ ދުވަހަކު ދުރުގަ ކެތް ނުކުރެވިގެން ކަނޑު ހުރަސްކޮށް އުދުހިފަ ތި އައީ" އިވާންއަށް ޝާވިން ފެނުމާއެކު ދިމާކޮށްލި އެވެ.

"ހެހެ. މަގޭ ވާހަކަ ބާއްވާ" އިވާން ސަލާމަށް ދިއްކޮށްލި އަތުގައި ހިފައި ގާތަށް ދަމައިލަމުން ޝާވިން އިވާންގެ ބުރަކަށީގައި ބޮނޑިއެއް އެޅި އެވެ.

"ކޮބާ ޕްރެސް ބެލިން ދޯ؟ ދެން ދުވަސް ގުނަން ފަށާ" ޝާވިން ބުންޏެވެ.

"ކޮން ކަމަކަށް؟" އިވާންއަށް އަހައިލެވުނެވެ.

"ހެހެ. ތެޔޮނާށި ކާޅު ޖަހައިގަންނާނެ އިރަކަށްނު. މާދަމާ ނޫންކަން ނޭނގެ ކޮންމެވެސް އޭނައާ އެއްވަރުގެ މަހުޖަނަކު ޕްރޮޕޯޒަލެއް ހިފައިގެން އަންނާނީ. އައި މީން ޔޫ ވަރ ރައިޓް އަބައުޓް ވަން ތިންގް. ޝީ ލުކްސް ގުޑް އިން އަ ސޫޓް" ޝާވިން މަޒާޖީ ރާގެއްގައި ބުނެލި އެވެ.

"އަހަރެން ކޮންއިރަކު ތިހެން ބުނީ؟" އިވާން ނޭނގޭކަމަށް ހެދުނެވެ.

"އައި މީން ޝީ ޑަޒް ލުކް ސްޓަނިންގް.. ގޯރޖަސް.. އެންޑް ޑޭންޖެރަސްލީ ބްރެތް ޓޭކިންގް އިން ދޯސް ސޫޓްސް" ހަޓުން ނުކުމެގެން އެދިމާލަށް މިސްރާބުޖެހި މައިރާ އިވާންއަށް ދައްކައިލަމުން ޝާވިން ތަކުރާރު ކޮށްލީ ދުވަސްކޮޅެއްކުރިން އިވާން ބުނެފައިވާ ޖުމްލަ އެކެވެ.

"ޓެލް މީ… ޑޫ ޔޫ ލައިކް ޔޯރ އައިޒް؟" އިވާންގެ ކަތުރު ކަށިގަނޑަށް ބާރުވެގެންދިޔަ އެވެ. ޝާވިން މާބޮޑަށް މައިރާއަށް ބަލަން ފެށުމުން އޭނާއަށް އެގޮތް ކަމުނުދިޔައީ އެވެ.

"ތިބުނީ؟" ޝާވިންއަށް އަހައިލެވުނެވެ.

"ޑޫ ޔޫ ލައިކް ސީއިންގް ތިންގްސް؟ ސްޓާރޒް؟ ސަންސެޓްސް؟ މަލަކް؟" އިވާންގެ ސުވާލު އިތުރަށް ތަފްސީލު ކޮށްދިނެވެ. އޭރުވެސް އެމީހުންގެ ނަޒަރު ހުއްޓިފައިވަނީ އެދިމާލަށް އަންނަމުންދިޔަ މައިރާއަށެވެ.

"ޔެސް.. ޔެސް އައި ލައިކް މައި އައިޒް" ޝާވިން ޖަވާބު ދިނެވެ.

"ރިއަލީ؟ ކޮޒް ރައިޓް ނައު ޔޫ އަރ ޓޯކިންގް ލައިކް ޔޫ ރިއަލީ ޑޯންޓް" އިވާންއަށް ވީގޮތް ނަގައިގަނެވުމާއެކު ޝާވިން ޖަހައިލީ ހިނިގަނޑެކެވެ. އޭރު މައިރާއަށްވެސް ވަނީ އެމީހުންނާ ނުހަނު ގާތަށް އާދެވިފަ އެވެ.

"ސޯ ގުޑް ޓު ސީ ޔޫ ޝޯން.. އައިމް ސޯ ހެޕީ ފޯރ ޔޫ އެންޑް މަލް!" ޝާވިންއާ ދެތިން ފޫޓެއްހާ ގާތަށް އާދެވުމުން މައިރާ ދެއަތް ފުޅާކޮށްލީ އެކުވެރިކަމާއެކު ބައްދައިލުމަށެވެ. އެއީ އޭނާއަށް ނުހަނު އާދައިގެ ކަމެކެވެ.

"އަހަހަ ނޯ.. އައިމް ސޯ ނޮޓް އިން އަ މޫޑް ޓު ޑައި ޓުޑޭ" މައިރާއަށް އެހާ ގާތް ނުވެވެނީސް ޝާވިން އަވަހަށް މައިރާގެ އަތުގައި ހިފައި ސަލާންކޮށްލީ އެފަދަ ފުރުސަތެއް ނުދޭށެވެ. "ބަޓް ޔެސް.. ސޯ ގުޑް ޓު މީޓް ޔޫ އޭޒް ވެލް. ތި ދެމީހުން ވާހަކަދައްކާލާ އެނގޭ.. މަލް އެބަ ގޮވާ ކަންނޭނގެ" އިވާންއަށް ބަލައިލުމަށްފަހު ހިނިއައިސްފައިހުރެ ބޯ ހޫރައިލަމުން ޝާވިން އެތަނުން ދިޔަ އެވެ.

← Back to Story ← Previous

How did you like this episode?

Reader Comments (0)

Share Your Thoughts

No comments yet

Be the first to share your thoughts about this episode!