Episode 50

ބުނާށޭ ލޯބި ނުވަނީހޭ. (50 ވަނަބައި)

"އިޓް ކާންޓް ބީ އޭންގަރ.. ދެޓްސް ގްރީން. އިޓް ކާންޓް ބީ ސޭޑްނެސް.. ދެޓްސް ބްލެކް. އިޓް ކާންޓް ބީ ހެޕިނެސް އޯރ ފިޔަރ އޯރ ވޮރީ. ވީ ނޭމްޑް އަ ހާރޓް ފޯ އޯލް އޮފް ދެޓް. ބަޓް ވީ ޑިޑިންޓް ނޭމް ދަ ރެޑް ހާރޓް އެނީތިންގް.." މަލަކްގެ އަޑު ތުރުތުރުލަމުންގޮސް މިހާރު އެ އަޑު ނުކުންނަނީ ކިރިޔާ އެވެ. "ސޯ ވަޓް އިޒް އިޓް ޝާވިން؟ ވަޓް ޑަޒް ދަ ރެޑް ހާރޓް މީން؟"

"ޗްސްސް.." މަލަކްގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޝާވިން ދުރު ބަލައިލަމުން ބާރުކޮށް ޖައްސާލެވިފައިވާ ދެ ދަތްޕިލައިގެ ދޭތެރެއިން އެތެރެއަށް ބޮޑު ނޭވާއެއް ދަމައިލި އެވެ. "ޑޯންޓް ޔޫ ގެޓް އިޓް؟" ޝާވިން އެ ނޭވާ ދޫކޮށްލި އެވެ. މަލަކް ބަލަހައްޓައިގެން ހުރީ ޝާވިންގެ ވާހަކަ ނަގައިގަންނަން ނޭނގިގެން އުޅޭ ފަދައިންނެވެ.

"ވަޓް އައިމް ފީލިންގް ރައިޓް ނައު.. އޯ ހޭވް ފެލްޓް އިން ދަ ޕާސްޓް ފިއު ޑޭޒް.. އަހަރެންނަކަށް ނޭނގެ ކިޔާދޭކަށް އިޓްސް.. އިޓްސް އެވްރީތިންގް މަލަކް! އޭންގަރ.. ހެޕިނެސް.. ގްރީފް.. ފިޔަރ.. ޔޫ ނޭމް އިޓް!" ޝާވިންގެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ.

"އައި ފީލް ހެޕީ.. ވެނެވަރ އައި ސީ ޔޫ ގެޓިންގް ބެޓަރ.. ވެނެވަރ އައި ސީ ޔޫ ސްމައިލް.

އައި ފީލް އެންގްރީ.. ވެނެވަރ އައި.. ވެނެވަރ އައި ސީ ޔޫ ވިތް އިވާން އެންޑް ވެނެވަރ ނާއިލް ޓޯކްސް އަބައުޓް ޔޫ.

އައި ފީލް ސޭޑް.. ރައިޓް ނައު.. އެންޑް ލާސްޓް ނައިޓް ވެން އައި ރިއަލައިޒްޑް ދިސް މައިޓް ބީ ދަ ލާސްޓް ފިއު އަވަރޒް އައިމް ސްޕެންޑިންގް ވިތް ޔޫ.

އެންޑް ފިޔަރ؟ ޔޫ ހޭވް ނޯ އައިޑިޔާ ހައު އަފްރައިޑް އައި އޭމް ރައިޓް ނައު މަލް.. އަހަރެން މި ދައްކަން އުޅޭ ވާހަކަ މަލަކް މާނަކުރާނެ ގޮތެއް ނޭނގޭތީ.. މަލަކްގެ ޖަވާބު އަންނާނެ ގޮތެއް ނޭނގޭތީ އަހަރެން ހާދަ ބިރެއް އެބަ ގަނެއޭ" ޝާވިން ހިތްވަރުކޮށްލާފައި އޭނާގެ ހިތް މަލަކްގެ ކުރިމަތީގައި ބަންޑުން ކޮށްލި އެވެ.

"އެހެންވީމަ މަލަކް އަހަރެންނަށް ބުނެދީބަލަ.. އަހަރެން މި މަސްހުނި އިހުސާސްތަކަށް ދޭންވީ ކޮން ނަމެއްތަ؟ ވަޓެވަރ ދިސް މެޑްނެސް އިޒް.. އައިމް ޗޫޒިންގް ދަ ރެޑް ހާރޓް ޓު ޑިސްކްރައިބް އިޓް.. އެކަމަކު މިއަށް ދޭނެ ނަމެއް ނިންމާނީ މަލަކް. ސޯ ޔޫ ޓެލް މީ މަލް.. ވަޓް ޑަޒް ދަ ރެޑް ހާރޓް މީން؟" ޝާވިން ތެޅިތެޅި އޮތް ހިތަކާއެކު މަލަކްއާ ސުވާލު ކުރިއިރު މަލަކްގެ ޖަވާބު ކޮންމެ ގޮތަކަށް އަޔަސް އެކަން ބަލައިގަތުމަށް އޭނާގެ ސިކުނޑި ތައްޔާރު ކުރަމުން ދިޔަ އެވެ.

"ބަޓް ޔޫ ހަރޓް މީ" މަލަކް ބުނެލި އެވެ. "ކިތަށް ދުވަސް ވަންދެން ޝާވިން އަހަރެން އިގްނޯރ ކުރީ. އެވަރުންވެސް އެކަން ނޭނގޭކަމަށް ހަދާފަ އަހަރެން މަސައްކަތް ކުރީ ޝާވިންއަށް ގުޅޭތޯ. މެސެޖް ކުރެވޭތޯ. ތި ގެއަށްވެސް ދިޔައިމެއްނު. އެންމެފަހުން ރޭގަ ހަޅޭއްވެސް ލަވައިގަތީނު. ތިހެން ހަދަންޏާ ކީއްވެތަ ފުރަތަމަ ކްލޯޒް ވާންވީ.. އަހަރެންނާ އެކުވެރިވެ، ގުޅުން ބަދަހި ކުރަންވެސް އިސްނެގީ ޝާވިން. ދެން ކީއްވެ؟ އިފް ޔޫ ހޭޓް މީ ޖަސްޓް ސޭ އިޓް" މަލަކްގެ ޝަކުވާތައް ޝާވިންގެ ކުރިމައްޗަށް އޮއްސައިލުމަށްފަހު ކާރާ ދުރަށް ހިނގައިގަތެވެ. ޝާވިން މަލަކްގެ އަތުގައި ހިފެހެއްޓުމަށްޓަކައި ޖީބުން އަތް ނެގި ނަމަވެސް އެ އަތް ތިރިކޮށްލަމުން މަލަކްގެ ފަހަތުން ހިނގައިގަތެވެ.

"މަލަކް ވެއިޓް…" ޝާވިން ދުރު ފިޔަވަޅުތަކެއްގައި ގޮސް މަލަކްގެ ކުރި ބެއްދި އެވެ. "އައި.. އައި ޑޯންޓް ހޭޓް ޔޫ މަލަކް. އަހަރެން ދެންމެ މި ކީ އެއްވެސް އެއްޗެއް މަލަކްއަށް ނީވުނީތަ؟ ވަޓް އައި ފީލް ފޯރ ޔޫ އިޒް ފާރ ފްރޮމް ހޭޓް. އެކަމަކު މިދިޔަ ދުވަސްތަކުގެ ތެރޭގަ އަހަރެންނަށް ކަންތައްތައް ކުރެވުނު ގޮތުން މަލަކްއަށް އެހެން ހީވަންޏާ ޕްލީޒް.. ޕްލީޒް އަހަރެންނަށް މަޢާފު ކޮށްދީ. އައި…"ޝާވިންގެ ވާހަކަ ކުރިއަށް ގެންދަން އުނދަގޫވީ މަލަކްގެ ދެލޮލުން ހުއްޓުމެއްނެތި ފައިބަމުންދިޔަ ހިމޭން ކަރުނަތައް ފެނުމުންނެވެ. ބޭއިޙްތިޔާރުގައި އެ ކަރުނަތައް ފޮހެލައި ދިނުމަށް އަތް ހިއްލައިލެވުނު ނަމަވެސް މަލަކްގެ ކޯތާފަތުގައި ބީހިލުމުގެ ކުރިން އެ އަތް ތިރިކޮށްލުމަށް މިފަހަރުވެސް ޝާވިން އޭނާގެ ނަފްސަށް މަޖުބޫރުކުރި އެވެ.

"އައި ހޭޑް މައި ރީޒަންސް މަލް" ޝާވިންއަށް ބުނެވުނެވެ. "އަހަރެންނަށް ހީކުރެވުނީ.. މަލަކްވެސް ބޭނުންވާނީ އެ ގޮތް ކަމުގަ.. މަލް އިވާންއާ ބާއްވާ ގުޅުން ފެނުނީމަ އަހަރެންނަށް ހީކުރެވުނީ މަލް އިވާންދެކެ…"

"ވަޓް؟" މަލަކްގެ އަޑަށް ވެރިވި ހަރުކަށިކަމާއެކު ޝާވިންއަށް ހިންދިރުވައިލެވުނެވެ. "ހައު ޑެއަރ ޔޫ؟ އިވާންއަކީ އަހަރެންނަށް ބޭބެއެއް ކަހަލަ މީހެކޭ. އަހަރެންނަށްވުރެ ރަނގަޅަށް ޝާވިންއަށް އެނގޭނީ މައިއާއި އިވާންގެ ގުޅުންވެސް. އަހަރެން ކީއްވެ؟ ހައު ކުޑް ޔޫ އިވަން ތިންކް ދެޓް ވޭ؟" މަލަކްގެ އަޑުގައިވަނީ ހިތްހަމަ ނުޖެހުމެވެ.

"ހައު ކުޑް އައި ނޮޓް މަލް؟ އަހަރެންނަށް ފެންނަނީ އަހަރެން މަލްއަށް ކޮށްދޭ ކޮންމެ ކަމެއް މަލް އިވާންއަށް ކޮށްދޭ ތަނޭ. ކާން ލަވައިދީ ސަކަރާތް ޖަހާ. އަހަރެން ފެންނަ ކޮންމެ ފަހަރަކު މަލްއަށް ފުރަތަމަވެސް އަހާލެވެނީ އިވާން ކޮބާހޭ ނޫންތަ؟ އަހަރެން ހީކުރީ ދާނުގެ ސިފަ އާއި އަޑާއި ހުރިހާ ގޮތަކުންވެސް އެއްގޮތް ވީމަ މަލްއަށް އިވާންއާ ދޭތެރޭ އެފަދަ ގާތް ނަޒަރަކުން ދެކެވުނީ ކަމަށް" ޝާވިން ބުންޏެވެ.

“އަހަރެން ތިއިން އެއްވެސް ކަމެއް ކުރީ އެނގިގެނެއް ނޫން. މާބޮޑަށް ވިސްނާނުލާ ކުރެވުނު ކަމެއް ކަމަށް ވާނީ. އަހަރެންގެ ހިތުގަ އިވާންއާ ދޭތެރޭ އެފަދަ އެއްވެސް އިހުސާސެއް ނެތް. ދާނުގެ ސިފައާ ކިތަންމެ އެއްގޮތްވިޔަސް.. ދާނުގެ މިޒާޖާއި އިވާންގެ މިޒާޖު ހާސްބައި ތަފާތު. ނަފްސާނީ އުނިކަމެއް ހުއްޓަސް އަހަރެންނަށްވެސް އެނގެޔޭ އިވާންއަކީ އިދާން ނޫންކަން" މަލަކް ނޭފަތް ދަމައިލި އެވެ. "ދާނު އަހަރެމެންނާ ވަކިވެގެން ދިޔަތާ އަދި ވީ ދެމަސް ކަމުގައިވިޔަސް ދާނުގެ ލޯބި އަހަރެންނަށް ނުލިބޭތާ ހާދަ ދުވަހެއް ވެއްޖެއޭ. މިހެން ބުނަންވެސް ލަދުގަނޭ އެކަމަކު އެ ލޯބި މިހާރު އަހަރެންގެ ސިކުނޑީގަ ރައްކާކުރެވިފަ ވަނީ ފަނޑު ހަނދާނެއްގެ ގޮތުގަ. ހަގީގަތުގަ އަހަރެންގެ ހިތްވެސް ހުރީ އެހެން އޯގާތެރިކަމަކަށް ބޭނުންވެފަ. ދާނުގެ ފަރާތުން އެ އޯގާތެރިކަން ނުލިބި އަހަރެންނަށް ދާނު ގެއްލުނީ.. އެކަމަކު ޝާވިންގެ ފަރާތުން އެ އޯގާތެރިކަން ލިބުނީމަ އަހަރެން ހީކު-"

"މަލަކް ޕްލީޒް.." ޝާވިން މަޑުމަޑުން ގޮވައިލައި މަލަކްގެ ވާހަކަ މެދު ކަނޑައިލި އެވެ. މި ނޫން ދުވަހެއްގައިނަމަ އޭނާއަށް މަލަކްގެ ޝަކުވާތައް އަޑު އަހަން އިރު އޮއްސެންދެންވެސް ހުރެވުނީހެވެ. ނަމަވެސް މިވަގުތު އޭނާ މަލަކްއާ ވާހަކަދައްކަމުން ދިޔައީ ވަގުތާ ދެކޮޅަށެވެ. މަލަކް ހޯދަން އިވާން ނޫނީ މާޒިޔާ އަންނާނީ ކޮންއިރަކު ކަމެއް ނޭނގެއެވެ. މިހާރުވެސް އޭނާގެ ޖީބުގައި އޮތް ފޯނު ރިންގުވަމުންދިޔަ ވަރު އެނގޭނީ އޭނާއަށެވެ. "ޖަސްޓް.. ޖަސްޓް ނޭމް ދަ ރެޑް ހާރޓް އޮލްރެޑީ" އޭނާ އެދުނެވެ.

"ޑަޒް.. ޑަޒް އިޓް މީން ދެޓް ޔޫ ލަވް މީ؟" ހިމޭންކަމުގެ ސުކޫތަކަށްފަހު މަލަކް އިސް އޮބައިލި އެވެ. އޭނާއަށް ކޮންމެހެން އެ ހިތުގެ މާނަ ނޭނގެނީކީ ނޫނެވެ. އެއީ މި ޒަމާނުގައި ކުޑަ ކުއްޖަކަށްވެސް ނޭނގޭނެވަރު އެއްޗެއް ނޫންތާ އެވެ؟

"ޔެސް! ޔެސް އައި ލަވް ޔޫ މަލް!" ޝާވިންއަށް ހީވީ އޭނާގެ ކޮނޑުމަތިން ބޮޑު ހިލަގަނޑެއް ނަގައި ދުރަށް އެއްލައިލެވުނު ހެނެވެ. މިއިން ޒަމާނެއްގައިވެސް އޭނާގެ ހަށްޓަށް މިހާ ލުޔެއް ނުވެ އެވެ. މިހާރު އިންތިޒާރު ކުރެވެމުން ދިޔައީ މަލަކްގެ ޖަވާބު ލިބޭނެ އިރަކަށެވެ.

"މީ… އަމް.. މީ ޓޫ" މަލަކް އިސްއުފުލައިލުމަކާ ނުލައި ބުނެލި ޖުމްލަ ޝާވިންގެ ކަންފަތާ ހަމައަށް ފޯރުމާއެކު އޭނާގެ ހިތުގެ ތެޅުން އަވަސްވެލި އެވެ. އިޙްތިޔާރަކާނުލައި މަލަކްއާ ގާތަށް ފިޔަވަޅެއް އަޅައިލެވުނެވެ.

"ކޭން ޔޫ.. ކޭން ޔޫ ސޭ ދެޓް އަގައިން؟" ޝާވިން އަދިވެސް ހުރީ މަލަކްގެ ޖުމްލަ އިވުނީ ރަނގަޅަށް ކަމާމެދު ޝައްކެއްގެ މަތީގަ އެވެ. އޭނާ މިފަހަރު ގޮވައިލުމާއެކު މަލަކް އިސް އުފުލައިލި އެވެ. ރުއިމުގެ ސަބަބުން ކުރިންވެސް ރަތްކަމެއް ފާއްދާލެވިފައިވާ އެ ދޮން މޫނު އިތުރަށް ރަތްވެ މުޅި ކުއްޖާ ދޮން ވިލާތު ބަށްޓަކަށް ވެފައިވާ ކަހަލަ އެވެ.

"އައި ލަވް ޔޫ ޓޫ ޝާވިން" މިފަހަރު މަލަކް އެ ޖުމްލަ ބުނެލީ ޝާވިންގެ ދެލޮލާ ހަތަރުކަޅި ހަމަކޮށްލަމުންނެވެ. ޝާވިންއަށް ލިބުނީ ބަޔާންކުރަން ދަތި އުފާވެރިކަމެކެވެ. އެ އުފާވެރިކަމުގައި ދެލޯ ފެންކަޅިވެގެން ދިޔަކަންވެސް ރޭކައިލީ އޭނާގެ ކުރިމަތީގައިހުރި މަލަކްގެ ސޫރަ ފުސްވާން ފެށުމުންނެވެ. އޭނާއަށް ދެއަތް އުފުލައިލެވުނީ އެ ފުސްކަމުގެ ތެރޭގައި މަލަކްގެ ސޫރަ ގެއްލުމުގެ ކުރިން އެ ލޯބި މޫނުގައި ފިރުމައިލުމަށެވެ.

"ގޯޝް އައި.. މަލް.. އައި.. ކޭން އައި ޓަޗް ޔޫ ބޭބީ؟" މަލަކްގެ މޫނާ ނުހަނު ގާތަށް އަތް ގެންދެވިފައި ވަނިކޮށް ޝާވިން އަހައިލި އެވެ. އެ މަގުގައި ހިނގައިދިޔަ ހާދިސާއަށްފަހު މިއަދާ ހަމައަށްވެސް އޭނާ މަލަކްގެ ގައިގައި އިނގިލީގެ ކުރިންވެސް ބީހިލައިފައެއް ނުވެ އެވެ. އޭނާގެ ހިތް އެކަމަށް އެދުނު ކިތަންމެ ފަހަރެއް ދިޔަ ނަމަވެސް މަލަކް އޭނާދެކެ ޖެހިލުން ވެދާނޭ ކުޑަވެސް ކަމެއް ކުރަން އޭނާ ބޭނުން ނުވީ އެވެ.

ޝާވިންގެ ސުވާލަށް އަނގަބަހުން ޖަވާބު ދިނުމުގެ ބަދަލުގައި މަލަކް ކުއްލިއަކަށް ޝާވިންގެ މެދުހަށީގައި ދެއަތް ވަށައިލަމުން އެ ހަށިގަނޑުގައި ބައްދައިލި އެވެ. އެ އަމަލުން ޝާވިންއަށް އޭނާ އެދުނު ހުއްދަ ލިބުނު ފަދައެވެ. އޭނާ މަލަކްގެ މޫނުގައި ހިފައި އޭނާއާ ދުރުކޮށްލުމަށް ނުހަނު ލޯތްބާއެކު މަލަކްގެ ނިތްކުރީގައި ބޮސްދިނެވެ. އެއަށްފަހު މަލަކް އޭނާއާ ގާތަށް ދަމައިލަމުން އިހުނަށްވުރެވެސް ބާރަށް ބައްދައިލީ މުޅި އުމުރަށްވެސް އޭނާގެ ދެއަތުގެ ތެރޭގައި މަލަކްއަށް ހިމާޔަތް ދޭނަމޭ ބުނާ ފަދައިންނެވެ.

ޝާވިން އެސްފިޔަ ޖަހައިލަމުން އޭނާގެ ދެލޮލުގައިވި ކަރުނަތައް ހިންދައިލި ނަމަވެސް މަލަކްއަށް ފެށުނީ ގަދައަށް ރޯށެވެ. ޝާވިން ގެއްލިދާނެކަމުގެ ބިރު ހިތުގައި އުފެދިފައި ވަނިކޮށް ޝާވިން އޭނާގެ މިލްކަކަށް ވުމުން މަލަކްއަށްވެސް އިހުސާސްތައް ކޮންޓްރޯލްކުރަން އުނދަގޫވީ އެވެ.

"ދެން ހުއްޓާލަބަ.. ޕްލީޒް" ޝާވިން މަލަކްގެ ގައިން ދޫކޮށްލުމަކާ ނުލައި ބުނެލި އެވެ. މަލަކް އަވަސް އަވަހަށް ބޯ ޖަހައިލަމުން ޝާވިންއާ ދުރުވެލުމަށްފަހު ދެލޯ ފޮހެލީ ރުއިން ހުއްޓައިލަން މަސައްކަތް ކުރަމުންނެވެ. އެކެއް އަނެކެއްގެ ލޮލަށް ގެއްލިފައި ތިބި ދެމީހުންނަށްވެސް ސިހުމެއް ލިބުނީ ދުރުގައި އޮތް ކާރުގެ ބަރުގޮނު އަޅައިލި އަޑު އިވުމުންނެވެ. ބަލައިލި އިރު އިވާން ފުޅާ ހިނިތުންވުމަކާއެކު ކާރުގެ ކުރީ ސީޓުގެ ދޮރުފަތް ހުޅުވާލައިގެން ހުއްޓެވެ. އޭނާގެ އެއް އަތް ކާރުގެ ތެރެއަށް ގެއްލިފައިވާ ގޮތުން ބަރުގޮނު އެޅީ އޭނާކަން ޔަގީން ކުރެވޭހާ ވެއެވެ.

"ކޮބާ ކައްޕިއަށް ގުޅާފަ އަންގާލަންވީތަ ފުރައިގެން ދާށޭ؟" އިވާން ކާރުގެ ދޮރުފަތް ލައްޕައިލުމަށްފަހު ޝާވިންމެންނާ ދިމާލަށް ހިނގައިގަތްއިރު އެ މޫނުމަތީގައިވަނީ ލާނެތް ކަމެވެ. އޭނާ ޝާވިންއާ ދިމާލަށް ސަހަލު އެއްޗެކޭ ނުބުނާނެކަން އެނގުމާއެކު މަލަކް ޝާވިންގެ ގައިން ދޫކޮށްލުމަށްފަހު ދުވެފައިގޮސް ކާރަށް އެރީ އިތުރަށް ލަދު ގަންނަން ޖެހިދާނެތީ އެވެ.

"މޮޅެތި މިޝަންތައް ޖައްސާލާއިރު ބުނެލައިގެން އުޅެލަބެ ދޯ؟" ޝާވިންގެ ކޮނޑަށް އަތް ވައްޓައިލަމުން އިވާން ބުނެލި އެވެ.

"ކޮން އިރަކު އައީ؟" ޝާވިން ފާޑަކަށް ރަކިވެފައިހުރެ އިސްތަށިގަނޑުގައި އަތް ހިއްލައިލި އެވެ.

"އިރުގަނޑެއް ވެއްޖެ.. ދެމީހުން ގެއްލިފަ ހުރިވަރުން އަހަރެން މިތާ ހުރިކަންވެސް ރޭކާ ނުލީނު" އިވާން ބުންޏެވެ.

"ރުޅި އައިސްފައެއް ނޫން ދޯ؟" ޝާވިންއަށް އަހައިލެވުނެވެ.

"އަހަރެން ކޮން ކަމަކާ ރުޅި އަންނަންވީ؟ މަލް ކިޑްނެޕް ކޮށްގެން މިތަނަށް ގެނައިމަތަ؟" އިވާން އެއްސެވެ.

"ނޫން.. މި ބުނީ ދެން.. ދާނު…" ޝާވިން ބުނަން ނުބުނަން ހުރެފައި ކަހަލަ ގޮތަކަށް ބުނެލި އެވެ.

"ޝޯން ތިކަހަލަ އެއްޗެއް ބުނީތީވެސް އަހަރެން ހައިރާންވެއްޖެ. އަހަރުމެން އެންމެންވެސް އެންމެ ބޭނުންވި ގޮތް އެއީ މަލްއަށް އެ ކަންތައްގަނޑުން އަރައިގަނެވުން.. އިފް އެނީތިންގް.. އައިމް ހެޕީ ފޯރ ޔޫ ބޯތް" އިވާން ދެ ފަހަރަކު ޝާވިންގެ ކޮނޑުގައި ޖަހައިލުމަށްފަހު ކާރާ ދިމާލަށް ހިނގައިގަތެވެ. ޝާވިންވެސް އޭނާއާ އެއް ހަމައެއްގައި ހިނގަމުން އައެވެ. "އެހެންނޫނަސް މަށަކަށް ނޭނގި މާ ސިއްރުން ހިނގައިދިޔަ ކަމެއް ނޫނޭ ތިއީ.. އަދި އިރާދަ ކުރެއްވީތީ ދެލޮލުގެ ފެނުން ސަލާމަތުން އެބަހުރި. މަށަށް ފެންނާނެ ދޯ ތި ދެމީހުން އުޅުނު ގޮތް. މަށަށް އޭރުވެސް ހީވިއޭ މަލްގެ ކަމެއްގައޭ މާ ވަރަކަށް މަދެކެ ރުޅި އައިސްގެން އުޅުނީ"

"ޝިޓް.." އިވާން ބުނި އެއްޗެއް ނަގައިގަނެވުމާއެކު ޝާވިން ހާސްވެފައިހުރެ ޑްރައިވަރު ސީޓާވި ފަޅިއަށް ބަހައްޓާފައިހުރި ފިޔަވަޅުތައް އިވާންއާ ދިމާލަށް ބަދަލު ކޮށްލި އެވެ. "އައިމް ސޯ ސޮރީ މޭން"

"އުހޫން އުހޫން.. މަށަށް އެވަރުގެ އިތުބާރެއްވެސް ނުކޮށްފަ ދެން މާ ސޮރީ ވާނެ ކަމެއް ނެތް" ޝާވިން އައިސް އިވާންގެ ކޮނޑުގައި އަތް ޖައްސައިލުމާއެކު އިވާން ހެވިފައިހުރެ ޝާވިން ދުރަށް ކޮށްޕައިލި އެވެ.

"ބްރޯ-"

"ނޫން ނޫން ނޫޅެން އަޑުވެސް އަހާކަށް. ހިނގާ ދާން. ގަޑި ޖެހޭ މިހާރު އެބަ" އިވާން ކާރަށް އަރަމުން ގޮވައިލި އެވެ. އޭނާ އެ މޭރުމުން ވާހަކަ ދެއްކިއެއްކަމަކު އެއީ ސަމާސާއެއްކަން ޝާވިންއަށް އެނގެ އެވެ. އަދި އެކުވެރިޔާގެ ހިތް އޭނާގެ މައްޗަށް ސާފުވާނޭކަންވެސް އެނގެ އެވެ. އެހެނަސް އެ އެކުވެރިޔާއާމެދު ހިތުގައި ހިނދުކޮޅަކަށް ނަމަވެސް ޝައްކު އުފެދުނީތީ ޝާވިންއަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރި ކުރެވެނީ އެވެ.

***

"އަޅޭ ކޮބާތަ؟ މި އިވާންވެސް މިހާރު ފޯނު ނަގަނީކީ ނޫނޭ.. އެއްޗެއް ބަލާދިޔަސް އަންނަހާ އިރުވެއްޖެ ދޯ މިހާރު" މާޒިޔާ ހާސްވެފައިހުރެ އެއްފަހަރު ފޯނުން ގަޑި ބަލައިލަމުން އަނެއް ފަހަރު ކާރު ގޮސް ވަތް މަގާ ދިމާލަށް ބަލައިލި އެވެ. އާޝިޔާ ދެންވެސް ބުނާނެ އެއްޗެއް ނޭނގިފައި ހުރީ އެ ކަމަކީ ޝާވިން ކުރި ކަމަކަށްވާތީ އެވެ. ނަސީބު ކަންދިމާކުރި ގޮތުން މާޒިޔާ އެހެން ބުނިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޝާވިންމެންގެ ކާރު މަގުގެ ކޮޅުން ފެނިލައިފި އެވެ. އާޝިޔާއަށް ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ އެހިސާބުންނެވެ. ކާރު އައިސް އެމީހުންގެ ކުރިމައްޗަށް ހުއްޓައިލުމާއެކު މާޒިޔާ އަވަސްއަވަހަށް ފަހަތު ސީޓުގައި އިން މަލަކްގެ އަތުގައި ހިފައި ކާރުން ނެރެފި އެވެ.

"މަންމާ.. ހަމަ ޖެހިބަލަ.. މަލްއަށް އެއްޗެއް ބާއްވާފަ ދެވުނީމަ އެ ބަލާ ދިޔައީއޭ" މަލަކް ކަންބޮޑުވީ މާޒިޔާގެ ނުރުހުން ޝާވިންއަށް އަމާޒު ވެދާނެތީ އެވެ.

"އެހެންތަ؟ ދަރިފުޅު ނައިސްގެން ފުރާގަޑި ލަސްކުރަން އަދި މި އުޅުނީ.. ދެންވެސް ހިނގާ އަވަހަށް" މަލަކްއާ މާޒިޔާ ވާހަކަދެއްކީ ކިތަންމެ ރީއްޗަށް ނަމަވެސް އޭނާ ކާރުން ފޭބި ޝާވިންއަށް ދެލޯ އަޅައިލި އެވެ.

"ހިތްހެޔޮ ކުރާތި ދަރިފުޅާ" ލާންޗަށް އެރުމުގެ ކުރިން މަލަކްގެ ގައިގައި ބައްދައިލަމުން އާޝިޔާ ބުނެލި އެވެ. އޭރު ޝާވިންވެސް އައިސް އެމީހުންގެ ގާތަށް ހުއްޓިލައިފި އެވެ. އާޝިޔާ މަލަކްގެ ގައިން ދޫކޮށްލުމުން އޭނާ މަލަކްއަށް ސަލާމުގެ އަތެއް ދިއްކޮށްލީ އެތަނުގައި މާޒިޔާ ހުރީތީ އެކަމަށް ވިސްނައިގެނެވެ. އެހެނަސް މަލަކް އެކަމަށް ފަރުވާލެއް ނުދީ ޝާވިންގެ ގައިގައިވެސް ބައްދައިލި އެވެ.

"އައިލް ސީ ޔޫ ސޫން" މަލަކްގެ ގައިން ދޫކޮށްލަމުން ޝާވިން އެހެން ބުނެލީ އިތުރު މީހަކަށް ނީވޭނެހާ ސިއްރުންނެވެ.

މަލަކް ޝާވިންއަށް ލަދުރަކި ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު މާޒިޔާއާއެކު ގޮސް ލާންޗަށް އެރުމާއެކު އިވާންވެސް އާޝިޔާއާއި ޝާވިންއާ ސަލާންކޮށްލުމަށްފަހު ގޮސް ލާންޗަށް އެރި އެވެ. ލާންޗުގޮސް ރަށުގެ ފަޅުތެރެއިން ނުކުންނަންދެން ބަލަން ހުރުމަށްފަހު އާޝިޔާ އުނަގަނޑުގައި ދެއަތް އަޅުވައިލަމުން ޝާވިންއާ ދިމާލަށް ބަލައިލި އެވެ.

"މޯމް ރިއަލީ؟ ރައިޓް ނައު؟" ޝާވިންއަށް އާޝިޔާގެ ހަރަކާތް މާނަ ކުރެވުމާއެކު ފޫހި ގޮތަކަށް ކަޅި އަނބުރައިލެވުނެވެ. އޭނާ މިވަގުތު ހުރީ ހިނގައިދިޔަ ކަންތަކުގެ ވާހަކަ ދައްކާނެ މޫޑެއްގައި ނޫން ނަމަވެސް އާޝިޔާގެ ގޮތް އޭނާއަށް ރަނގަޅަށް އެނގެ އެވެ.

"ފައިން. ކާރަށް އަރާފަ ކިޔާދޭނަން" ސަލާމަތެއް ނޯންނާނެކަން އެނގުމުން ޝާވިން އެންމެ ފަހުން ހަތިޔާރު ބެހެއްޓި އެވެ.

***************

ކަނޑައެޅިފައިވާ ވަގުތަށް ނޫސްވެރިން އައި.އައި.އެމް. ގެ މީޓިންގް ރޫމަށް ޖަމާވަމުން ދިޔައިރު އެމީހުންނަށް މަރުހަބާ ކިޔުމަށް ކުންފުނީގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ ޒާރާ ހިނިތުންވެލައިގެން ހުއްޓެވެ. އޭނާ މީޓިންގް ރޫމުން ނުކުތީ ދައުވަތު ދެވިފައިވާ ހުރިހާ ނޫސްވެރިން އެތަނަށް ޖަމާވުމުންނެވެ. އަވަސް ފިޔަވަޅުތަކެއްގައި ގޮސް މީޓިންގް ރޫމާ އެންމެ ކައިރިއަށްހުރި އޭނާގެ ކެބިންއަށް ވަނުމަށްފަހު އެތެރޭގައި ތިބި ނަދާލްއާއި މާޖިދު އަދި މުރުޝިދަށް ބަލައިލީ މައިރާ ކޮބައިހޭ އަހައިލާފަދަ ބެލުމަކުންނެވެ.

"ތިއްތިބެއަށް ޔަގީން ދޯ ގޭގަ ނޫޅޭކަން" ނަދާލް ފޯނުން މައިރާއަށް ގުޅޭތޯ މަސައްކަތް ކުރަމުން މުރުޝިދާ ސުވާލުކުރި އެވެ.

"ގައިމުވެސް އަހަރެން އައި އިރަކު ނެތް. ޒީނިޔާ ބުނި ވަރަށް ހެނދުނާ ނު-"

މުރުޝިދުގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް ފެނުނީ ކެބިންގެ ދޮރު ހުޅުވައިލުމަށްފަހު މައިރާ އެތެރެއަށް ވަތް ތަނެވެ.

"އެންމެން ހަމަވީތަ؟" މައިރާ ގެންގުޅުނު ދަބަސް ޒާރާގެ މޭޒުމަތީގައި ބަހައްޓައިލަމުން އަހައިލި އެވެ.

"ޔެސް އެންމެންވެސް އެބަތިބި. މައި ހަނދާން އެބަހުރި ދޯ އަހަރުމެން ޑިސްކަސް ކުރި ހުރިހާ އެއްޗެއް.. ރެޑީ ދޯ؟" ހުޅުވާލެވިފައިވާ އައިޕެޑެއް މައިރާއަށް ދެމުން ނަދާލް އަހައިލި އެވެ. މައިރާ އާނއެކޭ ބުނެ ބޯ ޖަހައިލުން ފިޔަވައި ނަދާލްއާ އިތުރަށް އަނގައިން ބުނާކަށް ނޫޅުނެވެ.

"ގުޑް ލަކް ސިސް" ނަދާލް ބުނެލި އެވެ. މައިރާ އެ އަޑު އިވުނު ކަމަށްވެސް ނަހަދައިގޮސް ކެބިން އިން ނުކުތެވެ. އެއާއެކު އެތަނުގައި ތިބި އެންމެން ޒާރާގެ ލެޕްޓޮޕް ދޮށަށް ޖެހިލީ މީޓިންގް ރޫމްގައި ދެކެވޭ ވާހަކަތައް އަޑު އެހުމަށެވެ. އޭރު އެ އެންމެންގެ މޫނުމަތިންވެސް މައިރާއަށްޓަކައި ހާސްވެފައިވާ މިންވަރު ފާޅުވާން ހުއްޓެވެ.

ތެޅިތެޅި އޮތް ހިތަކާއެކު މީޓިންގްރޫމުގެ ތެރެއަށް ފިޔަވަޅު އަޅައިލި މައިރާއާ ބައްދަލުކުރީ ހީކުރި ވަރަށްވުރެ ހިތްހެޔޮ މޫނުތަކެކެވެ. އޭނާ ފެނުމާއެކު ފަހަރަކު ނޫސްވެރިޔަކު އައިސް ސަލާންކޮށްލައި ތަހުނިޔާ ކިޔަންފެށި ގޮތުން އޭނާގެ އައު މަޤާމާގުޅޭ ހަބަރު އެމީހުންނަށް ލިބިފައިވާ ކަމަށް ޔަގީން ކުރެވުނެވެ.

"ކޮންގްރެޖުލޭޝަންސް އެންޑް އޯލް ދަ ބެސްޓް"

"ތެންކްޔޫ.. ތެންކްޔޫ އެވްރީވަން.. ތެންކްޔޫ ސޯ މަޗް" އެންމެ ފަހަށް ހުރި ނޫސްވެރިޔާގެ ސަލާން ރައްދުކޮށްލުމަށްފަހު މައިރާގޮސް އޭނާއަށް ހާއްސަ ކުރެވިފައިހުރި ޖާގައިގައި އިށީނދެލި އެވެ.

"އެޕޮލޮޖީޒް.. ފޯރ މޭކިންގް ޔޫ އޯލް ވެއިޓް.. ސިންސް ވީ އަރ އޯލް ރަނިންގް އޮން އަ ޕްރިޓީ ޓައިޓް ޝެޑިއުލް އައި ވިލް ބީ ގެޓިންގް ސްޓްރެއިޓް ޓު ދަ ޕޮއިންޓް. ބަޓް އަމް ބިފޯރ ވީ ސްޓާރޓް ދަ ލައިވް… މި މައްސަލައަކީ އޮންގޮއިންގް އިންވެސްޓިގޭޝަންއަކާ ގުޅޭ މައްސަލައަކަށް ވާތީ ތެދަށް ދަންނަވަންޏާ އަޅުގަނޑުމެންވެސް މި މައްސަލައާ ގުޅިގެން އަދި އެއްޗެއް ދަންނަވާކަށް ބޭނުމެއް ނުވޭ. އަނެއްހެން ވަރަށް ޕްރައިވެޓް އެންޑް ޕަރސަނަލް މެޓަރއެއް ދެއްތޯ މިއީ ގިވަން ދެޓް ދަ ކޮމްޕެނީ އިޒް ހަންޑްރެޑް ޕަސެންޓް ފެމިލީ-އޯންޑް ވިތް ނޯ ޕަބްލިކް ޝެއަރ އިންވޯލްވްޑް؟ އެހެން ނަމަވެސް މިވަގުތު މިކަމާ ގުޅިގެން ޕަބްލިކްގެ ޕާރސެޕްޝަން ހުރިގޮތުންނާއި، ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ހޭޝްޓެގްތަކުގެ ސަބަބުން އަޅުގަނޑުމެންގެ އިންޓަރނޭޝަނަލް ކްލަޔަންޓްސް އަދި ސަޕްލަޔަރުންނާވެސް އޮންނަ ޓައިޒްއަށްވެސް އިމްޕެކްޓް ކުރާތީއާއެކު ބައެއް ކަންކަން ސާފުކޮށްލަދޭން ބޭނުންވަނީ.. މިގޮތުން މި ތުހުމަތުތަކާ ގުޅިގެން އަޅުގަނޑުމެން އަމިއްލައަށް ކުންފުނީގެ ތެރެއިން އެފެކްޓިވް އިންވެސްޓިގޭޝަނެއް ހިންގުމަށް ކުރެވެމުންދާ ކަންތައްތަކާއި، ކުންފުނީގެ މަތީ ފަޑިއަށް ގެނެވިފައިވާ ބަދަލުތައް ކިޔާލަދީ، ކުންފުންޏަށް ކޮށްފައިވާ ތުހުމަތުތައް ރަސްމީކޮށް ދޮގުކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ބަޔާނެއް ނެރޭޓްކޮށްލަން މިއަދު މި ބައްދަލު ކޮށްލީ. ބަޔާން ނިންމައިލުމަށްފަހު ސުވާލުތަކަށް ފުރުސަތު ދޭނަން.. އިޓް އިޒް މައި ސިންސިއަރ ރިކުއެސްޓް ފޯރ ޔޫ ޓު ރީފްރެއިން ފްރޮމް އާސްކިންގް އެނީ އިރެލެވަންޓް އޯރ ޕާރސަނަލް ކުއެސްޝަންސް ދެޓް މޭ ޓްރިގަރ ފާރދަރ ޕަބްލިކް ރިއެކްޝަންސް" މައިރާ ފަހަރަކު ނޫސްވެރިއެއްގެ މޫނަށް ބަލައިލަމުން ހިނިތުންވެލިއިރު މީގެ ކުރިން އޭނާގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން ކޮންމެވެސް ވަރަކަށް ފިލަމުންދިޔަ އެވެ.

"ސޯ އަމްމް.. ޝޭލް ވީ ޕްރޮސީޑް؟" ހުރިހާ ނޫސްވެރިންނާއި ލައިވް ކުރަމުންދިޔަ ކެމެރާމަނުންގެ ފެހި ސިގުނަލް ލިބުމާއެކު މައިރާ ލަސްނުކޮށް އަމިއްލަ ތަޢާރަފެއް ދިނުމަށްފަހު އައިޕެޑުން އަޅުވާލެވިފައިވާ ބަޔާން ކިޔަން ފެށި އެވެ.

***************

މަލަކްމެން ދަތުރުކުރި ލާންޗު މާލޭ ފަޅަށް ލެފިއިރު ގަޑިތަކުން އެގާރަ ޖެހުމާ ގާތްވެއްޖެ އެވެ. އޭރު ޒުހޫރު އެމީހުންގެ އިސްތިގުބާލުގައި އައިސް ފާލަން ދޮށުގައި ހުއްޓެވެ. އިވާން ފެނުމާއެކު ޒުހޫރު ހިތްހެޔޮކަމާއެކު ސަލާން ކޮށްލުމުން އިވާންވެސް މަލަކްއާއި މާޒިޔާ އަމާނާތްތެރިކަމާއެކު ޒުހޫރުގެ އަތްމައްޗަށް ރައްދު ކުރުމަށްފަހު ޓެކްސީއަކަށް އަރައިގެން އައުޒަމްމެންގެ ގެއާ ދިމާލަށް މިސްރާބުޖެހި އެވެ. އޭނާގެ އަތުގައި މިހާރު ގޭގެ ތަޅުދަނޑިއެއް ނެތްކަން ހަނދާންވީ އައުޒަމް އުޅޭ ފަންގިލާއަށް އެރުމަށްފަހު ދޮރު ހުޅުވަން ޖެހުނު ހިސާބުންނެވެ. ފޫހިކަމާއެކު ޗޮކެއް ކަނޑައިލަމުން ދޮރު ކައިރީގައި ފޮށި ބެހެއްޓުމަށްފަހު ސިޑިން ތިރިއަށް ހިނގައިގަތީ ގަރާޖުގައި އައުޒަމް އުޅޭނެކަން ޔަގީން ކުރަމުންނެވެ.

"އޭ.. އެބަ އުޅެން ދޯ؟ ކޮބާ ތަޅުދަނޑި ދީބަލަ" ގަރާޖުގެ ދޮރުން އެތެރެއަށް ބޯ ދިއްކޮށްލުމާއެކު އިވާންއަށް އައުޒަމް ފެނިއްޖެ އެވެ. އެހެނަސް ފޯނަށް ގޮސް ހުސްވެފައި އިން އައުޒަމްއަކަށް އިވާންގެ އަޑު އިވުނުހެން ހިއެއް ނުވެ އެވެ. އިވާންއަށް ޖެހުނީ ތަންކޮޅެއް އަޑު ހަރުކޮށް އައުޒަމްއަށް ގޮވައިލާށެވެ.

"އޭ ތި އައީ ދޯ؟ އާދެބަލަ.. އާދެބަލަ އާދެބަލަ މިތާ ޖައްސާލަބަލަ. ޑޭމްން ބްރޯ ޔޯރ ގަރލް ރިޗް ރިޗް. ހުރިހާ އެއްޗެއް ކީ އިރުވެސް ބްރޯ ނުބުނަމެއްނު މައިރާއަކީ މަހުޖަނެކޭ" އައުޒަމް އިވާންއަށް ގޮވައި ގެނެސް ކައިރީގައި ބޭންދުމަށްފަހު ދައްކައިލީ އަތުގައި އޮތް ފޯނެވެ. އޭގެން އަޅުވާލެވިފައިވަނީ މައިރާ މީގެ ބައި ގަޑިއެއްހާއިރު ކުރިން ދިން ބަޔާނެވެ. އިވާންއަށް ލިބުނު ހައިރާންކަމުގައި އައުޒަމްގެ އަތުން ފޯނު ޖަހައިގަނެވުނެވެ.

"ސާޅީސްހާހާ ގާތްކުރާ އަދަދަކަށް ވިއުޒް ލިބުނު ޕްރެސްއެއް ތިއީ.. އަހަރެންނަށްވެސް ދެންމެ މި ބަލާލެވުނީ.. ކޮމެންޓްތައް ކިޔާލަބަލަ.. މައިއަކީ މިހާރު ސެލެބްރިޓީއެއް އެނގޭ" އައުޒަމް ބުންޏެވެ. އެހެނަސް އައުޒަމް އެހެން ބުނުމުގެ މާ ކުރިންވެސް އިވާން އިނީ ކޮމެންޓް ސެކްޝަން ހުޅުވާލައިގެނެވެ. އޭގައި މައިރާއަށާއި ކުންފުންޏަށް އަދި ކުންފުނީގެ ކުރީގެ ވެރިންނަށް އެތައް ބަޔަކު ނުރުހުމާއެކު ފާޑުކިޔަމުން ދިޔައިރު އަނެއްބަޔަކު ދިޔައީ މައިރާ ދެއްކި ވާހަކަ ބަލައިގަންނަމުންނެވެ. އޭގެ ތެރެއިންވެސް އިވާންގެ ސަމާލުކަން އެންމެ ބޮޑަށް ދަމައިގަތީ އެ ލައިވް ބަލަމުންދިޔަ ފުރާވަރު އުމުރުގެ އަންހެން ކުދިންނާއި ފިރިހެން ކުދިން އޭގަށް ކުރަމުންދިޔަ ކޮމެންޓް ތަކެވެ.

"ވާއު ޝީ އިޒް ސްޓަނިންގް!"

"ބިއުޓީ ވިތް ބްރެއިންސް! ވަޓް އަ ޑެޑްލީ ކޮމްބޯ"

"ދެޓް ފޭސްކާރޑް އެލޯން ކުޑް ސޭވް ދަ ކޮމްޕެނީ"

"މަދަރ!"

"އިޒް ޝީ ހަޔަރިންގް؟"

"އިފް ޝީ އިޒް މައި ބޮސް އައި ވުޑް ނެވަރ ސްކިޕް ވޯކް!"

"ހާރ މޭން އިޒް ސޯ ލަކީ"

"ސިސް ވެއަރ އިޒް ދަ ފިޓް ފްރޮމް؟"

"ހާރ މޭން ކެނޮޓް ފައިޓް އޯލް އޮފް އަސް!"

އިވާން އެ ކޮމެންޓްތައް ކިޔަމުން ދިޔައީ ނުހަނު ގަޔާވެފައި އިނދެގެނެވެ. މައިރާއަށް ލިބޭ ކޮންމެ ތައުރީފަކާއެކު އޭނާގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން ފުންވެލާއިރު މައިރާއާމެދު އޭނާ ފަހުރުވެރިވާ މިންވަރު އެ ދެލޮލުން ހާމަވާން ހުއްޓެވެ. ނަމަވެސް މައިރާ ހާސިލްކުރަން ބޭނުންވާފަދަ މޭރުމަކުން ބައެއް މީހުން ކޮށްފައިވާ ކޮމެންޓްތައް ކިޔާއިރު އިވާންއަށް ގިނަފަހަރު އިނދެވެނީ ނުތަނަވަސްކަމެއްގަ އެވެ. މައިރާއަކީ އަދިވެސް އޭނާގެ މީހެކޭ އިވާންއަށް ޤަބޫލުކުރެވޭ ކަހަލަ އެވެ.

"އަސްލު މަށަކަށް އަދިވެސް ގެޓެއް ނުވޭ" ދާދި ކައިރިން އައުޒަމްގެ އަޑު އިވުމާއެކު އިވާންގެ ތުންފަތްމަތިން ހިނިތުންވުން ފޮހެލި އެވެ.

"ކޮން ކަމެއް؟" އިވާން އަހައިލި އެވެ.

"އެ މަންޖެ އެހާ ވަރުން އުޅޭއިރުވެސް އިވާން އޭނައާ މާދުރުން ތި އުޅޭ ސަބަބެއް.. އޭނަ އިވާންދެކެ ވަރަށް ލޯބިވާތީ އެހާ ވަރަކުން އިވާންގެ ފަހަތުން އުޅޭނީ.. އައި މީން ޝީ އިޒް ކްލިއަރލީ ނޮޓް އައުޓް އޮފް އޮޕްޝަންސް. މިހާރުވެސް ތި ލައިވްގަ މައިރާ ދޭ އެންމެ އިޝާރާތަކުންވެސް އޭނައާ އިންނާނެ ކިތަންމެ މީހުންނެއް އޭނައަށް ލިބޭނެ" އައުޒަމް ކުޑަ ފޮތިކޮޅެއްގެ އެހީގައި އަތުގައިހުރި ތެޔޮތަކެއް ފޮހެމުން ވާހަކަ ކުރިއަށް ގެންދިޔަ އެވެ. "މައިއަކީ ހަމައެކަނި ރީތި ކުއްޖެއް ނޫން.. ރާއްޖޭގަ ނަން ހިނގާ މުއްސަނދި އާއިލާއެއްގެ ކުއްޖެއް. އެހެނޭ ކިޔާފަ އޭނަގެ ގައިގަ އެއްވެސް ބޮޑާކަމެއް ނޫނީ ކިބުރުވެރިކަމެއް ހުރީކީ ނޫން. އެހާ ހިތްތިރި، މީހުންނާ ގުޅޭ، ނުވިތާކަށް އިވާންދެކެ އެހާ ވަރަށް ލޯބިވޭ.. ޔޫ ބޭސިކަލީ ހިޓް އަ ޖެކްޕޮޓް މޭން. މީގެ އަހަރުތަކެއް ކުރިން ހިނގައިދިޔަ ކަމަކުން އިވާންގެ އީގޯއަށް ކިތަންމެ ހަރޓްވެފަ ހުއްޓަސް ތި އީގޯއަކާހުރެ ދޫކޮށްލާވަރުގެ ކުއްޖެއް ނޫން އެއީ" އޭނާ ނަސޭހަތްތެރިވި އެވެ. އިވާންގެ ހަރަކާތްތައް މަޑުޖެހިލީ ކަމަކާމެދު ފިކުރު ކުރެވޭ ބީދައިންނެވެ.

"އައުޒަމް.. އަހަރެން މައިރާއާ ރައްޓެހިވީ މައިރާ ކިޔަވަން ދިޔުމުގެ ކުރިންނެއް ނޫން" ފޯނުގެ ޑިސްޕްލޭ ނިއްވައިލުމަށްފަހު އިވާން ދެ ހިޔާލެއްގައި އިނދެފައި ބުނެލި އެވެ. އެއާއެކު އައުޒަމްގެ ތަނަވަސް ނިތްކުރިއަށް ގިނަވެގެންދިޔަ ރޫތަކުން އިވާންއާ އެތައްހާސް ސުވާލެއް ކޮށްލި އެވެ.

"ހަނދާންވެތަ އަހަރެން ހައްޔަރުކޮށް ޖޮބް ގެއްލުނު ރީޒަން؟ ބުނީމެއްނު އެއީ އެރޭ ބޭއްވި ބާބެކިއު ތެރެއިން ދަންނަ ބަޔަކު ރާވައިގެން ކުރި ކަމެކޭ.. އައުޒަމްއަށް ހީވޭތަ އަހަރެން ދަންނަ ކޮންމެ މީހަކަށް އަހަރެން ކަމެއްގަ ބައްދާލަން އެހާ ފަސޭހަ ވެދާނެއޭ؟ ދެޓް އައި ވުޑް ގިވް ދެމް އަ ޗާންސް ޓު ފްރޭމް މީ؟ ދެޓް އައި ވުޑް ލެޓް މައި ގާޑްސް ޑައުން އަރައުންޑް ޖަސްޓް.. އެނީވަން؟ ދެން ހީވޭތައެއީ އެއްވެސް ނުފޫޒެއް ނޫނީ ބާރެއް ނެތް ބަޔަކު ކުރެވޭނެވަރު ކަމެއް ހެން؟" އިވާންގެ ސުވާލުތައް ނިމުނުއިރު އައުޒަމް އޭނާއަށް ބަލަހައްޓައިގެން އިނީ އެވާހަކަތައް ފަހުމުކުރަން ނޭނގިފަ އެވެ. ދެން ފެނުނީ އޭނާ ކުއްލިއަކަށް ދެލޯ ބޮޑުކޮށްލުމަށްފަހު ފުންމައިގެން އިންތަނުން ތެދުވި ތަނެވެ.

"ޗީޑި. ހުރި ލަދު ހަޔާތް ކުޑަކަން! މީހުންގެ ދިރިއުޅުން ފުނޑާލާފަ ދޯ މީނަ ތަންތަނަށް އަރާ މޮޅެތި ވާހަކަ މި ދައްކަނީ. ރަނގަޅަށް ވަންޏާ ތި މަނީ ލޯންޑްރިންގް ކަންތައްވެސް ވާނީ އެމީހުން ހަމަ ކުރި ކަމަކަށް. މިހާރު އެ އުޅެނީ ފާޑެއްގެ ސްޓަންޓެއް ޖައްސާފަ އެކަން މަތި އަޅާ އޮއްބަންވެގެން" އައުޒަމްގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. "އިވާންގެ ކެރިއަރ ހަލާކު ކޮށްލާފަ މީނަ ހީކުރީތަ މީނައަށް އެންމެ އުހަށްގޮސް ސީ.އީ.އޯ ގޮނޑީގަ ހަމަޖެހިލައިގެން އިނދެވޭނެއޭ. ދައްކަބަލަ މަގޭ އަތަށް ތި ރަނގަޅު އެއްޗެކޭ ލިޔެލާނަމޭ" އޭނާ ދެން ދިމާކޮށްލީ އިވާންގެ އަތުގައި އޮތް އޭނާގެ ފޯނު އަތުލުމަށެވެ. އެހެނަސް އިވާން އެކަމަށް ހުރަސް އެޅުމުން އޭނާއަށް އެކަން ކާމިޔާބު ވާގޮތެއް ނުވި އެވެ.

"އައުޒަމް.. އޭތް.. ޖަސްޓް ލީވް އިޓް ބްރޯ!" އިވާން ހުށިޔާރުކަމާއެކު އެ ފޯނު އައުޒަމްއާ ދުރުކޮށްލި އެވެ. "އަހަރެން ބޭނުމެއް ނޫން މައިރާގެ ޕަބްލިކް އިމޭޖް އެއްވެސް ވަރަކަށް ކިލަނބުވާކަށް. ނޮޓް އެވަރ އެންޑް ސްޕެޝަލީ ނޮޓް ނައު.. ޝީ އިޒް ގޮއިންގް ތްރޫ އަ ވެރީ ޑިފިކަލްޓް ޓައިމް"

"އަދިވެސް އިވާން އޭނަ ޕްރޮޓެކްޓް ކުރެވޭތޯ ދޯ ތި ބަލަނީ! އޭނަ ޕްރޮޓެކްޓް ކުރަންވެގެން އަހަރެންގާތުވެސް ފުރަތަމަ ދޮގެއްނު ހެދީ"އައުޒަމްއަށް މިހާރު ހުރިހާ ކަމެއްވެސް ސާފުވާން ފަށައިފި އެވެ. އިވާންއާއި މައިރާއާ ދެމެދު އޮތް ގުޅުމުގައި މައިރާއަށްވުރެ ބޮޑަށް ލޯބިވާ ފަރާތަކީ އިވާން ކަމެވެ. އޭނާ ގެނބެމުން ދާއިރުވެސް އެ ބަލަނީ މައިރާ ފެން މަތީގައި ބޭއްވޭތޯ ވިއްޔާ އެވެ.

"ބްރޯ ޕްލީޒް.. އައި ޓްރަސްޓް ޔޫ.. ޕްލީޒް ޑޯންޓް މޭކް މީ ރިގްރެޓް ޝެއަރިންގް ދިސް ވިތް ޔޫ" އިވާންގެ ވާހަކައަށް އައުޒަމް ބޯ ޖަހައިލީ އިތުރު ގޮތެއް ނެތުމުންނެވެ.

އައުޒަމްގެ ފަރާތުން މައިރާގެ ނަމަށް ނުރައްކަލެއް ނެތްކަން ޔަގީންވުމާއެކު އިވާންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އިތުރަށް ގަރާޖުގައި މަޑުކުރަން ނޫޅެ އައުޒަމްއަށް ފޯނު ރައްދު ކުރުމަށްފަހު ތަޅުދަނޑި ހިފައިގެން މައްޗަށް ދިޔައީ ފެންވަރައި ތާޒާ ވެލުމަށެވެ. އެކަން ކޮށް ނިމުމުން ފޮށީގައި ހުރި އެއްޗެހި ނަގައި ތަރުތީބުކުރަން ފެށިތަނާހެން ޗާޖަށް ޖަހާފައި އޮތް ފޯނު ރިންގުވާން ފެށި އެވެ. ރަނގަޅަށް ބަލައިލިއިރު ނުދަންނަ ނަންބަރަކުން އަންނަމުންދިޔަ ކޯލެކެވެ. އިވާން މާބޮޑު ވިސްނުމަކާ ނުލައި ފޯނު ނަގައި ކަންފަތުގައި ޖަހައިލި އެވެ.

"ހެލޯ؟ އިވާން؟" އެކޮޅުން ގޮވައިލި އަޑު އިވުނެވެ.

"ސްޕީކިންގް" އިވާން އެއްކަންފަތުން ނައްޓައިލި ފޯނު އަނެއް ކަންފަތަށް ބަދަލުކޮށްލި އެވެ.

"ނަދާލް އެނގޭ.. މައިގެ ޕްރެސް ބެލިންތަ؟" ނަދާލް އެއްސެވެ.

"ކޮން ޕްރެސްއެއް؟" އިވާން ނުވާ ކަމަކަށް ހެދުނެވެ. އެހެނަސް ފޯނުގެ އަނެއް ފަރާތުގައިހުރި ނަދާލް ހިނިތުންވެލީ އިވާން އެ ހަދަނީ ދޮގެއްކަން ޔަގީންވާ ފަދައިންނެވެ.

"އަހަރެންނަށް އެނގޭ އިވާން ނުބަލާ ނުހުންނާނެކަން. އެކަމަކުވެސް ބުނެފާނަން. މައި ސީ.އީ.އޯ ގެ މަޤާމާ ހަވާލުވީމަ އެކަން ސެލެބްރޭޓްކުރަން ކުޑަ ކަމެއް ރާވާލަން މި އުޅެނީ.. ފުރަތަމަ ރެސްޓޯރަންޓްގެ ރޫފްޓޮޕްގަ ބާއްވާގޮތަށް އޮތީ އެކަމު ދެން މަލްވެސް ބައިވެރި ކުރާތީ މިހާރު ގޭގެ ޓެރަހުގަ ބާއްވާ ގޮތަށް .. އިވާންއަށް އާދެވޭނެތޯ އަހަންވެގެން އަސްލު މި ގުޅީ. މައި ވަރަށް އުފާވާނެ އިވާން އައިސް ދިނިއްޔާ" ނަދާލް އޭނާ އިވާންއަށް ގުޅި ހަގީގީ މަޤްސަދު ހާމަ ކުރި އެވެ.

"އައި.. އައިލް ތިންކް އަބައުޓް އިޓް. އެކަމަކު މައިއާ ބައްދަލު ކުރުމުގެ ކުރިން އަހަރެން ނަދާލްއާ ދައްކަންޖެހޭ ވާހަކައެއް އެބަ އޮތް. ވަގުތެއްވީމަ އަންގާލަބަ" އިވާން އެދުނެވެ.

"އަނެއްހެން މިހާރުވެސް ފްރީ. ކޮންތާކަށް ދާންވީ؟" ނަދާލްގެ އަޑުގައިވަނީ ކުރިން އިވާންއާ ދޭތެރޭ ނުބަހައްޓާ ގާތްކަމަކާއި ހިތްހެޔޮ ކަމެކެވެ.

"ނޫން.. ނަދާލް މަޑުކުރޭ.. އަހަރެން ދާނަން. ކޮންތާކު ތިހިރީ؟" އިވާން އަހައިލި އެވެ. ނަދާލްގެ ޖަވާބު އިވުމާއެކު އެންމެ ރަނގަޅޭ ބުނެ ފޯނު ކަނޑައިލި އެވެ.

ބައި ގަޑިއެއްހާއިރު ފަހުން އައި.އައި.އެމްގެ ހެޑް އޮފީސް އިމާރާތުގެ ކުރިމައްޗަށް ހުއްޓައިލި ޓެކްސީއިން އިވާން ފޭބިއިރު އޭނާ ދިޔައީ ނަދާލްއަށް ގުޅޭތޯ މަސައްކަތް ކުރަމުންނެވެ. ރިންގުވަމުންދިޔަ ފޯނު ކަންފަތުގައި ޖަހާލައިގެންހުރެ އިމާރާތަށް ވަނުމަށްޓަކައި ހަދާފައިވާ ދެތިން ހަރުފަތުގެ ފުޅާ ސިޑިއާ ދިމާލަށް ހިނގައިގަތް ހިނދު ފެނުނު މަންޒަރުން އިވާންއަށް ކަންފަތުގައި ޖަހައިލި ފޯނު ތިރި ކޮށްލެވުނެވެ. ރީތި ވަރަކަށް ގަޔަށް ހިފާލައިފައިހުރި ހުދުކުލައިގެ ބިޒްނަސް ސޫޓްގައި އެ އިމާރާތުން ނުކުތް މައިރާ ފެނުމާއެކު އިވާންގެ ހިތް ހިނދުކޮޅަކަށް ވިންދު ޖަހައިލަންވެސް ހަނދާން ނެތުނެވެ. ކަޅި ޖަހާނުލައި މައިރާއަށް ބެލެމުން ދިޔައިރު އޭނާއަށް މައިރާގެ ސިފައަށް އައިސްފައިވާ ބަދަލުތައްވެސް އޭނާއަށް ދިޔައީ ފާހަގަ ކުރެވެމުންނެވެ. އާންމުކޮށް ނުކުރާފަދަ ގަދަ އެހެނަސް ސާދާ މޭކަޕަކުން މައިރާގެ މޫނުމަތި ފަޅު ފިލުވާލައިފައިވާއިރު އެ ރާޅުބާނީ އިސްތަށިގަނޑުގައިވި ބާނިކަމާއި މުށިކުލައިގެ ހައިލައިޓްތަކުގެ އަސަރެއް މިހާރަކު ނެތެވެ. އެ އިސްތަށިގަނޑުވަނީ އެކީ އެކައްޗަކަށް ފަންކޮށް، ކަޅުކޮށްލައިފަ އެވެ. އެހެނަސް އިވާންއަށް އެ ބަދަލުވެސް ކަމުދިޔަ އެވެ. އޭނާ ގަޔާނުވާފަދަ ބަދަލެއް މައިރާގެ ސިފައަށް ގެނެވިދާނެ ކަމާމެދު އިވާންއަށް ޝައްކެވެ. މީގެ އިރުކޮޅެއް ކުރިން އޭނާއަށް ފޯނުގެ ސްކްރީނުން މައިރާ ފެނިފައިވި ނަމަވެސް ހަމަލޮލަށް ފެންނައިރު އެ ރީތިކަން އެތައް ގުނައެއް އިތުރުވެފައި ފުރިހަމަ އެވެ.

އަރައިގެންހުރި އުސް ފައިވާނާ އެކުވެސް މައިރާ ފަރިތަކަމާއެކު އެތަނުގައިހުރި ދެތިން ހަރުފަތުގެ ސިޑި ގިރާކޮށްލި އެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އޭނާގެ އިންތިޒާރުގައި އޮތް ކާރުގެ ހުޅުވިފައިވާ ދޮރުން އެތެރެއަށް ދެމިގަތުމާއެކު، ކަޅުކުލައިގެ ސޫޓެއްގައި،ބްރީފްކޭހެއް ހިފައިގެންހުރި ޒުވާން ފިރިހެނަކު އެ ދޮރު ލައްޕާލައި ދިނުމަށްފަހު ކާރުގެ ވަށާލާފައި އައިސް އަނެއް ފަރާތަށް އެރި އެވެ. ދުރުގައިހުރި އިވާންއަށް ހަރަކާތެއްވެސް ކޮށްލަން އެނގުނީ އެ ކާރު އެތަނުން ނައްޓައިލުމުންނެވެ. ފޯނަށް އަންނަމުންދިޔަ ނަދާލްގެ ކޯލު ކަނޑައިލުމަށްފަހު އިމާރާތަށް ވަނުމަށް ހިނގައިގަތްއިރު އޭނާގެ ދެލޯ އަދިވެސް ހުރީ އެ ކާރު ދިޔަ ދިމާލަށެވެ. ރޫފްޓޮޕް ރެސްޓޯރެންޓަށް އަރައި ނަދާލް އިން މޭޒު ދޮށުގައި އިށީނދެލި އިރުވެސް އަވަސްވެފައިވާ ހިތް ހަމައަކަށް ނޭޅުނެވެ.

"ޔޫ ގުޑް؟" އިވާންގެ މޫނުމަތި ފެނުމާއެކު ނަދާލްއަށް ފުރަތަމަވެސް އަހައިލެވުނެވެ. އޭރު އޯޑަރު ނަގަން އައިސްހުރި ވެއިޓަރެއްވެސް އޭނާގާތު މަޑުކޮށްލައިގެން ހުއްޓެވެ.

"ޔާ.. ޔާ އައިމް ފައިން" އިވާން މޭޒުމަތީގައިހުރި ފެންފުޅި ނަގައި ތަށީގެ މެދަކާ ހިސާބަށް އަޅައިލުމަށްފަހު އެއް ނޭވައިން އެ ތަށި ހުސްކޮށްލި އެވެ. މައިރާ ފެނުނީއްސުރެން އަރުތެރޭގައި އުފެދިފައިވި ކަރުހިއްކުމަށް ނިމުމެއް ގެންނަން މަސައްކަތް ކުރަނީ ކަން ނޭނގެ އެވެ.

ނަދާލްއަށް ވަގުތުން އިވާން މުޅިން ރަނގަޅު ނޫންކަން ނަގައިގަނެވުނު ނަމަވެސް އިތުރަށް ސުވާލު ނުކޮށް އޯޑަރު ދޭން އަވަސްވެގަތެވެ. "ވަން އެސްޕްރެސޯ ޓޯނިކް ވިތް ލައިމް އޭންޑް…" އޭނާ އިވާންއަށް ބަލައިލަމުން ނިތް އަރުވައިލި އެވެ.

"މޭކް އިޓް ޓޫ" އިވާން ގަދަކަމުން ކަހަލަ ގޮތަކަށް އެ ވެއިޓަރަށް ހިނިތުންވެލި އެވެ. ވާންވެފައިވާ ދެ ކޮނޑަށް ލުޔެއް ދެމުން ރަނގަޅަށް ގޮނޑީގައި ލެގިލީ އަމިއްލަ ނަފްސަށް ހަމަޖެހެން މަޖުބޫރު ކުރަމުންނެވެ.

"ސޯ ވަޓް އިޒް އިޓް؟ އައިމް ކިއުރިއަސް އިވާން އިސްނަގައިގެން އަހަރެންނާ ވަކިން ވާހަކައެއް ދައްކަން އައިމަ" ނަދާލް ކޮނޑު އަރުވައިލި އެވެ.

"ހްމްމް އެވާހަކަ ދޯ.. މާ ދުރަކަށް ނުދާނަން. އެންޑް އައި ވިލް ޓްރައި ޓު ކީޕް ދިސް އޭޒް ޝޯރޓް އޭޒް އައި ކޭން"

"ނޯ ޕްލީޒް.. ޓޭކް ޔޯ ޓައިމް" ނަދާލް ޖޯޑުކޮށްލެވިފައިވި ދެއަތް ދުރުކޮށްލަމުން އިޝާރާތެއް ކޮށްލި އެވެ.

"އެހެހެ ނޫނޭ.. ނަދާލްމެން ކަހަލަ ބޭފުޅުންގެ ވަގުތަކީ އަހަރުމެން ކަހަލަ ޕެތެޓިކް މީހަކަށް ދޭވަރަށްވުރެ މާ އަގުހުރި އެއްޗެއްނު؟"އިވާން އެހިސާބަށް ބުނެފައި މަޑުކޮށްލީ އެވަގުތު ކޮފީ ހިފައިގެން އައި ވެއިޓަރު އެ އެއްޗެހި ބަހައްޓާފައި ދުރަށް ހިނގައިގަންނަން ދެނެވެ. "އެނީވޭ ބެކް ޓު އަވަރ ޓޯކް.. ދައްކަން މި އުޅެނީ މަލްގެ ވާހަކަ މިފަހަރު ރަށަށް ގޮސް އުޅުނުއިރު އަހަރެންނަށް އަސްލު މަލްއާ ވަރަށް ގިނަ ވާހަކަ ދެއްކުނު. ދެން މި ބުނީ މަލްވެސް އަހަރެންނާ ގިނަ ކަންތައްތަކެއް ހިއްސާކުރި ވާހަކަ. އެރޭ ހިނގައިދިޔަ ކަންތައްވެސް.. މަލް ކޮންމެވެސް ވަރަކަށް އަހަރެންނަށް ކިޔައިދިން. މަލް އަހަރެންގާތު ބުނި"

މަލަކް އޭނާގާތު ދައްކާފައިވާ ވާހަކަތައް އިވާން ނަދާލްއާ ހިއްސާކުރަން ފެށި އެވެ. އެ ވާހަކަތަކުގައި ނަދާލްއަށް ނޭނގޭ ކަންކަމަށްވުރެ ގިނައީ އެނގޭ ކަންކަމެވެ. ނަމަވެސް އޭނާ އިސްޖަހާލައިގެން އިނދެ އިވާންގެ ކޮންމެ ޖުމްލައެއް ކަނުލައި އަޑު އެހި އެވެ.

"އަހަރެން މައިރާއާވެސް މި ވާހަކަ ދެއްކިން. ހިއެއް ނުވޭ އެ މެސެޖާގުޅޭ އެއްވެސްކަމެއް މައިރާއަށް އެނގޭހެން. ފޯނުގެ ޕާސްވޯޑް ކްރެކް ކުރެވުނުތޯ އެހީމަވެސް ބުނީ ނަދާލްއަށޭ މިކަން އިތުރަށް އެނގޭނީ.. އަހަރެންނަކަށް ނޭނގެ އެއީ ތެދެއް ނޫނީ ދޮގެއް ކަމެއްވެސް. ކޮންމެއަކަސް ހުރިހާ ކަމަކަށްފަހު އަހަރެންނަށް ވަރަށް އުނދަގޫ މައިރާއަށް އިތުބާރު ކުރަން" އިވާން މޭޒުމަތީގައިހުރި ކޮފީ ތަށި ނަގައި ކޯވަރެއް ދަމައިލި އެވެ.

"ނޫނޭ.. ތިއަކު ނެތް ދޮގެއް. މައި އެބުނީ ހަމަ ރަނގަޅަށް" ނަދާލް ބޯ ޖަހައިލަމުން ބުންޏެވެ. އެއާއެކު އިވާން ނަދާލްއަށް ބަލައިލަމުން ދެލޯ ހަނިކޮށްލީ އިތުރު ތަފްސީލުދޭށޭ ބުނާ ފަދައިންނެވެ.

"ޕާސްވޯޑް ކްރެކް ކޮށްގެން ފޯނުގެ ހުރިހާ މައުލޫމާތެއްވެސް ރިކަވަރ ކުރެވުނު. ކާރަށް އަރާށޭ ބުނެ އެ މެސެޖް ފޮނުވާފަ އޮތީ ސީދާ އިދާންގެ ޗެޓުން. އެ ޗެޓުގަ ދެންހުރި މެސެޖުތައް ބަލާލީމަ އަހަރެންނަށް އެނގުނު އެއީ މަލް ރައްޓެހިވެގެން އުޅުނު ކުއްޖާކަން. އެހެންވެ އަހަރެންނަށްވެސް އެހާބޮޑު ޔަގީންކަމެއް އޮތީ އެރޭގެ ކަލްޕްރިޓްއަކީ އިދާން ކަމުގަ. މައި އެހާވަރަށް ރޮއެ އާދޭސް ކުރަނިކޮށް އަހަރެން މައިއަށް މަޖުބޫރުކޮށް އޮޅުވާލައިގެން އިވާންގެ ލައިފް ހަލާ-"

"ރިޕީޓް ދެޓް؟" ނަދާލްގެ ފަހު ޖުމްލައާއެކު އިވާންގެ ހަނިކޮށްލެވިފައިވާ ދެލޯ ބޮޑުވެގެން ދިޔައިރު، އޭނާއަށް ލިބުނު ސިހުމުގައި ގޮނޑީގެ ލެގޭބައިން ނެއްޓިގަނެ ބުރަކަށި ސީދާކޮށްލެވުނެވެ. "ނަދާލް ތި ބުނަނީ މި ކަންތައްގަނޑަކީ.. މި ކަންތައްގަނޑަކީ މައިރާގެ ރޭވުމެއް ނޫނޭތަ؟" އޭނާއަށް އަހައިލެވުނެވެ.

← Back to Story ← Previous Next →

How did you like this episode?

Reader Comments (0)

Share Your Thoughts

No comments yet

Be the first to share your thoughts about this episode!