Episode 78

ހިތް އެދޭހާ ކަމެއް.. (78 ވަނަބައި)

ޝިމާން އަންނާނެ އިރަކަށް އިންތިޒާރުގެ ވަގުތުތައް ގުނަމުންދަނިކޮށް މޭޒުތައް ބަހައްޓައިފައި ހުރި ދިމާލުން މީހުންގެ އަތްތިލަބަޑީގެ އަޑު އިވެން ފެށިއެވެ. އެހެންކަމުން ޝިމާން އަތުވެއްޖެކަމުގައި ޔަގީން ކުރަމުން އިޝްވާ އަވަހަށް އެދިމާލަށް ދިޔައެވެ.

އޭނާ އުއްމީދުކުރިފަދައިން ޝިމާން އެތަނުގައި ހުރި ނަމަވެސް ޝިމާންގެ އަތުގައި ހިފައިލައިގެން ހުރި އަންހެންކުއްޖާ ފެނުމާއެކު އިޝްވާއަށް ހީވީ އޭނާގެ ހިތް އެތަށް ހާސް އެތިކޮޅުތަކަށް ކުދިކުދިވިހެނެވެ. އިތުރަށް އެތަނުގައި މަޑުކުރުމަކީ އޭނާގެ ހިތާއި ސިކުނޑިއަށް ކުޅަދާނަ ކަމަކަށް ނުވިއެވެ. ދެލޯ ފުސްވާން ފެށުމާއެކު ދަބަސް ހިފައިގެން ބީޗުން ނުކުތުމަށް ދުއްވައިގަތީ ދެންތިބި މީހުން ހިތަށް އަރާނެ އެއްޗަކަށްވެސް ބެލުމެއްނެތިއެވެ. އިޝްވާއާއި ޝިމާންއަކީ ސްކޫލްގައި ދައުރުގެ ދެ ލޯބިވެރިންކަން އެއީ އެމީހުނަށް ސިއްރުވެފައި އޮތް ކަމެއް ނޫނެވެ. އެހެންކަމުން އިޝްވާ އެގޮތަށް ކަންތައްކުރީތީ އެމީހުން އެކަމާ އަޅައިލާކަށް ނޫޅުނެވެ. މިއާހިލާފަށް ޝިމާންގެ ނަފްސަށް އިޝްވާ ކަންތައްކުރި ގޮތުގެ ސަބަބުން ނުތަނަވަސްކަމެއް ލިބިގެންދިޔައެވެ. ކަމެއް ނުވާކަމަށް ހެދިގެން އެތަނުގައި އިނުން ވީ އޭނާއަށް އުނދަގޫ ކަމަކަށެވެ. އޭނާގެ އަތުގައި ހިފައިލައިގެންހުރި އަންހެންކުއްޖާގާތު "އެބަ އަންނަން" ކަމުގައި ބުނެ އަވަސް ފިޔަވަޅުތަކެއްގައި އިޝްވާ ހޯދުމަށް ހިނގައިގަތެވެ. އޭނާއަށް އިޝްވާ ފެނުނީ މަގާ ވަރަށްވެސް ކައިރިއަށް އާދެވިފައި ވަނިކޮށެވެ.

"އިޝީ"

އިޝްވާއަށް ގޮވައިލުމަށްފަހު ޝިމާން ދުއްވައިގަތީ އިޝްވާއާ އެއްހަމަ ކުރުމަށެވެ. ޝިމާންގެ އަޑު އިވުމާއެކު އިޝްވާ ހިނގުން ބާރުކޮށްލިއެއްކަމަކު ޝިމާންއަށް އެކަން ކުރާކަށް އުނދަގުލެއް ނުވިއެވެ.

"އިޝީ މަޑުކޮށްބަލަ. ކިހިނެއްތަ ތި އުޅެނީ؟ އަހަރެން އައި އިރަށް އިޝީ ދިޔައިމަ އެމީހުން ހީކުރާނީ ކީކޭ؟" ޝިމާން އިޝްވާގެ އަތުގައި ހިފައި ހުއްޓުވިއެވެ.

"ހީކުރާ އެއްޗެއް ބަލާކަށް ނުޖެހޭނެ. އެމީހުންނަށް އެނގޭނެ އަހަރެން ދިޔައީ ކީއްވެކަން" ޝިމާންގެ އަތް ފޮޅުވައިލަމުން އިޝްވާ ބުންޏެވެ.

"އެހެންވެއޭ އަހަރެންވެސް އިޝީ ބަލާ މިއައީ. އެމީހުންނަށްވެސް އެނގެން ޖެހޭނެ އިޓްސް އިން ދަ ޕާސްޓްކަން. ވީ އަރ އޯވަރ އިޓްކަން" ޝިމާން ބުންޏެވެ.

"ޔޫ އަރ އޯވަރ އިޓް މާން. ނޮޓް މީ. އަހަރެން ހުރީ އެކަން ގަބޫލު ކޮށްގެން. މާނު ދެން އަހަރެންގެ ލައިފްއަށް އަނބުރާ އަންނާނެކަމަކަށް އަހަރެން އެކްސްޕެކްޓެއް ނުކުރަމޭ. އުއްމީދުކުރެވުނު. އެކަމަކު އެކްސްޕެކްޓެއް ނުކުރަން. ބަލާލީމަވެސް އަހަރެންނަށް ފެނެޔޭ އަހަރެންނާއި މާނުގެ ތަފާތު. ޔޫ އަރ ޕްރޮބަބްލީ އަ ޓެން އޯރ އެން އިލެވެން ނައު އެންޑް އައިމް ޖަސްޓް އަ މައިނަސް ފައިވް" އިޝްވާ އޭނާގެ އަމިއްލަ ހަށިގަނޑަށް އިޝާރާތްކޮށް ބުނި ޖުމްލައާއެކު ޝިމާންގެ ދެބުމަ ގޮށްޖެހުނެވެ.

"ވަޓް ދަ ހެލް އިޝީ. އެކަމާ މިކަމާ ކޮންގުޅުމެއް. ޔޫ ލުކް އޭޒް ބިއުޓިފުލް އޭޒް އެވަރ. އިވަން ބެޓަރ އިފް އައިމް ބީއިންގް އޮނެސްޓް" އިޝްވާގެ އަމިއްލަ ނަފްސާމެދު އެހާ ދަށްކޮށް ދެކުނީތީ ޝިމާން ހިތްހަމަނުޖެހުނެވެ.

"ދޮގު ހެދުމުގެ ބޭނުމެއް ނެތޭ ޝިމާން! އަބަދުވެސް ދޮގު ހަދަނީ ކީއްވެތަ؟" އިޝްވާ ކަރުނުން ފުރިފައިވާ ދެލޮލާއެކު ހަޅޭއްލަވައިގަތެވެ. ޝިމާންއަށް އެކަމުން ކުޑަވަރެއްގެ ސިހުމެއް ލިބުނު ނަމަވެސް އެއަށްވުރެން ބޮޑު ސިހުމެއް ލިބުނީ އިޝްވާ އޭނާގެ ފުރިހަމަ ނަމުން އޭނާއާ މުހާތަބު ކުރީތީއެވެ. އިޝްވާގެ ދުލުން އެނަން އިވުމުން އޭނާއަށް ކުރެވުނީ ބީރައްޓެހި އިހްސާސެކެވެ. އެންމެ ފުރަތަމަ ދުވަހުއްސުރެން އިޝްވާ އޭނާއާ މުހާތާބު ކުރަނީ "މާނު" އެ ވަނަމުންނެވެ. ޝިމާންއަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

"ޝިމާން ހީކުރީ އަހަރެން އެތަނުން ނުކުމެގެން އައީ ޝިމާން އެހެން އަންހެންކުއްޖެއް ގޮވައިގެން އައިމަ އެކަމާ ހިތުގަ ޖެހިގެންކަމަށްތަ؟ ތެދެއް! ހިތުގަ ޖެހުނު! އެކަމަކު މާނު ކޮންމެ މީހަކާއެކު ރިލޭޝަންޝިޕަކަށް ދިޔަސް އަހަރެންނަށް އެކަން ގަބޫލު ކުރެވުނީސް. ނީމް އެހުރި މަގާމުގަ އެހެން ކޮންމެ ކުއްޖެއް ހުރި ނަމަވެސް އަހަރެން އެތަން ދޫކޮށްފަ ނާންނާނެ. އެކަމަކު ނީމް.. އަހަރެންނަށް އެނގެޔޭ އަހަރެންނާ ރުޅިވުމުގެ ކުރިންވެސް ޝިމާން ނީމްއާ ގުޅުމެއް އޮތްކަން. ނޭނގުނީ އޮތީ ކޮން ގުޅުމެއްކަން. ސުވާލު ނުކުރީ ލޯބިވާތީ.. އިތުބާރު ކުރާތީ.. ހިއެއްނުކުރަން ދުވަހަކުވެސް އަހަރެންނަށް ޗީޓް ކުރާނެ—"

އިޝްވާގެ އަޑު ކުރެހެން ފެށުމާއެކު އޭނާ އަނގައިގައި އަތް އަޅައިލަމުން ޝިމާންއަށް ފުރަގަސްދިނެވެ. އެހެނަސް އެ ހަށިގަނޑުގައިވާ މަޑު ތުރުތުރުން އެކަނިވެސް ޝިމާންއަށް އިޝްވާ ރޮނީކަން އެނގުނެވެ.

"އިޝީ.." ޝިމާން ދެތިން ފިޔަވަޅު ކުރިއަށް އަޅައިލުމަށްފަހު އިޝްވާއާ ޖެހޭ ނުޖެހޭ ހިސާބު ފަހަތުގައި މަޑުކޮށްލިއެވެ. އަދި އިޝްވާގެ ދެކޮނޑުގައި އަތް ބާއްވައިލިއެވެ.

"ގަބޫލު ކުރިޔަސް ނުކުރިޔަސް.. އަހަރެން އިޝީއަކަށް ޗީޓެއް ނުކުރަން. ނީމްއާ އޭރު އެކުވެރިއެއް ގޮތުގަ ވާހަކަދެކެވުނީ އަހަރެންވެސް ވަރަށް ބޮޑު އޮޅުންގަނޑެއްގެ ތެރޭގަ ހުރީމަ. ބޭބެއާއި ސިސްގެ ދެމެދުގަ ކަންތައްތައް ހިނގައިދިޔަ ގޮތަށްފަހު.. އަދި އިޝީގެ ދޮންތިގެ މެރިއެޖްވެސް.. އެމީހުން އެއީ އަދި ދޮންދަރިން. އެކަމަކު އިޝީ ތިއީ އިޝީގެ ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅު.. އަހަރެންނަކަށް އެއްވެސް ޔަގީންކަމެއްނެތް އޭރު އިޝީއާ އެއްކޮށް އުމުރަށް އުޅެވޭނެ ކަމުގެ" ޝިމާން މަޑުމައިތިރިކަމާއެކު ބުންޏެވެ.

"ތިއީ ހުސް ބަހަނާ!" އިޝްވާ އޭނާގެ ކޮނޑުން ޝިމާންގެ އަތް ފޮޅައިލަމުން ކުރިއަށް ޖެހުނެވެ.

"ޝިމާންއަށް އެނގޭނެ އަހަރެން އެ ދެމީހުންނާ ތަފާތުކަން. ދޮންބެއާ ސިސްއަށްވުރެން މާކުރިން އަހަރެމެން ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވީ. ކަންތައްތައް ކޮންމެ ގޮތަކަށް ދިޔަސް އަހަރެން ޝިމާންއަށްޓަކައި ފައިޓްކުރާނެކަން ޝިމާންއަށް އެނގޭނެ. ޝިމާން ހަމަ އަހަރެންނަށް ޗީޓް ކުރީ. އެހެންވެ ދޯ އަހަރެންނާ ރުޅިވީވެސް؟ ބުނެބަލަ. އަހަރެންނާ ރުޅިވެފަ ކިތަށް ދުވަސްތެރޭ ނީމްއާ ރައްޓެހި ވެއްޖައިންތަ؟" އިޝްވާ އަހައިލިއެވެ.

"ފައިވް މަންތްސް" ޝިމާން އިސްޖަހައިލިއެވެ. އެއާއެކު އިޝްވާ މަލާމާތުގެ ހިނިގަނޑަކާއެކު ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ.

"ހަހަހަހަހަ. ތިވަރުން އަހަރެން ގަބޫލު ކުރަންވީ ޝިމާން އަހަރެންނަށް ޗީޓް ނުކުރާ ކަމަށްތަ؟ ޔޫ ޑިޑްންޓް އިވަން ޓޭކް ހާފް އަ އިޔަރ ޓު ގެޓް އޯވަރ މީ" އިޝްވާ ބުންޏެވެ. އެވަގުތު އިޝްވާއަށް ގޮވައިލަމުން ޝިމާން ކުރިއަށް ފިޔަވަޅެއް އަޅައިލިނަމަވެސް އިޝްވާ އަތް ހިއްލައިލައި އެކަން މަނާކުރިއެވެ.

"ތެންކްޔޫ. އަހަރެންނަށްވެސް މޫވް-އޮން ކުރަންވި ސަބަބެއް ދިނީމަ. އައި ވިޝް ޔޫ އޯލް ދަ ބެސްޓް" ޝިމާންއަށް ފުރަގަސްދީ އެތަނުން ހިނގައިގަންނަމުން އިޝްވާ ބުންޏެވެ.

ޝިމާން ހާސްވެފައިހުރެ ދެއަތުން އިސްތަށިގަނޑުގައި އަތްފުނާ އަޅައިލިއެވެ. އިޝްވާ ގޮސް މަގުމަތިން ހުއްޓައިލި ކާރަކަށް އެރިތަން ބަލަން ހުރުމަށްފަހު ދެން ކުރެވޭނެ ކަމެއް ނެތްކަން އެނގުމާއެކު އޭނާ އަލުން ބީޗަށް ވަނުމަށް ހިނގައިގަތެވެ. ބާބެކިޔު އޮތް ހިސާބަށް ދެވުނުއިރު ކަނޑައިލައިފައި އޮތް ރުއްބުޑެއްގެ މަތީގައި އެ ކްލާހުގެ އެހެން އަންހެން ކުއްޖަކާއެކު އިށީނދެލައިގެން އިން ނީމް އޭނާގެ ލޮލުގައި އަޅައިގަތެވެ. ޝިމާންގޮސް ނީމްގާތު އިށީނުމާއެކު އެތަނުގައި އިން ކުއްޖާ އެމީހުންނާ ދުރަށް ހިނގައިގަތެވެ.

"ކޮންތާކުން ތިއައީ؟" ނީމް އަހައިލިއެވެ.

"އިޝީ ގެނެވޭތޯ މަސައްކަތްކޮށްފަ. އެއްބަހެއްނުވި އަންނާކަށް" ޝިމާން ތެދުތެދަށް ޖަވާބުދިނެވެ.

"އޯހް. އިޝީއަށް ވަގުތު ނަގާނެއެއްނު ހަމައަކަށް އެޅެން. ދެން އަޅާނުލާ. އަހަރެން ވަރަށް އުފާވެއްޖެ ޝިމާން މާލެ ބަދަލުވީމަ. އަދި ކިރިޔާ އަހަރެންނަށް ބޯއިފްރެންޑެއް ހުރިކަމުގެ ފީލިންގް މި ލިބެނީ. މިދިޔަ ފަސްއަހަރު ޝިމާން އަހަރެންނާ ދުރުގަ ހުރީމަ އަހަރެންނަކަށް އެ އިހުސާސެއް ނުކުރެވޭ.. ދެން ކޮންއިރަކުން މެރީ ކުރާނީ؟" ނީމްގެ ސުވާލާއެކު ޝިމާންގެ މޫނުން ހާސްކަން ފާޅުވިއެވެ.

"އަހަހަހަ. ތިބުނީ އަދި ކިރިޔާއޭ އަހަރެންނަކީ ނީމްގެ ބޯއީފްރެންޑްކަން ހީވާން ފެށީވެސް. ދުވަސްކޮޅަކު އެކީގަ އުޅެ ދެމީހުންގެ ހިޔާލާއި ވިސްނުން އަދި މިޒާޖު އެކަކު އަނެކަކަށް ކަމުދޭތޯ ބަލއިލާފައެއްނު މެރީ ކުރެވޭނީ" ޝިމާން ބުންޏެވެ.

"ޝިމާންގެ ހިޔާލާއި ވިސްނުން އަހަރެންނާ ކިތަންމެ ތަފާތުވިޔަސް.. އަދި މިޒާޖުގަ ކޮންމެ އުނިކަމެއް ހުއްޓަސް އަހަރެން ޝިމާންދެކެ ވާ ލޯތްބަކަށް ބަދަލެއް ނާންނާނެ. އައި ލަވް ޔޫ ސޯ މަޗް" ނީމް ލޯތްބާއެކު ޝިމާންގެ މެދުހަށީގައި ބައްދައިލަމުން ޝިމާން ކޮނޑުގައި ބޯ އަޅައިލިއެވެ.

"ޔާ. ލަވް ޔޫ ޓޫ" އެހެން ފަހަރުތަކާ ހިލާފަށް މިފަހަރު ޝިމާންއަށް އެބަސްތައް ބުނުވުން ހިތި ހަބަރުގަނޑެއް ދިރުވައިލުންފަދަ އުނދަގޫ ކަމަކަށެވެ. ނީމްގެ ގާތްކަމުން އުނދަގޫވެފައި އިނދެ ދުރަށް ނަޒަރު ހުއްޓައިލިއިރު ވިސްނެމުން ދިޔައީ ދާދި ކުޑައިރުކޮޅެއް ކުރިން އިޝްވާގެ ލޮލުން އޮހުނު ކަރުނަތަކާ މެދުގައެވެ.

**************

ކާރުގައި ގެއާ ހަމައަށް ދެވެންދެން އޭނާގެ ކަރުނަތައް ކޮންޓްރޯލް ކުރުމަށްޓަކައި އިޝްވާ ވަރަށް ހިތްވަރުކުރިއެވެ. އެހެނަސް ކަންތައްތައް މުޅިން ބަދަލުވެގެން ދިޔައީ ބްރިޖުގެ މެދާ ހިސާބަށް ދެވުނުތަނާހެން އޭނާގެ ފޯނަށްއައި ކްލާސްކުއްޖެއްގެ ކޯލަކުންނެވެ. އިޝްވާ އެއްފަހަރު އެ ކޯލު ކެނޑެންދެން ނުބަލައި ބަލަހައްޓައިގެން އިނެވެ. ނަމަވެސް ދެވަނަ ފަހަރަށް ގުޅަން ފެށުމާއެކު އޭނާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ފޯނު ނަގައި ކަންފަތުގައި ޖަހައިލިއެވެ.

"ކީކޭ އަފޫ؟" އިޝްވާ ވަރުބަލިކަމާއެކު އަހައިލިއެވެ.

"އިޝީ ދެން ނާންނަންދޯ؟ މިހާރު ކައި ނިމިއްޖެ. އެންމެން ގޭމް ކުޅެންތިބީ. އަހަރެންވެސް ނޫޅެން މިތާ ހުންނާކަށް. ގެއަށް މިދަނީ. އެހެންނު ވާނީ. ކްލާސް ގެޓް ޓުގެދަރއެކޭ ކިޔާފަ ހީވަނީ މިމީހުންގެ ޑޭޓް ނައިޓެއްހެން. ޝިމާންވެސް ލަދެއް ނުގަތް ދޯ އެ ނީމްއޭ ކިޔާ ކުއްޖާ ގޮވައިގެން އިޝީގެ ކުރިމައްޗަށް އަންނާކަށް" ފޯނުން ވާހަކަދެއްކި އިޝްވާގެ ރަހްމަތްތެރިޔާ ހުރީ ހިތްހަމަ ނުޖެހިފައެވެ.

"ދެން އަޅާނުލާ އަފޫ. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް" މޭގައި އަޅަމުންދިޔަ ވޭން ހަނދާން ނައްތައިލެވޭތޯ ބަލަމުން އިޝްވާ ބުންޏެވެ.

"ތެދެއް. މާ ރަނގަޅު ކަންނޭނގެ އިޝީ އެ ފޭކް މަކަރުވެރި މީހާއާ ރުޅިވިކަންވެސް. އޭނަ ކުރިހާވެސް ކަމަކީ އިޝީއަށް އޮޅުވާލުން. ނޭނގެ ނީމްއޭ ކިޔައިގެންވެސް ކޮން ބެޓްއެއް ކަމެއް ކޮށްގެން އެ އުޅެނީ" އަފޫ ފޫހި ރާގެއްގައި ބުންޏެވެ.

"އޮޅުވައިލުމޭ؟ ބެޓެކޭ؟ އަފޫ ކީކޭ ތިކިޔަނީ؟" އިޝްވާގެ ނިތަށް ރޫގިނަވިއެވެ.

"އާނ. އިޝީއަކަށް ނޭނގޭތަ؟ އޭރު މި އިއްސެމެނާ ކުރި ބެޓަކުން މޮޅުވާކަށްނު އޭނަ އިޝީއާއެކު އުޅެންފެށީ. ޝިމާން ފިރިހެން ބާސްކެޓް ޓީމްގެ ކެޕްޓަނަކަށް ހުއްޓާ އިޝީ އޭރު އަންހެންޓީމް ކެޕްޓަނަށް އެރީމަ އެމީހުން ޗެލެންޖްކޮށްފަ އޮތީ އިޝީއާއެކު ސްލީޕްކޮށްފަ ބްރޭކްއަޕްވާން." އަފޫއަށް ނޭނގުނީ އޭނާ މާބޮޑު ވިސްނުމަކާނުލައި އެބުނި ވާހަކައިން އިޝްވާގެ ދުނިޔެ އެފުށް މިފުށަށް ޖެހިގެންދިޔަކަމެވެ. އިޝްވާގެ މުޅި ދުނިޔެ ހުއްޓުމަކަށް އައި ފަދައިން އޭނާއަށް އެއްދިމާލަކަށް ބަލަހައްޓައިގެން އިނދެވުނެވެ.

"ކީ.. ކީކޭ؟ އަފޫ ކީއްވެ ކުރިން އަހަރެންގާތު ތިވާހަކަ ނުބުނީ؟" އިޝްވާގެ އަޑު ތުރުތުރުލާން ފެށިއެވެ.

"އޭރު އިޝީ ޝިމާންދެކެ ލޯބިން އުޅުނުވަރުން އިޝީ ދެރަވެދާނެތީ އެއްޗެއް ބުނަން ނުކެރުނީ.. އެއީ ދެން އެކަމަކު ނުވިސްނޭ އިރު ދޯ. މިހާރު އިއްސެމެންވެސް އެކަމާ ވަރަށް ކަޑަވެފަ ކަންނޭނގެ ތިބެނީ. ދެން އެކަމާ އަޅާނުލާ އިޝީ" އަފޫ ބުންޏެވެ.

އިޝްވާ އެންމެ ރަނގަޅޭބުނެ ކޫސަނި ބަހަނާއަކާއެކު ފޯނު ކަނޑައިލިއެވެ. ޝިމާންއާއެކު ހޭދަކުރެވުނު އަހަރެއްހާ ދުވަސް އޭނާގެ ލޯކުރިމަތީގައި ނިއުޅައިލެވިގެން ދިޔައީ ފިލްމެއްގެ މަންޒަރުތަކެއް ފަދައިންނެވެ. ޝިމާން އެރޭ އޭނާ އެއަރޕޯޓަށް ދޫކޮށްލައިފައިދިޔަ މަންޒަރުން ފެށިގެނެވެ. ފަހުން އިހަށެވެ.

ރާހިލްއާއި ޝައިނާގެ ކައިވެނީގެ ކުރިން އައި އޭނާއާއި ޝިމާންގެ ލޯބީގެ ބަޙާރު މޫސުމުގެ ދުވަސްތަކަށް ވިސްނައިލުމާއެކު އިޝްވާއަށް އޭނާގެ އެކުވެރިޔާ ދެއްކި ވާހަކަތައް ގަބޫލު ކުރެވުނެވެ. އެމީހުން އެ ބުނިފަދަ ގުޅުމެއް އޭނާއާއި ޝިމާންގެ ދެމެދުގައި ހިނގައިފައިވަނީ ހަމަ އެންމެ ފަހަރަކުއެވެ. އެއީ އެމީހުން ލޯބިވެރިންގެ ގިތުގައި ހޭދަކުރި އެންމެ ފުރަތަމަ ދުވަސްވަރުގައެވެ. އެއަށްފަހު ޝިމާން އޭނާގެ ފަރާތުން ދުވަހަކުވެސް އެފަދަ ކަމަކަށް އެދިފައެއްނުވެއެވެ. އަދި އޭނާގެ އިސްނެގުމަކާއެކު އެދޭ ކަމެއްގައިވެސްވަނީ އިންކާރުކޮށްފައެވެ. އެހެންކަމުން އެއީ ހަމަ އެމީހުން ބުނި ފަދައިން ކަންތައް ކުރުމަށްޓަކައި ޝިމާން ކުރި ކަމެއްކަމުގައި އިޝްވާ ދުށްޓެވެ. ދެން ކުރެވުނު ހިތް ފިތިގެންދާ ކަމުގެ އިހުސާސާއެކު އިޝްވާއަށް މޭގައި އަތްއަޅައިލަމުން ކުރިއަށް ގުދުވެލިއެވެ. އޭނާއަކަށް އިތުރަށް އެ ކަރުނަތަކެއް ނުހިފެހެއްޓުނެވެ. ކާރުގެ ޑްރައިވަރު ކަންބޮޑުވެފައިވާ ނަޒަރަކުން އިޝްވާއަށް ބަލައިލިނަމަވެސް އެއްޗެކޭ ނުބުނެ ދަތުރުފެށި މަންޒިލާ ހަމައަށް އިޝްވާ ގެންގޮސްދިނެވެ. އަދި އިޝްވާ ހަމަޖެހިލަންދެން ޑްރައިވަރު އެތަނުގައި މަޑުކޮށްލިއެވެ.

މިނެޓެއްހާއިރު ފާއިތުވެ ދިޔަފަހުން އިޝްވާ އޭނާގެ ކަރުނަތައް ފޮހެލައި ހަމައަކަށް އެޅިލިއެވެ. އަދި ޑްރައިވަރަށް ޝުކުރު އަދާކޮށް ފައިސާދެއްކުމަށް ފަހުގައި ކާރުން ފޭބިއެވެ. އޭރު ގަޑިތަކުން އެރޭގެ އެގާރަ ޖެހީއެވެ. ސިޓިންގްރޫމް އޮތީ ހުސްކޮށެވެ. އޭނާ ބޭނުންވި ފަދައިން އެއްވެސް މީހެއްގެ ލޮލުގައި ނާޅައި އޭނާއަށް ކޮޓަރިއާ ހަމައަށް ދެވެން އޮތެވެ. ނަމަވެސް އިޝްވާގެ ފިޔަވަޅުތައް ހަރަކާތްކުރީ މަތީބަޔަށް ދާންހުރި ސިޑިއާ ދިމާލަށެވެ. އޭނާ ދިޔަގޮތަށްގޮސް ދެފަހަރަކު ރާހިލްގެ ކޮޓަރީގައި ޓަކިޖަހައި ދޮރު ހުޅުވައިލިއެވެ. އެތަނުގައި ރާހިލްގެ ހިލަމެއްވާން ނެތުމުން ދެންގޮސް ހުޅުވައިލީ އެ ފްލޯރގައި ހުންނަ ސްޓަޑީގެ ދޮރެވެ. އެއާއެކު މޭޒުދޮށުގައި ލެޕްޓޮޕަށް ނަޒަރު ހުއްޓައިލައިގެން އިން ރާހިލް އިސް އުފުލައިލަމުން އިޝްވާއަށް ބަލައިލިއެވެ. އޭނާ ޕްރިންޓް ކޮށްފައިހުރި ގަނޑުތަކެއް ބެލުމަށްޓަކައި ސްޓަޑީ އަލި ކޮށްލެވިފައިހުރިކަން އެއީ ނަސީބެއްތާއޭ ރާހިލްގެ ހިތަށް އެރިއެވެ. ނޫންނަމަ އިޝްވާގެ ރަތްވެ ދުޅަވެފައިވާ ދެލޮލާއި މޫނު އޭނާއަކަށް ފާހަގައެއް ނުވީހެވެ. ރާހިލް އަވަސް އަވަހަށް ލޮލުގައި އަޅައިފައިވާ ނަންބަރު އައިނު މޭޒުމައްޗަށް ދޫކޮށްލުމަށްފަހު ދުރުފިޔަވަޅުތަކެއްގައި އައިސް އިޝްވާގެ ގާތަށް ހުއްޓުނެވެ.

"އިޝްކޯ؟؟ ވަޓް ހެޕެންޑް ސްވީޓީ؟" އިޝްވާގެ ދެކޮނޑުގައި ހިފަހައްޓައިލަމުން ރާހިލް ސުވާލުކުރިއެވެ.

އިޝްވާއަކަށް ވާހަކައެއް ނުދެއްކުނެވެ. ރޮއެގެންފައި ރާހިލްގެ ގައިގައި ބައްދައިލުން ފިޔަވައި އިތުރުކަމެއް ނުކުރެވުނެވެ. ރާހިލް ކަންބޮޑުވެފައިހުރެ ދެފަހަރަކު އިޝްވާގެ ބޮލުގައި ފިރުމައިލިއެވެ. އޭނާ ހުއްޓުމެއްނެތި އިޝްވާގާތު ވެގެން އުޅޭގޮތެއް ކިޔައިދޭން އެދުނެވެ. ނަމަވެސް އިޝްވާ އެއިން ކޮންމެ ފަހަރަކުވެސް ރުއިމުގެ އަޑު އިތުރަށް ބާރުކޮށްލުން ފިޔަވައި އިތުރުކަމެއް ނުކުރެއެވެ. އެންމެފަހުން އިޝްވާ ވާހަކަ ދެއްކީ ރާހިލް އެއްޗެކޭ ނުބުނެ މަޑުކޮށްލިތާ މިނެޓެއްހާއިރު ފަހުންނެވެ.

"ހީ ޗީޓެޑް އޮން މީ ދޮންބޭ" އިޝްވާ ބުންޏެވެ.

"ކާކު؟" ރާހިލް ބުމަ ގޮށް ޖަހައިލުމަށްފަހު އިޝްވާ އޭނާގެ ގަޔާ ދުރުކޮށްލިއެވެ. އިޝްވާ މީގެ ކުރިން އޭނާގާތު ހާއްސަ މީހެއް ހުރިކަމުގެ ވާހަކަ ބުނި ނަމަވެސް އެމީހަކާއެކު ލޯބީގެ ގުޅުމަކަށް ދިޔަކަމެއް އޭނާއަކަށް އެނގިފައެއް ނެތެވެ.

"ޝިމާން.." އިޝްވާގެ ޖަވާބާއެކު ރާހިލްގެ ސިކުނޑީގައި އިތުރަށް ސުވާލުމާކު ޖެހުނެވެ. ޝިމާންއާއި އިޝްވާ އަލުން ގުޅުނީ ކޮންއިރަކު ހެއްޔެވެ؟ އިތުރަށް އޮޅުން ފިލުވުމުގެ ގޮތުން ރާހިލް އިޝްވާގެ އަތުގައި ހިފައިގެންގޮސް ސްޓަޑީގެ ކުޑަދޮރާ ދިމާލުގައި ހުރި ސޯފާގައި ބޭންދުމަށްފަހު އިޝްވާގާތު އިށީނެވެ.

"އިޝްކޮ ޝިމާންއާ އަލުން ރައްޓެހިވީ ކޮންއިރަކު؟" ރާހިލް ސުވާލުކުރިއެވެ.

"ނުވަން. އެކަމަކު އޭރު. އޭރު ޝިމާން އިޝީއަށް ޗީޓްކުރީ. ދޮންބެއަށް އެނގެއެއްނު ރިއާންބެގެ އެސިސްޓަންޓް؟" އިޝްވާގެ ސުވާލާމެދު ރާހިލް ވިސްނައިލަން ޖެހުނެވެ. ރިއާންގެ އެސިސްޓެންޓުންނަކީ ލައިގެންއުޅޭ އަންނައުނަށްވުރެން އަވަހަށް ބަދަލުވާ ބައެކެވެ. ރާހިލްއަކަށް އޭގެއިން ގިނަމީހުން ނުވެސް އެނގެއެވެ. މިހާރު ހުންނަ އެސިސްޓެންޓްވެސް އެނގެނީ ޔާނާއަށް "ޔުނިކޯން" ހޯދައިދޭން ކުރި މަސައްކަތުގެ ސަބަބުންނެވެ.

"ސޭރާ؟" ރާހިލް އަހައިލިއެވެ.

"ނޫން ރިއާންބެ ހޮސްޕިޓަލްގަ އޮތްއިރު ގޮސް އުޅުނެއްނު؟" އިޝްވާ ބުންޏެވެ.

"ނީމް" ރާހިލް ޔަގީންކަމާއެކު ބުންޏެވެ. އެއި އޭނާގެ އެކުވެރި ނިހާމްގެ ކޮއްކޮއެކެވެ.

"ހްމްމް ނީމް. އޭރުއްސުރެން ޝިމާން އުޅެނީ ނީމްއާ ރައްޓެހިވެގެން. އިޝީއާ ރުޅިވީވެސް އެހެންވެ. ދޮންބެއަށް އެނގޭތަ؟ އައިމް.. އައިމް ޖަސްޓް އަ ބެޓް ޓު ހިމް. ރައްޓެހިންނާ ކުރި ބެޓަކަށް ޝިމާން އަހަރެންނާ ރައްޓެހިވީވެސް. މިރޭ އެ ހުރިހާ އެއްޗެއް އެނގިއްޖެ. ދޮންބޭ.. އިޝީއަށް ކުރިން ނޭނގުނީ ކީއްވެ؟ އޯލް ދީސް އިޔަރޒް އައި ލަވްޑް ހިމް. ޝިމާން އިޝީ ދޫކޮށްލީމަ ހުރިހާ ބްލޭމްއެއް ކުރެވުނީ ދޮންބެއަށް. ދޮންބެ ސިސްއަށް ހެދިގޮތުން ޝިމާން އިޝީ ދޫކޮށްލީއޭ ކިޔާފަ ހާދަ އެއްޗެއް ކިޔުނޭ. އައި ހޭޓެޑް ޔޫ އެންޑް ހަރޓް ޔޫ ސޯ މަޗް. ކުރިން އެނގުނުނަމަ ދޮންބެއަށް ކުރި ނަފްރަތު އޭނައަށް ކުރެވޭނީ.. އައިމް ސޮރީ ދޮންބޭ.. އައިމް ރިއަލީ ސޮރީ…" އިޝްވާ ރޮމުން ރޮމުން ވާހަކަދެއްކިއެވެ.

"އިޓްސް އޯކޭ ސްވީޓީ. އިޝްކޮ ދުވަހަކުވެސް އެކަމާ މަޢާފަށް އެދޭކަށް ނުޖެހޭނެ. ޔެސް އިޓް ޑިޑް ހަރޓް މީ އެކަމަކު އެހުރިހާ ކަމަކަށްފަހުވެސް އަހަރެންނަށް ސަޕޯޓެއް ބޭނުންވި ދުވަހު އަހަރެންނާއެކު ހުރީ ހަމަ އިޝްކޮއެއްނު. އިޝްކޮއާމެދު ދޮންބެގެ އެއްވެސް ޝަކުވާއެއްނެތް" ރާހިލް އިޝްވާގެ ކޮނޑުގައި ހިފައި ގާތްކޮށްލަމުން ބުންޏެވެ. ރާހިލްގެ ވާހަކަ އިވުމުން އިޝްވާ ކޮންމެވެސް ވަރަކަށް ހަމަޖެހުން ލިބުނެވެ.

"އިޝްކޮއަށް ހަމަ ޔަގީންތަ އޭނަ ޗީޓްކުރިކަން؟" އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު ރާހިލް އަހައިލިއެވެ.

"ޔަގީން ނުވާންވީ ކީއްވެ؟ އިޝީއާ ބްރޭކްއަޕް ވެފަ ސިކްސް މަންތްސް ވެސް ނުވަންދެން އޭނަ ނީމްއާ ރައްޓެހިވެއްޖެ. އެހެންވީމަ އިޝީއާއެކު އުޅުނުއިރުވެސް ހަމަ ނީމްއާ ގުޅުމެއް އޮތީ. ދޮންބެ ބުނެބަލަ. އެހާ އަވަހަކަށް އެހެން މީހެއްދެކެ ލޯބިވެވޭނެތަ؟" އިޝްވާގެ ވިސްނުން ބަދަލެއް ނުވިއެވެ.

ރާހިލްއަކަށް އިޝްވާގެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ލޯތްބަކީ ކަނޑައެޅިފައިވާ ވަކި މުއްދަތެއްގެ ތެރޭގައި ވެވޭ އެއްޗެއް ނޫނެވެ. އޭނާގެ ހިތް ޝައިނާއަށް ދޫވާން ފެށިއިރު އެދެމީހުން ދިމާވިތާ ތިންމަސްވެސް ހަމަނުވާނެއެވެ. ނަމަވެސް އެކަން އެހެން އެވީ އޭނާއަށް ކުރިން އެއްވެސް މީހަކުދެކެ ހަގީގީ ލޯބި ވެވިފައި ނުވާތީ ކަމުގައި ރާހިލް ދުށްޓެވެ. ހަގީގީ ލޯބި ހަނދާން ނައްތައިލުމަކީ ފަސޭހަކަމެއް ކަމުގައިވާނަމަ އޭނާއަށް މިދިޔަ ފަސްއަހަރުގެ ތެރޭގައި ޝައިނާގެ މަތިން ހަނދާން ނައްތައިލެވުނީހެވެ.

"ދެން އެކަހަލަ ބޭކާރު މީހުންނާ ދޭތެރޭ އެހާވަރަށް ނުވިސްނާ. ތިއީ ވަރަށް ހިތްވަރުގަދަ ކުއްޖެއްނު. އިރާދަކުރެއްވިއްޔާ އެއަށްވުރެން އިޝީދެކެ މާ ލޯބިވާ މީހެއް އިޝީގެ ލައިފްއަށް އަންނާނެ" ރާހިލްއަށް ދޭން އެނގުނު ޖަވާބަކީ އެއީއެވެ. އޭނާ ހީކުރި ވަރަށްވުރެން އަވަހަށް އިޝްވާ އެކަމާ އެއްބަސްވެ ބޯ ޖަހައިލިއެވެ.

"ޔާ. ދެން ނޫޅެން. އިޝީއަކީ ނީމްއެއްނޫން. ކިތަންމެ ލޯބިވިޔަސް އެހެން ދެމީހެއްގެ ދެމެދަކަށް ނުވަންނާނަން. އިޝީ މިއައީ ބުނެފަ އޯލް ދަ ބެސްޓްއޭވެސް. ޓު ހިޒް ފޭސް ހަމަ" އިޝްވާ ނޭފަތް ދަމައިލުމަށްފަހު އެހެން ބުނެލިގޮތުން ރާހިލްގެ ގާތަށް ހިނިއައެވެ.

"ރިއަލީ؟ޓު ހިޒް ފޭސް؟" ރާހިލް ހައިރާންވެފައި އިނދެ އަހައިލިއެވެ.

"ހްމްމް. ދެން ދަނީ. ދޮންބެ ވޯކް ކުރަން އިންދާ އުނދަގޫ ކުރެވިއްޖެ ދޯ. އިޝީ ބޭނުންވީ ކޮންމެހެންވެސް ދޮންބެގާތުން މަޢާފަށް އެދެން. އެންޑް ޔާ.. މިއޮތީ ދޮންބެގެ ގިފްޓް" އިޝްވާ ކުއްލިއަކަށް ކަމެއް ހަނދާންވި ފަދައިން އޭނާ އަޅުވައިގެން ހުރި ބޮޑު "ޓޯޓް" ދަބަހުން ދިގުއަކަ ބައްޓަމެއްގެ ފަތި ކަރުދާސް ފޮއްޓެއް ނެގިއެވެ.

"އެނގޭ އަދި ބައިގަޑިއެއްހާއިރު އެބަ އޮތްކަން. އެކަމަކުވެސް ހެޕީ ބަރތްޑޭ" އިޝްވާ އެ ފޮށިގަނޑު ރާހިލްއަށް ދިއްކޮށްލަމުން ބުންޏެވެ.

"ހަނދާން އެބަހުރި ދޯ. މި ކޯއްޗެއް؟" ރާހިލް އެ ފޮށިގަނޑު ކަންފަތް ކައިރީގައި ތަޅުވައިލަމުން ބުންޏެވެ.

"އައްޗި. ތޭންކްސް އެއްވެސް ނޯވޭ ދޯ. ތިއީ ފްރޭމްއެއް. ޔާނާ ދިން ބަޓަރފްލައި ޕެއިންޓިންގް އަބަދު ޑެސްކް ގަ ބާއްވާފަ އޮންނާތީ މިން ނަގައިގެންގޮސް ގަތީ. ދޮންތިގެ ގިފްޓް ދީފިތަ؟ ކޯއްޗެއް ދިނީ" އިޝްވާ ބުންޏެވެ.

"ހްމްމް. މިރޭ ދިޔައިރު ދީފަ ދިޔައީ. ކްލޯތްސް." ރާހިލް އެ ފޮށި ކަނޑައިލަމުން ހޫން އަޅުވައިލިއެވެ. އޭގައި އޮތީ އާސާރީ ގޮތަކަށް ފަރުމާކުރެވިފައިވާ ފްރޭމެކެވެ.

"ހޫން. އޭރުވެސް އެނގުނޭ ދޮންތިއަށް އެނގޭނީ ތާކުން މޮޅު ބްރޭންޑެއްގެ ގަމީހެއްކަން ހޯދާފަ ދޭން. ބުނެބަލަ ދޮންތިގެ ގިފްޓަށްވުރެން ސަޅިދޯ؟" އިޝްވާގެ އަޑުގައި ކުރިން ހުރި ހިތާމަ ކޮންމެވެސް ވަރަކަށް ފިލައި ހިނގައްޖެއެވެ. ނޫނިއްޔާ ވަގުތީ ގޮތުން އެކަންތައްގަނޑު އޭނާގެ ހަނދާނުން ކައްސައިލީއެވެ.

"މާބޮޑަށްވެސް ސަޅި. ތޭންކްސް. ދެން އަވަހަށް ދޭ. ނިދަން" ރާހިލް އާދައިގެ ރާގެއްގައި ބުންޏެވެ.

އިޝްވާ ދިޔުމާއެކު ރާހިލްގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިދިޔައެވެ. އިޝްވާއަށް ދިމާވި ކަންތަކާމެދު ހާސްވެފައިހުރެ މޫނުގައި ދެއަތް އުނގުޅައިލެވުނީ ހަދާނެގޮތް ހުސްވެފައިވާ މީހަކު ފަދައިންނެވެ. އިޝްވާގެ އުފާ އޭނާއަށް ކިތަންމެ މުހިއްމު ކަމުގައިވިޔަސް ޝިމާންގެ ދިރިއުޅުމާމެދު ބަސްބުނުމުގެ ހައްގެއް އޭނާއަކަށް ނެތެވެ.

**************

"ހެޕީ ބަރތްޑޭ ޓޫ ޔޫ. ހެޕީ ބަރތްޑޭ ޓޫ ޔޫ. ހެޕީ ބަރތްޑޭ ޑިއަރ ޑޭޑީ. ހެޕީ ބަރތްޑޭ ޓޫ ޔޫ"

ރާހިލްއަށް ލޯ ހުޅުވައިލެވުނީ އޭނާގެ ކަންފަތް ކައިރިން ބަޔަކު އުފަންދުވަހުގެ ލަވަ ކިޔާއަޑަށެވެ. ނިިދިމަތީގައި ހުރުމުން އޭނާއަށް އަޑުއިވެނީ ރަނގަޅަށްކަމާމެދު ސުވާލު އުފެދިފައިހުރެ ލޯ އުނގުޅައިލަމުން އުނޑުން ޖެހިލިއެވެ. އެވަގުތު އެނދުގައިތިބި ޔާނާއާއީ ރާއީ ފެނި އޭނާއަށް ހިނިތުންވެލެވުނެވެ. އޭރު ޝައިނާ ކޭކެއް ހިފައިގެން އެނދުގެ ހުރަހަށްވާގޮތަށް ހުއްޓިލައިގެން ހުއްޓެވެ. ކުޑަކޮށް ބުރަކަށި ހިއްލައިލުމަށްފަހު ބޯދަށުން ނެގި ބާލީސް ހެޑްބޯޑުގައި ލައްކޮށްލަމުން އޭގައި ލެގިލި ތަނާހެން ޔާނާ އައިސް އޭނާގެ ކަރުގައި އެލިގަތެވެ.

"ހެޕީ ބަރތްޑޭ ބައްޕީ!!" ޔާނާގެ އަޑުން އެކުއްޖާ އުފާވެފައި ހުރިވަރު ފާހަގަވާން ހުއްޓެވެ.

"ތެންކްޔޫ ޕްރިންސަސް" ރާހިލް ޔާނާގެ ކޮލަށް ދޮނެއްދިނެވެ.

"ބައްޕީ.. ހެޕީ ބަރތްޑޭ. މިއީ ބައްޕިއަށް" ރާއީވެސް އޭނާގެ ކައިރިއަށް ޖެހިލުމަށްފަހު ރާއީގެ އަތުގައި އޮތް ކާޑެއްދިނެވެ. ރާހިލް އެތަނުގައި ހުރި ޝައިނާއަށް އަވަސް ނަޒަރެއް ދިނުމަށްފަހު އެ ކާރޑަށް ބަލައިލިއެވެ. އެއީ ހުދުކުލައިގެ ކަރުދާހުގައި އެކި ކުލައިގެ ފުއްޕާހަންތަކަކާއީ ކޭކެއް ކުރަހައި ހަދައިފައިވާ ވަރަށް އާދައިގެ ކާރޑެކެވެ. އޭގައި ލިޔެފައިވަނީ ހަމަ އާދައިގެ ދެތިން ލަފްޒުގެ އުފަންދުވަހުގެ ތަހުނިޔާއެކެވެ. އެހެނަސް ރާހިލްއަށް އެ ކާރޑު ވީ ރަނަށްވުރެން އަގުބޮޑު އެއްޗަކަށެވެ.

"ތެންކްޔޫ. ދަރިފުޅު ހެދި ކާޑެއްތަ މިއީ؟" ރާހިލް އަހައިލީ ރާއީ ގާތުގައެވެ.

"ނޫން ދެކުދިން. ޔާނާ ކުރެހީ. ދޮންބެ ލިޔުނީ" ޔާނާ އަވަސްއަވަހަށް ބުންޏެވެ. ރާހިލްގެ ގާތަށް ކުޑަކޮށް ހިނިވެސް އައެވެ.

"ތެންކްޔޫ ދެކުދިންނަށްވެސް" ރާހިލް ބުންޏެވެ. ހަގީގަތުގައިވެސް އެނާއަށް އެވަގުތު ކުރެވެމުންދިޔަ އުފާވެރިކަމުގެ އިހުސާސަކީ ކުރިން ކުރެވިފައި ނުވާފަދަ ފޮނި އިހުސާސެކެވެ. އަހަރުތަކެއް ވަންދެން ހަނދާން ނައްތައިލެވިފައިވާ އުފަންދުވަހަކީ އޭނާއަށްވެސް ހާއްސަ ދުވަހަކަށް ވެއްޖެއެވެ.

"ޔާނާ. ދެން ދޫކޮށްލަބަ ބައްޕި ގައިން ބަލާބަ. ބައްޕި އެހެރީ މިހާރު ކޭކް ކާހިތްވެފަ. އަވަސްކުރޭ ހިނގާ ކޭކް ފަޅަން" ޝައިނާ އެއްއަތުން ޔާނާގެ އަތުގައި ހިފައި ރާހިލްއާ ކުޑަކޮށް ދުރުކޮށްލުމަށްފަހު އަނެއްއަތް މަތީގައި ހުރި ކޭކު ރާހިލްއަށް ދިއްކޮށްލިއެވެ. އެ ކޭކުގެ ކައިރިފަށުގައި ސަމްސަލެއްވެސް ބާއްވައިފައި އޮތެވެ. ރާހިލް އެ ކޭކުގައި ހިފުމާއެކު ދެން ފެށިގެން ދިޔައީ ކޭކު ފެޅުމުގެ މަސައްކަތެވެ. ޝައިނާ ފޯނު ހިފައިގެންގޮސް ދުރުގައި މަޑުކޮށްލީ އެމަންޒަރު ފޯނުގައި ރައްކާ ކުރުމަށެވެ. ރާހިލް އެ ސަމްސާ ކޭކުގެ ތެރެއަށް ކޮށްޕައިލުމަށްފަހު ނެގި ފުރަތަމަ ސުވާއާއެކު ދެލޯ މަރައިލިއެވެ.

"އޯކޭ ބައްޕި ނުބަލާނަން. ކުރިން ކާލާ ކުއްޖަކަށް ފަރސްޓް ސްލައިސް" ރާހިލް އެހެން ބުނެ ނުނިމެންދެން ޔާނާ އެ ކޭކުކޮޅު ކައިލައިފިއެވެ. ރާހިލް ހެވިފައި އިނދެ ބޯ ހޫރައިލުމަށްފަހު ދެން ނެގި ސުވާ ރާއީއަށް ލަވައިލިއެވެ.

"ބައްޕީ އީޓް" ރާހިލްގެ އަތުގައި އޮތް ސަމްސާ އަތުލައި ރާހިލްގެ އަނގަޔާ ދިމާކޮށްލަމުން ޔާނާ ބުންޏެވެ. ރާހިލް އެންމެ ރަނގަޅޭ ބުނެ ސަމްސަލުގެ ކުރީގައި ދަތްޖައްސައިލުމަށްފަހު އަވަސް އަވަހަށް ދުރުވެލިއެވެ. ކޭކަކީ އޭނާ އެއް އިރެއްގައިވެސް މާ ގަޔާވެގެން ކާ އެއްޗެއް ނޫނެވެ. އެހެންކަމުން އޭނާއަށް އެ ކޭކު ކާންދޭނެ އެހެންގޮތެއް ޔާނާ ހޯދުމުގެ ކުރިން އަވަސް އަވަހަށް އެ ހިފައިގެން އެނދުން ތެދުވެއްޖެއެވެ. އަދި ޔާނާއާއީ ރާއީއަށްވެސް އެނދުން ފޭބުމަށް އެހީވެދިނެވެ. މީގެ ކުރިން ދުވަހަކުވެސް އެތަނަށް އާދެވިފައި ނުވާތީ އެ ދެކުދިން ކޮޓަރި ތެރޭގައި ދުވެ ދުވެފައި އުޅުނެވެ. ރާހިލް ކޭކު ހިފައިގެންގޮސް ހުއްޓުނީ ޝައިނާގެ ގާތަށެވެ. ދެ ހިޔާލެއްގައި ހުރުމަށްފަހު ކޭކު ސަމްސަލެއް ނަގައި ޝައިނާގެ އަނގަޔާ ދިމާކޮށްލިއެވެ. ޝައިނާ ހިނިތުންވުމަކާއެކު ރާހިލްއަށް ބަލަންހުރެ އެ ކޭކުކޮޅު ކައިލައިފިއެވެ.

"ކިހިނެއްވީ މާ ފާޑަކަށް ހެވިފަހުރެ ތި ބަލަނީ." ޝައިނާ މިފަހުން އޭނައާއެކު ހޭދަކުރާ ވަގުތު ތަކުގައި ހިތްހަމަނުޖެހިފައި ހުންނާތީ ރާހިލްއަށް އެކަންވީ އަބުއި ކަމަކަށެވެ.

"މިހާރު ކުޑަކޮށް މުސްކުޅިހެން ހީވޭ" ޝައިނާ ބޯ ހޫރައިލަމުން ބުންޏެވެ.

"ރިއަލީ؟ އަޅެ ނުރައެއް ހޯދާފަ ދައްކަބަލަ" ރާހިލް ބޯ އަރިކޮށްލަމުން ބުންޏެވެ. ޝައިނާ އިރުކޮޅެއް ވަންދެން ހޯދި އިރުވެސް އޭނާއަކަށް އަދި ނުރައެއް ނުފެނުނެވެ. ނަމަވެސް ރާހިލްގެ ތުނބުޅީގައި ޝަހާދަތް އިނގިލި ޖައްސައިލިއެވެ.

"މީނީ" އޭނާ ބުންޏެވެ.

"ހްމްމް؟" ރާހިލް އެއްބުމަ ހިއްލައިލަމުން ތުނބުޅީގައި އަތްހިންގައިލިއެވެ. "ޓޫ ބޭޑް ދެޓް ޔޫ އަރ ވޭސްޓިންގް ޓައިމް. ފަހުން އަހަރެން ހޯދާއިރު މި ބޮލާއި ތުނބުޅި ހުންނާނީ އެއްކޮށް ހުދުވެފަ އެނގޭ. މިހާރުވެސް މުސްކުޅިވެއްޖެއޭ ތިބުނީ" ރާހިލްގެ ތުންފަތުގައި ހިނިތުންވުމެއްވިޔަސް އެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ.

"އިޓްސް އޯކޭ. ތަރޓީ ޓޫ ހޭޒް ނެވަރ ލުކްޑް ބެޓަރ"

ޝައިނާއަށް ބުނެވުނީ ކީކޭކަންވެސް ރޭކައިލީ އޭނާ އެހެން ބުނުމާއެކު ރާހިލްއަށް ދެލޮލަށް ވެރިވި ސިހުން ފެނުމުންނެވެ. ރާހިލްގެ މޫނުގައިވި ހިނިތުންވުން އިތުރަށް ފުންވެލުމާއެކު އޭނާ ޝައިނާއާ ގާތަށް ފިޔަވަޅެއް އަޅައިލިއެވެ. ޝައިނާ އަވަސް އަވަހަށް ރާހިލްގެ އަތުގައިހުރި ކޭކު ހިފައިގެން އެތަނުން ދުރަށް ހިނގަންނަމުން ޔާނާއާއީ ރާއީއަށް ގޮވައިލިއެވެ.

"މަންމީ ބަލާބަ ޕޫލްއެއް މިއޮތީ. މަންމީ ޕޫލަށް އެރެންބޭނުން. މަންމީ ޕްލީޒް" ރާހިލްގެ ކޮޓަރިއާއި ޓެރަސް ވަކިކޮށްދޭ ބިއްލޫރި ދޮރުގައި ދެލޯ ޖަހައިގެން ހުރުމަށްފަހު އައިސް ޔާނާ ކިޔަން ފެށިއެވެ.

"ދަރިފުޅޫ.. ދެން އަޅޭ ފަހުން އަންނާނީ ޕޫލަށް އެރެން" ޝައިނާ ދުރުގައިހުރި ރާހިލްއަށް ބަލައިލަމުން ބުންޏެވެ.

"މަންމީ ޕްލީޒް" އެހެން ފަހަރުތަކާ ހިލާފަށް މިފަހަރު ރާއީވެސް ހުރީ ޔާނާއާ އެއްކޮޅަށެވެ.

"ދެން އެމީހުން ގޮވައިގެން ޕޫލަށް އެރިލާފަ ދާން މަޑުކުރަންވީނު. އެހެންނޫނަސް އަހަރެން މިދަނީ ދާށޭ" ރާހިލްއަށް ވިސްނުނީ ޝައިނާ އެތަނުގައި މަޑު ނުކުރަން އުޅެނީ އޭނާ އެތަނުގައި ހުރީތީ ކަމުގައެވެ.

"ކޮންތާކަށް ދަނީ؟" ޝައިނާ އަހައިލިއެވެ.

"އޮފީހަށް"

"މިއަދު؟" ރާހިލްގެ ޖަވާބާމެދު ހައިރާންވެފައިހުރެ ޝައިނާ އަހައިލިއެވެ.

"ހްމްމް. މިއަދު މިއީ ވަކި މާ ހާއްސަ ދުވަހަކީތަ؟" ރާހިލް ދެކޮނޑު އަރުވައިލަމުން އަހައިލިއެވެ.

"މިއަދު މިއީ ރާހިލްގެ އުފަންދުވަހެއްނު. އެހެންނޫނަސް ހަފްތާބަންދު ދުވަހެއްނު" ޝައިނާ ބުންޏެވެ.

"އަހަރެންނަކަށް ވަކި ތިބުނާ ހަފްތާބަންދެއް ނާންނާނެ. ދެން އުފަންދުވަހަކީ އަހަރެން މާ ވަރަކަށް ފާހަގަކުރާ ދުވަހެއް ނޫން" ރާހިލް ފަރުވާކުޑަ ރާގެއްގައި ބުންޏެވެ.

"ބައްޕި ބަރތްޑޭ ޕާރޓީއެއް ނުބާއްވާނެތަ؟" އެދެމީހުންގެ ވާހަކަ އަޑުއަހަން ހުރި ޔާނާ އަހައިލިއެވެ. ރާހިލް ޔާނާގެ ގާތު ކުޑަކަކޫ ޖަހައިލަމުން އިށީނެވެ.

"މަންމި ބުނީ ބައްޕި މިހާރު މިހިރީ މުސްކުޅިވެފައޯ. ދެން ޕާރޓީއެއް ނުބޭއްވޭނެއެއްނު" ރާހިލް ޔާނާގާތު ބުންޏެވެ.

"މުސުޅި؟" ޔާނާއަކަށް ރާހިލް ބުނި އެއްޗެއް ނޭނގުނެވެ.

"އޯލްޑް. އޯލްޑް ވެފައޯ ބައްޕި މިހިރީ" ރާހިލް ސާފުކޮށްދިނެވެ.

"އެކަމަކު ބައްޕި އޯލްޑެއް ނޫނެއްނު" ޔާނާ ބުންޏެވެ.

"ކޮބާ އަޑު އިވޭ؟" ރާހިލް ޝައިނާއަށް ބުމަ އަރުވައިލިއެވެ. ޝައިނާ ފޫހި ގޮތަކަށް ކަޅި އަނބުރައިލުމަށްފަހު އަނެއްކާވެސް ރާހިލްއާ ވާހަކަފެށިއެވެ.

"އަހަރެން އުޅުނީ އަދި މި ދެކުދިން ގޮވައިގެން މިއަދު ސްކޫލް އެއްޗެހި ހަމަކުރަން ދާންވެގެން. އޭރުންނެއްނު ހަފްތާގެ މެދުތެރެއިންވެސް ގެންދެވޭވަރު ވާނީ" ޝައިނާ ބުންޏެވެ.

"އޯހް. އެހެންވީމަ މިއަދު މަންމިއާ އެއްކޮށް ޝޮޕިންގްއަށް މާދަމާ ދޯ ޕޫލްއަށް އެރޭނީ. ސްކޫލްއަށްދާން އެކްސައިޓަޑްތަ؟" ރާހިލް ޔާނާއާއި ރާއީގާތު އަހައިލިއެވެ.

"އަހަރެން އެކަނިތަ؟ ރާހިލްއަކަށް ނުދެވޭނެތަ؟" ޝައިނާ އަހަން ނާހަން ހުރެފައިކަހަލަ ގޮތަކަށް އަހައިލިއެވެ. ރާހިލް މާނަފުން ބެލުމަކުން ޝައިނާއަށް ބަލައިލިއެވެ. ޝައިނާ ހާސިލްކުރަން ބޭނުންވެގެން އުޅެނީ ކޮންކަމެއް ހެއްޔެވެ؟ އޭނާ އާދޭސްކޮށް ބިރުދައްކާ އިރުވެސް ވަރީގެ މައްސަލަ ކޯޓުން ނަގަން ނޫޅޭއިރު އޭނާގެ އުފަންދުވަސް އޭނާއާއެކު ހޭދަކުރަން މޮޅު ބަހަނާތަކެއް ދައްކަނީ ހެއްޔެވެ؟ ޝައިނާއާއެކު ހޭދަ ކުރެވޭ ކޮންމެ ސުކުންތެއް އަދި ކޮންމެ މިނެޓެެއްގައި އޭނާގެ ހިތަށް ލިބިދޭ އުފާވެރިކަމާއެކުގައިވެސް އެ ލިބޭ އަނިޔާ ޝައިނާއަށް ހަމަ ނޭނގެނީ ހެއްޔެވެ؟ ގާތުގައި އުޅެފައިވެސް ޝައިނާ ދެންވެސް ވިސްނާނީ ހަމަ ދާންކަން އެނގުމާއެކު ރާހިލް ޝައިނާގެ ހުށަހެޅުމަށް ނޫނެކޭބުނެ ބޯ ހޫރައިލިއެވެ.

"މިއަދު ދެވޭކަށް ނެތް. އިޝްކޮ ގޮވައިގެން ދާންވީނު" ރާހިލް ބުންޏެވެ.

"މިހާރުވެސް އިޝީއަށް ކިހާ އުނދަގުލެއް ކުރެވޭ. ރާހިލްއަށް ނުދެވެންޏާ އަޅާނުލާ. އަހަރެން މިކުދިން ގޮވައިގެން ހިނގައިދާނަން. މިހުރިހާ ދުވަހުވެސް ރާހިލް ހުރިކަމަކަށް ބަލައިގެނެއް ނޫނެއްނު އަހަރުމެން އުޅުނީ. ހިނގާ ޔާނާ" ޝައިނާ ނުރުހުންވެފައިހުރެ އެދެކުދިން ގޮވައިގެން ކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ.

"މަޑުކޮށްބަަލަ. މިބުނީ. އިޝީ އެކަނި ގޭގަ ނުބައިންދާ ގޮވައިގެން ދޭބަލަ.. ރޭގަ.. ރޭގަ ބާބެކިޔު ނިންމާފަ އައި އިރު ވަރަށް ފާޑަކަށް ހުރީ. ސޯ ޕްލީޒް. ގޮވައިގެން ނުކުމެލީމަ ކުޑަކޮށް އޯކޭވެދާނެ" ރާހިލް އެދުނެވެ. ޝައިނާ އެންމެ ރަނގަޅޭބުނެ ކޮޓަރިން ނުކުމެގެން ދިޔައިރު އޭނާ ހުރީ އަދިވެސް ރާހިލްއާމެދު ހިތްހަމަނުޖެހިފައެވެ. ނަމަވެސް އިޝްވާއާމެދު އުފެދުނު ކަންބޮޑުވުން އެ ހިތްހަމަނުޖެހުމުގެ މައްޗަށް ކުރި ހޯދިއެވެ.

ޔާނާއާއި ރާއީ ކޮޓަރިއާ ހަމައަށް ގެންގޮސްދިނުމަށްފަހު އޭނާ އަވަސް ފިޔަވަޅުތަކެއްގައި ގޮސް އިންޒާރަކާނުލައި އިޝްވާގެ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ފާރާއި ކުރިމަތިވާގޮތަށް އެނދުގައި އޮށޯވެލައިގެން އޮތް އިޝްވާ އަވަސް އަވަހަށް އަނެއްފަރާތަށް އެނބުރި ޝައިނާއާ ކުރިމަތިލިއެވެ.

"ސޮރީ ޓަކި ނުޖަހާ ވަދެވުނީމަ. އިޝްކޮ އޯކޭތަ؟ ބަލީތަ؟"

ޝައިނާ އިޝްވާގެ އެނދުގައި އިށީނދެލިއިރު އޭނާގެ ދެލޯ ފަޅި ސިކުންތަކަށް އިޝްވާގެ އަތުގެ މުލައްދަނޑިއަށް ދަތުރުކޮށްލިއެވެ. އިޝްވާއަކީ އާންމުކޮށް އަތްދިގު އެއްޗެހި ލައި އުޅޭ ކުއްޖެއްކަމުން އެ އަތުގައި ހުރަހަށް އެޅިފައިހުރި ފާހަގަތައް އޭނާއަށްވެސް ފާހަގަވީ އޭނާ އެގެއަށް ދިރިއުޅެން އައި ފަހުންނެވެ. އޭނާއަށް އެކަމުން ކުއްލި ހައިރާންކަމެއް ލިބުނު ނަމަވެސް އެދުވަހު އިޝްވާ އޭނާ ބަލައިލި ވަގުތު މުަލައްދަނޑި ފޮރުވައިލި ގޮތުން ސުވާލެއް ކުރާކަށް ނުކެރުނެވެ. ރާހިލް ގާތުގައިވެސް އެފަދަ ވާހަކައެއް އަހަން ނުކެރުނީ އެއީ ރާހިލްއަށް ސިއްރުވެފައި އޮވެދާނެ ކަމަކަށްވާތީއެވެ. އެކަން އެނގިއްޖެނަމަ ރާހިލްއަށް ކުރާނެ އަސަރު އޭނާއަށް ތަޞައްވުރުކޮށްލަންވެސޑ ދައްޗެވެ. ޒީވާއާއި އިޝްވާދެކެ ރާހިލް ވާ ލޯތްބަކީ ނަމޫނާ ލޯތްބެކެވެ. އަދި އެދެމީހުންގެ ތެރެއިންވެސް އިޝްވާ ރާހިލްއަށް ހާއްސަކަން ހުދު ޝައިނާއަށްވެސް އެނގެއެވެ.

"ކަމެއް ނުވޭ. އަދި ދެންމެ މި ހޭލެވުނީ." އިޝްވާގެ އަޑުގައި ރުންކުރުގޮތެއް ހުރިނަމަވެސް ޝައިނާ އެކަމަކާ އަޅައެއް ނުަލައެވެ.

"ހިނގާބަލަ ބޭރަށް ގޮސްލަން. ފުރަތަމަ މަހު މުސާރަ ލިބުނީމަ އޭރު ގޭގެ ހަރަދުތަކާ އެއްޗެހި ގިނަކަމުން އިޝްކޮއަށް ޓްރީޓެއްވެސް ނުދެވެއެއްނު. އެކަމަކު މިގެއަށް އައިމަ އަހަރެންގެ އަތަކުން ގޭގެ ކަންކަމަކަށް އެހާ ހަރަދެއްނުދޭ. މިފަހަރު އިޝްކޮއަށް ޓްރީޓެއް ދެވޭނެ. ތެދުވެ ރެޑީ ވެބަލަ ދާން." ޝައިނާ އިޝްވާގެ ފައިގައި ކޮށްޓައިލުމަށްފަހު އެނދުން ތެދުވީ އިޝްވާ ތައްޔާރުވާނެ ފުރުސަތު ދީފައި އެކޮޓަރިން ނުކުތުމަށެވެ. އެހެނަސް އިޝްވާގެ ޖަވާބު އިވުމާއެކު ޝައިނާގެ ފިޔަވަޅުތައް ހުއްޓުން އެރިއެވެ.

"ނުދާނަން. އަދިވެސް އަހަރެން ހިކީތަ؟ މާ ރީތީތަ؟ ކެވޭލެ މަދީތަ؟ ނޫޅެން ދާކަށް. އަހަރެންވެސް ބޭނުން ކުރިން ހުރިގޮތަށް ހުންނަން. ރޭގަ ކްލާސްކުދިންވެސް ކިއީ ހާދަ ފަލައޭ. އަހަރެންކަހަލަ ސްޕޯރޓީ މީހަކު މިހާ ޗޭންޗްވާނެ ކަމަކަށް ހިއެއްވެސް ނުކުރަމޯ. އަހަރެންނަށް ބަލާފަ ހީވޭތަ ބާސްކެޓް ޓީމެއްގެ ކެޕްޓަނަކަށް އުޅުނުހެން؟" އިޝްވާއަށް ވެގެން އުޅޭގޮތް ޝައިނާއަށް ނަގައިގަނެވުނެވެ. އޭނާ ކަންބޮޑުވެފައިހުރެ އަނެއްކާވެސް އިޝްވާގެ ގާތަށް ގޮސް އިށީނދެލުމަށްފަހު އިޝްވާގެ މޫނުގައި ފިރުމައިލިއެވެ.

"އިޝީ. ވަޓް ނޮންސެންސް އިޒް ދެޓް؟ ޔޫ ލުކް ގޯޖަސް؟ އިޝީއާ ދިމާލަށް މީހަކު ހުތުރޭ ބުނީތަ؟" ޝައިނާ އަހައިލިއެވެ.

"މީހަކު ނުބުންޏަސް އެނގެޔޭ. އަހަރެން ބޭނުމެއްނޫން ދެން އެކަކު ދޭ ޓްރީޓެއްވެސް" އިޝްވާ ބުންޏެވެ. ޝައިނާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު އިޝްވާ މަސަލަސް ކުރެވޭތޯ އުޅެން ފެށިއެވެ.

"އިޝްކޯ. އަޅެ އިޝްކޮ ތިއީ މިހާރު ޓީނޭޖަރއެއް ނޫނެއްނު. އަދިވެސް ހާދަ ނުވިސްނެޔޭ. ރީތިކަމަކީ ބަލާ މީހެއްގެ ލޮލުގަ ވާ އެއްޗެއް. މިއީ ތިހާ ބޯދާކޮށް ވިސްނާ ޒަމާނެއް ނޫނެއްނު. ދުނިޔޭގެ އެތަން މިތަނުގަ ބިއުޓީ ޕެޖެންޓުންނަށް ވާދަކޮށް އެކްޓަރުންގެ ގޮތުގަ މަޝްހޫރުވެފަ ތިބީ ކިތަށް ޗަބީ ކުދިން" ޝައިނާ ބެލީ އިޝްވާއަށް ވިސްނޭނެގޮތަކަށް ވާހަކަ ދެއްކޭތޯއެވެ.

"އެކަމަކު އެމީހުން ރީއްޗެއްނު" އިޝްވާ ތުންދަމައިލިއެވެ.

"އެ އެންމެނަށްވުރެއް އިޝްކޮ މާ ރީތި." ޝައިނާ ބުންޏެވެ.

"ބުނާނެ ތިހެން. އެކަމަކު އެމީހުން ބޭނުމިއްޔާ ހިކެންވެސް ހިކެވޭނެ. އެހެނޭ ކިޔާފަ އިޝީ ކީއްކުރާނީ؟ ސިސް ހީކުރީ އިޝީ ބޭނުންވެގެން ފަރުވާކުޑަވެގެން ކަމަށްތަ ފަލަވީ؟" އިޝްވާ އަހައިލިއެވެ.

"އަޅެ އަހަރެން ކޮން އިރަކުތަ ތިހެން ބުނީ؟ އިޝްކޮ މިހާރު ތި ދައްކަނީ ހަމަނުޖެހޭ ވާހަކަ. ދެން ތިހެނޭ ކިޔައިފަ ނުކައި ހުރެވޭތަ؟ އޯކޭ ފައިން. އިޝްކޮ ގޮވައިގެން އަހަރެން ގޮސްދާނަމޭ ތަންކޮޅެއް ލުއި އަދި ހެލްތީ އެއްޗެހި ލިބޭ ތާކަށް. ކާން ބޭނުން ނެތިއްޔާ އަހަރެން މަޖުބޫރެއް ނުކުރާނަން. އެކަމަކު އަހަރެންނާއެކު ޝޮޕިންގްއަށް ދާންވާނެ. އިޝްކޮއަށް ގިފްޓެއް ގަނެދޭން އަހަރެން ބޭނުން. ދާނަން ދޯ. ހިނގާބަލަ. ޕްލީޒް. ޔާނާއާއި ރާއީވެސް ގޮވައިގެންނޭ ދާނީ." ޝައިނާގެ އެދުނެވެ. އިޝްވާ އެންމެ ފުރަތަމަ އެކަމަށް އިންކާރު ކުރި ނަމަވެސް ޝައިނާގެ އެތަށް އާދޭހަކާއެކު އިޝްވާ އެއްބަސްކުރެވުނެވެ.

**************

އާރް.އެލް ގެ ހެޑްއޮފީސް ހުންނަ އިމާރާތުގެ ކައިރީގައި ޕާކުކޮށްލި ކާރުން ފޭބި ރާހިލް އިސްޖަހައިލަމުން އަތުގައި އޮތް ފޯނަށް ނަޒަރު ހުއްޓައިލައިގެންހުރެ އިމާރާތުގެ ތެރެއަށް ވަނުމަށް ހިނގައިގަތެވެ. ލިފްޓަށް އަރައި ރިއާންގެ ކެބިން ހުންނަ ފްލޯރއަށް އާދެވުމާއެކު އޭނާ ހިނގައިގަތީ ރިއާންގެ ކެބިންއަށް ވަނުމަށެވެ. އެހެނަސް އެތަނުގެ ބޭރުގައި އިން އެސިސްޓަންޓް ރިއާން ނޫޅޭކަމަށް ބުނުމުން އޭނާގެ ފިޔަވަޅުތައް ހުއްޓައިލަން މަޖުބޫރުވިއެވެ.

"ކިހާއިރަކު އަންނާނީ؟" ރާހިލް އަހައިލިއެވެ.

"ހީވަނީ އިރުކޮޅަކުން ދުރުވާނެހެން. އިންޓަރނަލް މީޓިންގްއަކަށް ވަޑައިގަތީ. އެތެރޭގަ މަޑުކޮށްލެއްވިޔަސް އެންމެ ރަނގަޅު. އަޅުގަނޑު ސަރ ގާތު ދަންނަވާލަދޭނަން" ސާރާ ބުންޏެވެ.

"ނޫން. މިތާ ބޭރުގަ މަޑުކޮށްލާނަން.. އޯކޭ ވާނެ.." ރާހިލް އަނެއްކާވެސް ފޯނަށް ނަޒަރު ހުއްޓައިލިއެވެ.

"ބޭފުޅާ ވަޑައިގަތީއޯ" ކިރިޔާ އަމިއްލަ ނަފްސަށް އަޑު އިވޭނެހާ ސިއްރުން ރާހިލް ބުންޏެވެ. ރިއާންއަށް ނިސްބަތްކޮށް މީހަކު އެހާ މާތް ދަރަޖައަކުން މުހާތަބުކުރުން އޭނާއަށް ވީ މަޖާކަމަކަށެވެ. އެވަގުތު އޭނާއަށް އެތަނުގައި އިން އެސިސްޓެންޓް ވާހަކަ ދެއްކިހެން ހީވެ އިސްއުފުލައިލަމުން އެކުއްޖާއަށް ބަލައިލިއެވެ.

"ދަރިފުޅު؟ ލައިކް ވި ހޭ ޔުނިކޯން އަޅުގަނޑު އެހީ" ރާހިލްގެ މޫނުމަތީގައި ސުވާލުމާކު ޖެހިފައިވިތަން ފެނި ސާރާގެ ވާހަކަ ތަކުރާރުކޮށްލިއެވެ.

"އޯހް.. ޔެސް.. ޔެސް ވަރަށް ލައިކްވި. ތިއީ އެކުއްޖާ ދޯ؟ ސޭރާ؟" ރާހިލް އަހައިލިއެވެ.

"ސާރާ. ހީވަނީ ސަރ އަށް ސާރާ ކިޔަން އުނދަގުލީހެން" ސާރާ ބުންޏެވެ.

"އޯކޭ. ސާރާ. ހުންނާނެ ޔުނިކޯން ފޮޓޯވެސް. މަޑުކޮށްލައްޗޭ" ރާހިލް ފޯނުގެ ފޮޓޯބައި ހުޅުވައިލުމަށްފަހު ޔާނާ އެ ޔުނިކޯންގައި އިށީނދެލައިގެން އިން ފޮޓޮއެއް ސާރާއަށް ދައްކައިލިއެވެ. އޭނާ ހުރީ ސާރާއާ ބައްދަލުވީތީ އުފާވެފައެވެ. ނޭނގިނަމަވެސް ސާރާ އޭނާއަށް ކޮށްދީފައި އެ ވަނީ ވަރަށް ބޮޑު ކަމެކެވެ. އޭނާއަކީ އަބަދުވެސް މީހުން ކޮށްދޭ ކަންތައްތައް ހަނދާނުގައި ބަހައްޓައި އެކަމާ ޝުކުރުވެރިވާ މީހެކެވެ.

"މާޝާﷲ. ދަރިފުޅު ވަރަށް ލޯބި" ސާރާ ހިނިތުންވެލިއެވެ. އެވަގުތު ރިއާން ފޯނެއްގައިހުރެ ލިފްޓުން ނުކުމެގެންގޮސް ކެބިންއަށް ވަތްތަން ފެނުމާއެކު ރާހިލް ސާރާއަށް ހިނިތުންވެލުމަށްފަހު އަވަސް ފިޔަވަޅުތަކެއްގައި ރިއާންގެ ފަހަތުން ދިޔައެވެ.

"ޔެސް. ޔެސް އެ ދެ ކުރެހުން އަހަރެންނަށް މެއިލް ކޮށްލާ. މިގަޑީގަ ރަނގަޅުވާނެ. އާނ އޯކޭ އެބަ ބަލަން" ރިއާން ފޯނު ކަނޑައިލުމަށްފަހު އެތަނުގައިހުރި ބޮޑު އޮފީސް ގޮނޑީގައި އިށީނދެ ހަލުވިކަމާއެކު ކީބޯޑުގެ އަކުރުތަކަށް ޓައިޕްކޮށްލިއެވެ.

"އައްސަލާމް އަލައިކުމް. ބޭފުޅާ؟ ބޭފުޅާ ބިޒީ ވަގުތެއްތޯ؟ އަދި ތި ވަޑައިގަތީ ދެެއްތޯ؟" ކެބިންގެ ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށް ވަތް ރާހިލްއަށް ރިއާން ބަލައިލިއެވެ.

"ވައަލައިކުމުއްސަލާމް. މިހާރު އަނެއްކާ ކޮން މޮޔައެއް ވީ؟" ރިއާންގެ ދެބުމަ ގޮށްޖެހުނެވެ.

"އަހަހަހަ.. އެއީތަ ސާރާ ލައްވާ ތި ވާހަކަ ދައްކުވާ ގޮތަކީ؟" ރާހިލް މޭޒު ކައިރީގައި ހުރި ގޮނޑިއަކަށް ވެއްޓިގަންނަމުން ބުންޏެވެ.

"އެއީ އެކުއްޖާ ވާހަކަ ދައްކާގޮތޭ. އެހެންނޫނަސް ކޮބާތަ މައްސަލައަކީ؟" ރިއާން އަހައިލިއެވެ. އޭނާ ހުރީ ސަމާސާކުރާ މޫޑެއްގައި ނޫންކަން ރާހިލްއަށް ވަގުތުން އެނގުނެވެ.

"މައްސަލައެއްނެތް. ދެން ބުނެބަލަ. އަސްލުވެސް މިގަޑީގަ ބިޒީތަ؟" ރާހިލްގެ އަޑަށްވެސް ސީރިއަސްކަން ވެރިވާން ފެށިއެވެ.

"ކަންފަތް ފްރީ ކޮށްދެވިދާނެ. ބޭރަކަށް ނުދެވޭނެ. ކިޔާ އެއްޗެއް ކިޔާ" މެކްބުކްގެ ސްކްރީނުން ނަޒަރު ވަކިކޮށްލުމެއްނެތި ރިއާން ފަރުވާކުޑަ ރާގެއްގައި ބުންޏެވެ.

"ތިވަރުވެސް އެންމެ ރަނގަޅޭ. އެއްޗެއް އަހަންވެގެން މިއައި. ނީމް ކޮން އިރަކުތަ ވަޒީފާއިން ކެނޑުނީ؟" ރާހިލް ދިޔައީ ސީދާ މައުލޫއަށެވެ.

"މީގެ ދެ އަހަރެއްވަރު ކުރިން. ކިހިނެއްވީ؟ އެސިސްޓެންޓެއް ބޭނުންވީތަ؟" ރިއާން އަހައިލިއެވެ.

"ނޫން. އިޝްކޮ ރޭގަ ދެއްކި ވާހަކައަކުން. މާނައަކީ ނީމް މިތާ އުޅުނު އިރުވެސް އެ އުޅުނީ ޝިމާންއާ ރައްޓެހިވެގެނޭ. އެމީހުން ދިޔަތަނެއްވެސް ނީމްއަށް އެނގޭނެތާ އެހެންވީމަ. އަހަރުމެން ދެމީހުންނަށްވެސް އޭނަ ދޮގު ދޯ އެހެދީ؟" ރާހިލް އަހައިލިއެވެ.

"ކީކޭ؟ ނުވާނެ ތިހެނެއް؟ ނީމް؟" ރިއާންއަކަށް ގަބޫލެއް ނުކުރެވުނެވެ.

"ހްމްމް. އަހަރެންނަށް އެބަ ހީވޭ ނީމްގެ އަތެއް އެ ހުރިހާ ކަމެއްގަ ވާހެން. އެއަށްވުރެން ބޮޑަށް މި ހިތަށް އަރަނީ ނިހާމް އަހަރެންނަށް ދޮގު ހެދީ ބާއޭ. ދެން އެވާހަކަ ބާއްވާ. ދެން އެވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެއްނު. މަސައްކަތް ކޮށްކޮށް ބޯ ގޮވައިގެން ކޮފީއަކަށް ދާށޭ މިއައީ. އެކަމަކު ތިބުނީ ވިއްޔާ ނުދެވޭނޭ" ރާހިލް ފޫހި ރާގެއްގައި ބުންޏެވެ.

"މަސައްކަތޭ؟ މިއަދު. މިއަދު މިއީ ރާހިލްގެ–"

"ތިކަންތައް ނިމިއްޖެ. އަހަރެން ބޭނުންވި ހަމައެކަނި ސެލެބްރޭޝަން ލިބިއްޖެ. ރިއާން ކޮންކަމަކާތަ މާ ބިޒީވެގެން ތި އުޅެނީ؟ ދެލޮލުން އެސްފިޔަވެސް ޖަހާލަން ސުކުންތެއް ނުވެގެން" އަދިވެސް މެކްބުކްގެ ސްކްރީނަށް ގެއްލިފައި އިން ރިއާންގާތު ރާހިލް އެއްސެވެ.

"މިއީ ހުޅުމާލޭގަ ހަދާ ރެޒިޑެންޝަލް ކޮމްޕްލެކްސްތަކެއްގެ ކުރެހުން. މި ރަނގަޅު ކޮށްގެން މިއައީ.. މިފަހަރު ބޮޑަށް ޓާގެޓް ކުރަން ބޭނުންވީ މެދު ފަންތީގެ މީހުންނަށް. އެހެނޭ ބުނީމަ ކުރިން ކުރެހި މީހާ ހުރީ ސޯޝަލް ހައުސިންގް ފެންވަރަށް ކުރަހާފަ. އެ އާކިޓެކްޓް އަހަރެންނަކަށް އެހާ ކަމަކު ނުދޭ. އޭނަގެ ގިނަ މަސައްކަތްތައް މި ޖެހެނީ ހަމަ އަލުން ކުރަން" ރިއާން ބުންޏެވެ.

"ކަމު ނުދެޔޭ. އެއި ގައިމު އަހަރުމެން މިއުޅެނީ އިމާރާތްވެސް ކުރެހި މީހާއެއްނު. އެތަންވެސް ރަނގަޅެއްނު" ރާހިލް އަހައިލިއެވެ.

"ޕިސް. ތިއީ އޭނަ ކުރެހި ތަނެއް ނޫނޭ" ރިއާން ބުންޏެވެ.

"އެހެންނުވާނެ.. އަހަރެން ދުށީމޭ ނަން" ރާހިލް ބުންޏެވެ.

"އޭނަ އައުމުގެ މާކުރިން ތި ތަނުގެ ކުރެހުން އޮތީ ނިމިފަ. އޭނަ ގެނައި ވަރަށް ކުޑަ ކުޑަ ބަދަލަކަށްފަހު ނަން ބޭނުންކުރަން ޖެހުނީ.. އޭނަގެ ކުރިން ސީނިއަރ އާކިޓެކްޓަކަށް ހުރި މީހާ ކެނޑުނީމަ އެ އައި ދޭތެރޭގަ ޝައިނާ އަމިއްލައަށްކުރި ސޯލޯ މަސައްކަތެއް ތި އިމާރާތުގެ މަސައްކަތަކީ.." ރިއާން ހަމަޖެހިލައިފައި ބުންޏެވެ.

"ކީ.. ކީކޭ؟"

"އާން. ހާއްސަކޮށް ތި އުޅެނީނު ޕެންތްހައުސް ބައި. އެތަނަކަށް ނުހުންނާނެ އެންމެ ބަދަލެއްވެސް ފަހުން ގެނެސްފަ. ކިހިނެއްވީ؟ ރާހިލް ހީކުރީތަ ތި ޕެންތްހައުސް ހިފަން މާ ރަނގަޅު އޮފަރތައް ނައިސްހުރިކަމަށް؟ މާ ބޮޑެތި ޕޭމެންޓްތައް ފުލްކޮށް ދޭނެ މީހުންވެސް ލިބުނު. އެކަމަކު ޝައިނާ މިކޮޅުގަ ކުރި އެންމެ ފަހުގެ މަސައްކަތަށް ވީމަ އަހަރެން އޭރުވެސް ހިތަށްއެރި ރާހިލް ބޭނުމިއްޔާ ރާހިލް ނޫން މީހަކަށް ނުދޭނަމޭ" ރިއާންގެ ވާހަކަ އިވުމަށްފަހު ރާހިލް އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

"ތެ.. ތޭންކްސް އައި ގެސް" ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު އޭނާ ބުންޏެވެ.

"އެނގޭތަ އަހަރެން ޝައިނާއަށް އޮފަރ ކުރީމޭ ސީނިއަރ ޕޮޒިޝަންވެސް. އެކަމަކު ކީއްކުރާނީ؟ ހަމަ އެދުވަހު ޝައިނާ ކެނޑެން ސިޓީ ލައިފި. މިއީ ހަމަ ރާހިލްއާހެދި އަހަރެންނަށް ޖެހޭ ކަންކަން. ޝައިނާ ދިޔައިމަ މާ އަވަސް އަރުވާލައިގެން ގޮތްނޭނގޭ މީހެއް ނެގުނީމަ މި ހުރިހާ ގެއްލުމެއް މި ވަނީ" ރިއާން ބުންޏެވެ.

"އެންމެފަހުން އަހަރެން ދޯ މި ގޯސްވީ މިކަމުގަވެސް. އަހަރެންވިއްޔާ މީހުން ނަގަނީ" ރާހިލް ބޯ ހޫރައިލިއެވެ. އެދުވަހުގެ ބާކީބައި ރިއާން މަސައްކަތުން ސަލާމަތް ނުވާނެކަން އެނގުމާއެކު އޭނާ އެތަނުގައި މަޑުނުކޮށް ގެއަށް ދިޔައީ ލިބުނު ހަބަރާމެދު ހައިރާންވެފައިވާ ހާލުގައެވެ.

← Back to Story ← Previous Next →

How did you like this episode?

Reader Comments (0)

Share Your Thoughts

No comments yet

Be the first to share your thoughts about this episode!