Episode 70

ހިތް އެދޭހާ ކަމެއް.. (70 ވަނަބައި)

"ސްޓުޕިޑް އިޝްވާ.. ހުސް އަމިއްލައަށް ފުންމާލާ އަލިފާންވަޅު ތިއީ.. ތިހެން އުޅެނިކޮށް ރޯ ވާނީ ދެން އަމިއްލަ ގައިގަ. ދޮންބެގާތު ހުރިހާ ވާހަކައެއް ބުނާނީވެސް ކިހިނެއްތަ؟ ކީކޭ ހިތަށް އަރައިގެންތަ ސިސްގެ އެ ޝަރުތާ އެއްބަސްވީ؟ އާރގްހް އައި ހޭޓް ދިސް" އިޝްވާ އަމިއްލަ ނަފްސާ ވާހަކަދައްކަމުން ބުންޏެވެ.

***************

ހުއްޓުމެއްނެތި އިވެމުންދިޔަ އެލަރމްގެ އަޑަށް އިޝްވާ ދެލޯ މަރައި ތަގުޅިކޮށްލަމުން އިތުރަށް ބާލީހުގައި ބައްދައިލިއެވެ. ހަފްތާބަންދު ދުވަހެއް ކަމަށްވާތީއާއެކު އެނދުގެ މަޑު ތަންމަތީގައި އަދި އޭސީގެ އަރާމު ފިނީގެ ތެރޭގައި އޮވެ އިތުރަށް ނިދައިލަން އޭނާ ބޭނުންވިއެވެ. ރޭގައި މާ ދަންވަންދެން ފިލާވަޅު ދަސްކުރަން އިނުމުން އޭނާގެ ނިދި އަދިވެސް ހަމަވާގޮތެއްނުވެއެވެ. އެހެންނަމަވެސް ފޯނުގެ އަޑު ހަމަހިލާ ކެނޑޭކަށް ނޫޅުނެވެ. އެންމެފަހުން އިޝްވާގެ ގާތަށް އައި ރުޅީގައި ފުސްމޫނު ހަދައިގެންގޮސް ޑްރެސިންގް ޓޭބަލްގެ މަތީގައި ޗާޖަށް ޖަހައިފައި އޮތް ފޯނު ނައްޓައިލިއެވެ. އޭނާގެ ދެލޯ ރަނގަޅަށް ހުޅުވުނީ ފޯނުގެ ޑިސްޕްލޭ ފެނުމާއެކުގައެވެ. އިވުނީ އެލަރމްގެ އަޑު ނޫންކަމާއި އެއީ ފޯނަށް އަންނަމުންދިޔަ ކޯލުގެ އަޑުކަން ރޭކައިލުމާއެކު ފޯނު ނަގައި ކަންފަތުގައި ޖަހައިލިއެވެ.

"ހަލޯ އިޝްކޯ.. އަދި ތި ހޭލީ ދޯ.. އިޝީ ކައްކައިފިންތޯ އަހާލަންވެގެން މި ގުޅީވެސް" ޝައިނާއަށް އިޝްވާގެ އަޑު އިވުމާއެކު އިޝްވާ އަދި ރަނގަޅަށް ނުހޭލާކަން އެނގުނެވެ.

"އެގާރަ ޖަހައިފިދޯ؟ އަޅޭ ހަނދާނެއްވެސް ނެތް.. ހާދަ ނިންޖޭ އަދިވެސް.." އިޝްވާ އާފުރިލަމުން ބުންޏެވެ.

"އާދެބަލަ ކާއެއްޗެހި ބަލާ. އިޝީއަށް ވާވަރަށް މި ކައްކަނީ" ޝައިނާގެ ވާހަކަ އިޝްވާއަކަށް ގަބޫލެއް ނުކުރެވުނެވެ.

"ވާޓް؟؟ ދޮގު ނުހަދާ…" އިޝްވާއަށް ލިބުނު ޝޮކުގައި އޭނާގެ ދެލޮލުން ނިދިވެސް ފިލައި ހިނގައްޖެއެވެ.

"ހްމްމް ހަމަ ތެދެއް. އިޝްކޮގެ ޓެސްޓް ދުވަސްކޮޅެއްނު. އެންޑް ޔާނާގެ ކަންތަކަށާއެކު… އަހަރެންވެސް ބޭނުންވީ އިޝީއަށް ހެލްޕް ކޮށްދޭން" ޝައިނާ ބުންޏެވެ.

"ނަމެއްގަ އިޝީއަށް. އެކަމަކު އަސްލު ދޮންބެއަށްދޯ" އިޝްވާ ލާނެތް ރާގެއްގައި ޝައިނާއާ ދިމާކޮށްލިއެވެ.

"ދެން އިޝްކޯ.." ޝައިނާ އަކުރުތަކަށް ދަމައިލަމުން ގޮވައިލިއެވެ.

"އޯކޭ އޯކޭ. އެބަ ދަން. ފެންވަރާލައިގެން މިދަނީ.. ތޭންކްސް ސިސް" އިޝްވާ ފޯނު ކަނޑައިލުމަށްފަހު އަވަސް އަވަހަށް ފާހަނައާ ދިމާލަށް ދުއްވައިގަތެވެ. ކުޑަގޮތަކަށް ފެންވަރައި ތައްޔާރުވެލައިގެން ބައިގަޑިއެއްހާއިރުތެރޭ ޝައިނާމެން އުޅޭ ގެއާ ހިސާބަށް އޭނާއަށް ވާސިލްވެވުނެވެ. އެހެން ދުވަސްދުވަހާ ހިލާފަށް މިއަދު އެގޭގެ ދޮރު ހުޅުވައިލީ ރާއީއެވެ. އިޝްވާއަށް ރާއީ ފެނި ހިނިތުންވެލުމާއެކު ރާއީ ގަދަކަމުން ކަހަލަ ގޮތަކަށް އިޝްވާއަށް އެ ހިނިތުންވުން ރައްދުކޮށްލިއެވެ.

"ރާއީ.. މަންމި ކޮބާ؟" އިޝްވާ ކުޑަކޮށް ގުދުވެލުމަށްފަހު ރާއީގެ ކޮލުގައި ހިފައިލަމުން އަހައިލިއެވެ. ރާއީ އެޕަރޓްމެންޓްގެ ބަދިގެ ހުރި ދިމާލަށް އިޝާރާތްކޮށްލުމަށްފަހު އާދައިގެ މަތިން ދުވެފައިގޮސް ކޮޓަރިއަށް ވަނެވެ. އިޝްވާ ލަސްފިޔަވަޅުތަކެއްގައި ބަދިގެއާ އަރައި ހަމަކޮށްލިއިރު ޝައިނާ އަވަދިނެތި ކާއެއްޗެހި އެތަނުގައިހުރި ފޮއިލް ތަށިތައްޓަށް އެޅުމުގައި އުޅުނެވެ. ބަތާއި ސެލެޑާއި ތެލުލި ކުކުޅާއި ލަސާންޏާގެ އިތުރުން ފޮނިކާއެއްޗެއްވެސް ހަދައިފައި ހުރިއިރު އެ ހުރިހާއެއްޗެއް ފެނުމާއެކު އިޝްވާގެ ތަލިން ހަމަ ރަނގަޅަށްވެސް ކުޅު ހިކުނެވެ.

"ވާއު ސިސް. އަޅެ އިޝީ މިގަޑީ ކައިގެން ދަންތަ؟ މި ފެނިފަ ކިހިނެއް ނުކައި ހުންނާނީ.. މިހާރުވެސް ބަނޑުން އަޑުކިޔަން ފަށަައިފި" އިޝްވާ ފިލްމީ ގޮތަކަށް ބަނޑުގައި އަތް އުނގުޅައިލަމުން ބުންޏެވެ.

"ހޫން އެއްކަލަ ޑްރާމާކުއީން.. ދެން ގެއަށްގޮސް ކާނީ.. ކެތްކޮށްލާ" ޝައިނާ ހެވިފައިހުރެ ބުންޏެވެ.

"ޔޫ އަރ ދަ ބެސްޓް ސިސް. އައި ކޭން ސީ ވައި ދޮންބެ އިޒް ސޯ އޮބްސެސްޑް ވިތް ޔޫ.. ބުނެއެއްނު ފިރިހެނުންގެ ހިތާ ހަމައަށް ވާސިލްވެވޭނީ މީރުކޮށް ކެއްކޭ އަންހެނުންނަށޭ" އިޝްވާ ގޮސް ޝައިނާގެ ކޮނޑުގައި އަތް އަޅުވައިލަމުން ބުންޏެވެ.

"ނޭނގެ. ބުނޭތަ އެހެން؟" ޝައިނާގެ މޫނަށް ވެރިވި އުފާވެރިކަން ފޮރުވައިލަމުން އާދައިގެ ރާގެއްގައި އަހައިލިއެވެ.

"ހްމްމް. ސިސް އަޅެ ދެން އާދެބަލަ އިޝީމެން ގެއަށް. އޭރުންނެއްނު މެރީ ކުރަންވާއިރަށް އިޝީއަށްވެސް ސިސް ގާތުން މީރުކޮށް ކާ އެއްޗެހި ހަދަން ޓްރެއިން ވެވޭނީ" އިޝްވާގެ ސަމާސާ ކުރެއް ނުކުރިއެވެ..

"ސާބަސް. މެރީ ކުރަންތަ ތި އުޅެނީ؟" ޝައިނާވެސް އިޝްވާގެ ވާހަކައިގައި ބައިވެރިވަމުން އަހައިލިއެވެ.

"އާނ ދެން… އިޝީވެސް މެރީކުރަން ޖެހޭނެއެއްނު. އުމުރު ދުވަހު ހުސްހަށިބަޔަށް ހުންނާނީ ކާކު؟" އިޝްވާ ބުނެލިއެވެ. އެވަގުތު ފަހަތުން އެއްޗެއް ވެއްޓުނު އަޑާއެކު ސިއްސައިގެންގޮސް ދެމީހުންވެސް ފަހަތް ބަލައިލިއެވެ. އޭރު ރާއީމެން ތިބި ކޮޓަރިން ނުކުމެގެން އަައިސް ސިޓިންގްރޫމްގެ މެދެއްހާ ހިސާބުގައި ހުއްޓިލައިގެންހުރީ ޝިމާން ފިޔަވައި އިތުރު މީހެއްނޫނެވެ.

ޝިމާންގެ ފައި ކައިރިއަށް އޮތް ޕްލާސްޓިކް ފެންފުޅި ފެނުމާއެކު ޝައިނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނުއިރު ޝިމާން ފެނުނު ވަގުތުން ފެށިގެން އިޝްވާއަށް ހުރެވުނީ އެތެރެއަށް ދަމައިލެވުނު ނޭވާ ބޭރަށް ދޫކޮށްލަންވެސް ނޭނގިފައެވެ. އަޅި ކުލައިގެ ސްވެޓްޕޭންޓްސްގެ ދަށަށް ޖަހައިލެވިފައިވާ ކަޅު ކުލައިގެ ބެނިއަންގެ ސަބަބުން ހާމަވެފައިވާ ޝިމާންގެ ދެއަތުގެ މުލައްދަނޑިއާއި ބޮނބިފަޅީގައި ޖަހައިފައިވާ މަސްތަކުން އެކަނިވެސް ޝިމާންގެ ހަށިގަނޑު ކުރިއަށްވުރެ ބިޔަވެލައިފައި ހުރިކަން އިޝްވާއަށް ފާހަގަވިއެވެ. އެ ކަސްރަތީ ބަދަލުތައް އިޝްވާއަށް ކަމުދިޔައެވެ. އެވަގުތު ޝިމާންގެ ނަޒަރުވެސް އިޝްވާގެ ބޮލުން ފެށިގެން ފަޔާހަމައަށް ދަތުރުކޮށްލިތަން ފެނި އިޝްވާގެ އަތްފައި ފިނިވާންފެށިއެވެ.

"ސާބަސް ޝިމާނަށް. ސިއްސައިގެނޭ ދިޔައީ" ޝައިނާ ބޯ ހޫރައިލަމުން ބުންޏެވެ.

"މިއީ ރާއީގެ ޓެބް.. މިބުނީ ފޯނު.. މިއީ ކޯއްޗެއްތަ ފެންފުޅި.. ޔާ ފެންފުޅި.. ހުސްވެފަ ހުރީމަ ފެން އަޅަންވެގެން" ކިޔޭ ނުކިޔޭ އެެއްޗެއް ނޭނގިހުރެ ޝިމާން ބިންމަތީގައި އޮތް ފުޅި ނަގަމުން ބުންޏެވެ. އަދި އިސްޖަހައިލައިގެންހުރެ ލަސްފިޔަވަޅުތަކެއްގައި ޝައިނާމެންނާ މާ ދުރުނޫން ހިސާބެއްގައިހުރި އައިސްއަަލަމާރިއާ ދިމާލަށް ހިނގައިގަތެވެ. އިޝްވާއަށް އެސްފިޔަ ޖަހައިލަންވެސް އެނގުނީ ޝިމާން ކުރިއަށް ހިނގައިގަތުމުންނެވެ. އަވަސް އަވަހަށް އޭނާ ޝިމާންއާ ނަޒަރު ވަކިކޮށްލަމުން ޝައިނާ ބަންދުކޮށް ނިންމައިލި ތަށިތަކަށް ނަޒަރުހުއްޓައިލިއެވެ.

"ނިމުނީތަ؟" އިޝްވާގެ އަޑު ނުކުތީ ހަމަ ކިރިޔަ ކިރިޔާއެވެ.

"ހްމްމް. މަޑު ކުރައްޗޭ ޖޫސް ގިރާފަ ހުންނާ-"

"ގޭގަވެސް ޖޫސް ހުންނާނެ. ދެން އޯކޭވާނެ" އިޝްވާ އަވަސް އަވަހަށް ޝައިނާ ބަންދުކުރި ތަށިތައް ކައިރީގައިހުރި ކޮތަޅުގެ ތެރޭގައި އަތުރަންފެށިއެވެ. ޝައިނާއަށް އިތުރު އެއްޗެކޭ ނުބުނެވެންދެން އިޝްވާ އެ ކޮތަޅު ހިފައިގެން ދޮރުން ނުކުތުމަށް ހިނގައިގަތެވެ. އިޝްވާގެ މިޒާޖަށް އައި ކުއްލި ބަދަލުގެ ސަބަބު އެނގި ކަންބޮޑުވެފައިހުރެ ޝައިނާ އިޝްވާގެ ފަހަތުން ހިނގައިގަތެވެ.

"އިޝީ.. އާރ ޔޫ އޯކޭ؟" ޝައިނާ އެ ސުވާލު އިޝްވާއާ ކުރިމަތި ކުރުވީ ގޭގެ ދޮރުން ނުކުތުމަށްފަހުގައެވެ.

"ދޮގުހަދާފަ ތި ސުވާލަށް އާނއެކޭ ބުނަންވީތަ؟ ޔޫ ކޭން ސީ އައިމް ކްލިއަރލީ ނޮޓް އޯކޭ.. ސިސް ކީއްވެ އަހަރެންގާތު މާނު– ޝިމާން އުޅޭ ވާހަކަ ނުބުނީ. ސިސްއަށް ދޮންބެއާ ފޭސްކުރަން ތައްޔާރު ވެވެންދެން އަހަރެން މި ޓައިމް ދެނީއެއްނު. ދެން ކީއްވެ އަހަރެން– އައި ރިއަލީ ވޯޒް ނޮޓް ރެޑީ ފޯރ ދިސް ޓޫ. ބަޓް ވަންސް އަގައިން ޔޫ ޗޯޒް ޓު އިގްނޯރ އަދަރޒް ފީލިންގްސް އެންޑް ބީ ސެލްފިޝް" އިޝްވާ އެތަނުގައި އިތުރަށް މަޑުނުކޮށް ލިފްޓަށް އެރިއެވެ.

ޝައިނާއަށް ހަދާނެގޮތް ހުސްވިއެވެ. އެހެނަސް އިޝްވާ ދިޔުމުން އިތުރަށް ބޭރުގައި މަޑުނުކޮށް އޭނާ ގޭތެރެއަށްވަނެވެ. އޭރުވެސް ޝިމާން ކުރިއެކޭ އެއްގޮތަށް އައިސްއަލަމާރި ކައިރީގައި މަޑުކޮށްލައިގެން ހުއްޓެވެ.

"އަދިވެސް ތި ފެން އަޅައި ނުނިމެނީތަ؟" ޝައިނާގެ އަޑުގައިހުރީ ރުންކުރުކަމެވެ. އޭނާ އެހެން ބުނުމާއެކު ޝިމާން އައިސް އަލަމާރީގެ ދޮރުފަތް ލައްޕައިލުމަށްފަހު އޭގައި ލެގިލިއެވެ.

"އިޝީ މެރީ ކުރަނީތަ؟" ޝިމާން އަހައިލީ ޝައިނާގެ ސުވާލާ ނުވެސް ގުޅޭ ސުވާލެކެވެ.

"ޝިމާން ކީއްކުރަން އެޔެއް ބަލަނީ؟" މޭޒުމަތި ސާފުކޮށްލަމުން ޝައިނާ ބަލައިލިއެވެ.

"ބަލާލީ ހަމަ. ކުރީގެ ކްލާސްމޭޓެއްވީމަ" ޝިމާން ބުންޏެވެ.

"ޝިމާން.. ލީވް އިޓް" ޝައިނާ އިންޒާރެއް ދޭ ފަދައަކުން ގޮވައިލިއެވެ.

"ޔާ. އޯލްރެޑީ ލެފްޓް ދެޓް.. ސިސް ހާސްނުވޭ.." ޝިމާން ބޯ ޖަހައިލުމަށްފަހު އިތުރަށް ޝައިނާއާ އެވާހަކަ ދެއްކުމުގެ ބަދަލުގައި އެތަނުން ދިޔައެވެ.

*****************

"ވާއު ސޯ މެނީ ޕްލޭޓްސް. ކަންނެތްގަނޑު.. އަނެއްކާ ކީކޭ ހިތަށް އަރައިގެން މިއަދު މާ ވަރަކަށް ތި ކެއްކީ؟ ހުރިހާާ އެގްޒާމް ސްޓްރެސްއެއް އުނދުން މައްޗަށް ފިލުވާލީތަ؟"

ހުކުރުން ފައިބައިގެން ގެއަށްއައި ރާހިލް ކާމޭޒުކައިރިއަށް ޖެހިލަމުން އެތަނުގައި އަތުރާފައިހުރި މުށި ތަށިތަކަށް ނަޒަރު ހިންގައިލިއެވެ.

"ދޮންބެއަކަށް ނޯންނާނެ ރަނގަޅު އެއްގޮތެއްވެސް.. އިޝީ ކަމެއް ނުކޮށް ހުއްޓަސް ކަމަކު ނުދާނެ ކަމެއް ކުރާހިތުން ކުރިޔަސް ކަމަކު ނުދާނެ" އިޝްވާ ފާޑަކަށް ހިތްހަމަނުޖެހިފައި ބުންޏެވެ.

"ހާދަ އަވަހަކާ ތި ރުޅިއައީ. މިއަދު އަނެއްކާ ނުބައި ކޮޅަކުން އިރު އެރީތަ؟ އޯކޭ އޯކޭ. ނޯ ކޮމްޕްލެއިންސް. އެހެންވީމަ ނެކްސްޓް ވީކެންޑް އަހަރެންނާ ދޯ ކިޗަން ހަވާލުވާނީ." ރާހިލް ސަމާސާ ރާގެއްގައި ބުންޏެވެ.

"ދޮންބެއާ ކިޗަން ހަވާލުކުރާ ވީކަންޑްއަކު ގެއިން ކާ އެއްޗެއް ނުދިރޭނެ. މަޑުކޮށްބަަލަ. މި ފެނޭތަ؟ ދެން މި؟ މި ކޯއްޗެއްކަން އެނގޭތަ؟" އިޝްވާ ކެބިނެޓްގެ މަތީ ވަތްގަނޑަކުން ނެގި ދެ ކުޑަ ކުޑަ ސެރަމިކް ފުޅި ރާހިލްއަށް ދައްކައިލިއެވެ.

"މިއީ ލޮނު. ޔޫ ސީ އިޓްސް ލޭބަލްޑް ހިއަރ.. ސޯލްޓް.. މިއީ ހަކުރު.. މިތާ ޖަހާފަ މީނީ ކީކޭ.. ޝުގަރ.. މިއީ ހުސް ކައްކާއިރު އަޅާ އެއްޗެހި އެކަން އެނގޭތަ؟" އޭނާ އަހައިލިއެވެ.

"ފަނީ.." ރާހިލް މޭޒު ކައިރިން ގޮނޑިއެއް ދަމައިލުމަށްފަހު އިށީނެވެ.

"ނޮޓް ރިއަލީ.. ކާއެއްޗެހިން ލޮނު ރަހަލާން ޖެހޭނެ. އަދި ފޮނި ކާ އެއްޗަކިއްޔާ ފޮނި ރަހަވެސް ލާންޖެހޭނެ. އެވަރު އެނގޭދޯ" އިޝްވާ އަހައިލިއެވެ.

"ނޭނގޭތީއެއް ނޫނޭ އަހަރެން ކައްކާ އެއްޗެއްގަ ލޮނާ ހަކުރާ މަދުން ބޭނުން ކުރަނީކީ.. ސޯލްޓް އިޒް ބޭޑް ފޯރ ހާރޓް. އެންޑް ޝުގަރ އިޒް ޖަސްޓް.. ބޭޑް" ރާހިލް އެތަނުގައިހުރި ތަށިތަކުގެ މަތި ނަގަމުން ބުންޏެވެ.

"ސޭޒް ދަ ކެފެއިން އެޑިކްޓަޑް ހެލްތް ފްރީކް" އިޝްވާ ފާޑަކަށް ތުންއަނބުރައިލަމުން ބުންޏެވެ.

"ދެޓްސް މީ.. ވެއިޓް.." އެންމެ ފަހު ތަށީގެ މަތިގަނޑު ނެގުމާއެކު ރާހިލް ބުމަ ގޮށްޖަހައިލަމުން އިޝްވާއަށް ބަލައިލިއެވެ. "އިޝީއަށް ލަޒާންޏާ ހަދަން އެނގޭ؟" ރާހިލް އެ ލަޒާންޏާ ޓްރޭއަށް އިޝާރާތްކޮށްލަމުން ބުންޏެވެ. އެއާއެކު ރާހިލްއަށް ނޭނގުނު ނަމަވެސް އިޝްވާގެ ހިތުގައި ހާސްކަމެއް އުފެދެންފެށިއެވެ. އެހެނަސް އެ ހާސްކަން ފޫބެއްދުމަށްޓަކައި އޭނާ އަވަސް އަވަހަށް ވާހަކައެއް ހަދައިލިއެވެ.

"މިއީ.. އާން. ކުޑަކޮށް އެނގޭތީ ޓްރައި ކޮށްލީ.. މީހަކު ދިން ރެސިޕީއެއް އިޝީވެސް އަޖުމަ ބަލާލީ.. ދޮންބެ ލައިކްވާ އެއްޗެއް ނޫންތަ؟" އިޝްވާ ދެއަތް ދެއަތާ މޮޑެމުން އަހައިލިއެވެ.

"ނޯ.. މިބުނީ.. އިޓްސް ވަން އޮފް މައި ފޭވްރިޓްސް.. އެކަމަކު މި ޑިޝްއަށް އަހަރެންގެ އެކްސްޕެކްޓޭޝަންސް ވަރަށް މަތިވާނެ އެނގޭ" ރާހިލް ހިނިތުންވެލުމަށްފަހު ކާންހުރި ތައްޓަށް އެ ތަށިން ލަޒާންޏާ އެޅިއެވެ. އަދި ކައިރީގައި ހުރި ފެންތަށިން ކޯވަރެއް ބޮއެލަމުން ކަރުތެންމައިލީ ފިސާރި ގަޔާވެގެން އިނދެ ކާލާނަމޭ ހިތުލަމުންނެވެ. ލަޒާންޏާ ތަށީގެ މަތި ނެގި ހިސާބުންވެސް އެ މޭޒުމަތީގައިހުރި އެހެން ހުރިހާ ކާއެއްޗެއް އޭނާއަށް މުޅިންހެން ގެއްލުނު ކަހަލައެވެ. އެހެނަސް ދުލުކުރީގައި އޭގެ ރަހަ ޖެހުނު ހިސާބުން ރާހިލްގެ މޫނުމަތީގައިވި ހިނިތުންވުން އެކީ ފިލައިދިޔަތަން އިޝްވާ ދުއްޓެވެ. އޭނާއަށް އޭގެން ލީ ރަހައާމެދު ސުވާލު އުފެދިފައިހުރެ ކަހަލަ ގޮތަކަށް ދެވަނަ ފަހަރަށްވެސް އޭގެން ރަހަބަލައިލިއެވެ. އެވަގުތު ކަމެއް ޔަގީންވި ފަދައިން ރާހިލް ކާން ބޭނުންކުރަމުންދިޔަ އުލާއި ވަޅި ތަށީގެ ތެރެއަށް ދޫކޮށްލުމަށްފަހު ގޮނޑިން ތެދުވެއްޖެއެވެ.

"ކިހިނެއްވީ؟ ނުބައިތަ؟ އިޝީގެ ރެސިޕީއެއް ނޫނޭ އެއީ އަސްލު-"

"ގެޓް ރިޑް އޮފް ދެޓް ރެސިޕީ" ރާހިލް ބުނިހާވެސް އެއްޗަކީ އެއީއެވެ. އިޝްވާ ސުވާލުމާކެއްގެ ތެރެއަށް ދޫކޮށްލުމަށްފަހު އޭނާ އެތަނުގައިހުރި ސިޑިން މައްޗަށް އަރައިގެންގޮސް އޮބައިލައިފިއެވެ. ދެން އިވުނީ ނިކަން ބާރަށް ކޮޓަރީގެ ދޮރު ޖެހިއަޑެވެ.

"ފުދިއްޖެ މިހާރު. ދެން ވާވަރު ވެެއްޖެ.." ރާހިލް ހިތާހިތުން އަމިއްލަ ނަފްސާ ވާހަކަދައްކަމުންގޮސް ޓެރަހަށް ނުކުމެވެންހުރި ދޮރުގެ ކަނީގައި އަތް އަޅުވައިލިއެވެ.

"ސީރިއަސްލީ ޝައިނާ.. އޮންލީ ޔޫ ކޭން ފައިންޑް ދީސް އަންތިންކަބަލް ވޭޒް ޓު ހޯންޓް މީ" ރާހިލް ފުންނޭވާއެއް ދޫކޮށްލަމުން މަޑުމަޑުން ބުންޏެވެ.

ރާހިލް ކަންތައްކުރި ގޮތާމެދު ސުވާލު އުފެދުނު ނަމަވެސް އެކަން މާ ބޮޑު ކަމަކަށް ނަހަދައި އިޝްވާ ކައިގެންގޮސް ވަނީ ކޮޓަރިއަށެވެ. ފޯނަށް އައިސްފައިވާ އެތަށް މިސްޑް ކޯލެއް ފެނުމާއެކު އިޝްވާ އޭގައިވާ ޝައިނާގެ ނަންބަރަށް ގުޅައިލިއެވެ.

"ހެލޯ އިޝީ.. އިޝީ ރުޅި އައިސްފަތަ؟ އައިމް ރިއަލީ ސޮރީ އިޝީ.. އެެއްވެސް ވަރަކަށް އިޝީއަށް ހަރޓްކުރުމުގެ ނިޔަތުގައެއްނޫން… އަހަރެން.. އަހަރެން ހިއެއް ނުކުރަން ޝިމާން އެވަގުތުކޮޅު ތެރޭ ކޮޓަރިން ނުކުންނާނެ ކަމަކަށްވެސް. އިޝްކޮ އޯކޭތަ؟" ޝައިނާ ހީވީ އިޝްވާގެ ކޯލެއް ނައިސްގެން ހުރި މީހެއްހެނެވެ. އެ އަޑުގައިވާ ހާސްކަމުން އެކަނިވެސް އޭނާ އިޝްވާއާމެދު ކަންބޮޑުވެފައިވާ މިންވަރު އިޝްވާއަށް އެނގުނެވެ.

"އިޓްސް އޯކޭ ސިސް. އެންޑް އައިމް އޯކޭ. ޝިމާން ކޮން އިރަކުތަ އައީ؟" އިޝްވާ އަހައިލިއެވެ. އިޝްވާ ހަމައަކަށް އެޅިފައިހުރިކަން އެނގުމާއެކު ޝައިނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

"އަދި މިއަދު ހެނދުނު އެ އައީ.. އައުފާމެން މިއަންނަ ހަފްތާގަ މެލޭއިން އަންނަންވާއިރަށް އެޕަރޓްމެންޓް ޗޭންޖްވާން ޖެހޭނެއެެއްނު. އެހެންވެ އަހަރެން ތަނެއް ހޯދާފަ ފައިނަލް ކުރީމަ އެ އައީ.. މިއަންނަ ހަފްތާތެރޭ ބަދަލުވެވޭނެ." ޝައިނާ ބުންޏެވެ.

"އޯހް.. ތަނެއް ހޯދީތަ؟" އިޝްވާގެ ސުވާލަން ޝައިނާ ހޫން ލައްވައިލުމުން ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު ދެންވެސް ވާހަކަދެއްކީ އިޝްވާއެވެ. "މިއަދު ކޮންކަމެއް އޮތީ.. ހިނގާބަ ޔާނާމެން ގޮވައިގެން ހަވީރު ޕާކަށް ދާން" އިޝްވާ ބުންޏެވެ.

"އިޝީ މިއަދު ފެމިލީ ޑޭ އެކޭ ބުނީމަ އަހަރެންވެސް ކަމެއް ރާވައިފިން.. ޒީ ކައިރިއަށް ގޮސްލަން މި އުޅެނީ.. ކޮން ގެއެއްގަތަ އުޅެނީ؟" ޝައިނާ މަޑުމައިތިރިކަމާއެކު ބުންޏެވެ.

"ވަޓް؟ ދޮންތިއަށް ސަރޕްރައިޒެއް ދޭންތަ؟ އަދިވެސް ހަމަ އެގޭގަ އުޅެނީ.. އިޝީ ދާންވީތަ ސިސްއާ އެއްކޮށް؟" އިޝްވާ އުފާވެލައިފައި އަހައިލިއެވެ.

"ނޫނޭ އިޝްކޯ. މިއަދު ދާނީ އެކަނި. ދެން ދުވަހަކުން އިޝްކޮ ގޮވައިގެން ދާނީ.. އެގޮތް އޯކޭތަ؟"

ޝައިނާގެ ވާހަކައާ އިޝްވާ އެއްބަސްވިއެވެ. އޭނާހުރީ ޝައިނާ އެ އާއިލާއާ ގުޅުން ބަދަހިކުރަމުންދާތީ އެކަމާ ނުހަނު ހިތްހަމަޖެހިފައެވެ. ފޯނު ކަނޑައިލިއިރުވެސް އިޝްވާގެ މޫނުމަތިން ހިނިތުންވުން ފިލައިނުދެއެވެ. އެހެން އޮއްވައި ކޮޓަރީގެ ދޮރުގައި ޓަކިދިން އަޑު އިވުމާއެކު އިޝްވާ ހެވިފައިހުރެގޮސް ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައިހުރި ރާހިލް ފެނުމާއެކު ވަގުތުން މޫނުމަތީގައިވި ހިނިތުންވުން ފޮރުވައިލިއެވެ.

"ކައިފިންތަ؟" ރާހިލްގެ ސުވާލަށް އިޝްވާ މަޑުމަޑުން ބޯ ޖަހައިލިއެވެ.

"ސޮރީ އެނގޭ ދެންމެ ވީ ކަންތަކަށް.. ދަ ފުޑް ވޯޒް ގުޑް އިޓްސް ޖަސްޓް… ލީވް އިޓް.. އެއްވެސް ވަރަކަށް އިޝްކޮ ދެރަކޮށްލާކަށް ނޫން.." ރާހިލް ބުންޏެވެ.

"އިޓްސް އޯކޭ ދޮންބޭ.. އިޝީއަށް އެނގެޔޭ ވީގޮތް. ނެކްސްޓް ޓައިމް ރެސިޕީ ބަދަލުކުރާނަން..ޕްރޮމިސް" އިޝްވާ ހިނިތުންވެލިއެވެ.

"އޯކޭ.. އިޝީ ބޭނުންތަ މިއަދު ބޭރަށް ދާން؟ ލެޓްސް ގެޓް ސަމް އައިސްކްރީމް.. ނޫނީ ޒިވްޔަން ގާތަށް ގޮސްލަންވީނު" ރާހިލް ހުށަހެޅިއެވެ. އިޝްވާ ދެރަވެފައި ހުރެދާނެތީ އޭނާ ކަންބޮޑުވިއެވެ.

"ނޫން މިއަދު އިޝީ ކިޔަވާނީ.. ދޮންބެ ތި ދަނީ ދާންތަ؟" އިޝްވާ އެއްސެވެ.

"ގޮސްލަން ކަމަށް" ރާހިލް ބޯ ޖަހައިލިއެވެ.

"ދޮންބެ މަޑުކުރަންވީނު. މިބުނީ މިއަދު ނުދާންވީ ނޫންހޭ. އިޝީ ޓެސްޓް ނިންމާފަ އިޝީއާ އެއްކޮށް ދާން ހުރެބަ ޕްލީޒް" އިޝްވާ އަވަސް އަވަހަށް ބުންޏެވެ.

"އޯކޭ.." ރާހިލް މައްސަލައެއްނެތޭ ބުނާ ފަދައަކުން ދެކޮނޑު އަރުވައިލަމުން ބޯ ޖަހައިލިއެވެ. "ދެން ދޭ އެހެންވިއްޔާ ބަސްއަހައިގެން ކިޔަވަން. ފިހާރައަށް މިދަނީ.. ބޭނުންވާ ސްނެކްސް ޓެކްސްޓް ކޮށްލާ" ރާހިލް އެތަނުން ހިނގައިގަތުމުގެ ކުރިން ބުނެލިއެވެ. ރާހިލް އެދުނު ފަދައިން އޭނާ ފިހާރައިން ބޭނުންވާ އެއްޗެހީގެ ލިސްޓެއް ރާހިލްއަށް ފޮނުވައިލިއެވެ.

"ހަމަ އެއްކަހަލަ ދެމީހުން.. ސޯ ޑިފެރެންޓް ޔެޓް ސޯ ސޭމް" އިޝްވާ މޭޒުމަތީގައި ފޯނު ބޭއްވުމަށްފަހު ލެޕްޓޮޕާއި ފޮތްތަށް ހުޅުވައިލިއެވެ. އޭރުވެސް ޝައިނާއާ ރާހިލްގެ ކަންތައްތައް ހުރިގޮތާމެދު އޭނާއަށް ވިސްނެމުންދިޔައެވެ. މިޒާޖުގެ ގޮތުން ތަފާތުހެން ހީވި ނަމަވެސް ގޮތްދޫނުކުރުމާއި މީހުންނަށް އަޅައިލުމުގައިވެސް ޝައިނާއާއި ރާހިލްގެ އެއްވެސް ފަރަގެއް ނެތެވެ. ޝައިނާ އޭނާގާތުން މާފަށް އެދުމަށްފަހު ފޯނު ބޭއްވިތާ މިނެޓެއްވެސް ނުވަންދެން ރާހިލްވެސް އެއައީ އޭނާ ގާތުން މާފަށް އެދޭށެވެ. އޭނާ ދެރަވެދާނެތީ ދެމީހުންވެސް ތިބީ އެހާމެ ކަންބޮޑުވެފައެވެ. ރާހިލްގެ ކޮއްކޮގެ މަގާމުގައި ހުރިނަމަވެސް ޝައިނާގެ ފަރާތުންވެސް އިޝްވާއަށް ލިބެނީ އުފަން ކޮއްކޮއަކަށް ލިބިދޭފަދަ ލޯތްބެކެވެ. ވީއިރު އޭނާ އެއިން ވަކި މީހެއްގެ ފަޅި އިޚްތިޔާރު ކުރާނީ ކިހިނެއްހެއްޔެވެ.

****************

ހުޅުމާލޭގެ ގޮނޑުދޮށް ފަރާތުގައި ހަދައިފައިހުރި ލަގްޒަރީ އެޕަރޓްމެންޓްތައް ހުންނަ އިމާރާތުގެ ކުރިމައްޗަށް ކާރު ހުއްޓައިލުމާއެކު ޝައިނާ ކާރުން ފޭބީ ޔާނާއާއި ރާއީގެ އަތުގައި ހިފައިލައިގެނެވެ. ލިބިފައިވާ ނުތަނަވަސްކަމުގެ ސަބަބުން އިރުކޮޅެއް ވަންދެން ކުރިއަށް ފިޔަވަޅެއްވެސް އަޅައިލަން ނުކެރިފައި ހުއްޓައި ޔާނާ އޭނާގެ އަތުގައި ހިފައި ދަމަންފެށިއެވެ. ދެ ސިކުންތުވެސް އެއްތަނެއްގައި މަޑުކޮށްލައިގެން ހުރުމަކީ ޔާނާއަށް ހަމަ ނުވާކަމެއް ކަހަލައެވެ.

ޝައިނާ ދެތިން ފުންނޭވާއެއް ދޫކޮށްލުމަށްފަހު އެ އިމާރާތުގެ ތެރެއަށް ހިނގައިގަތް ނަމަވެސް ލިފްޓާ ދެމެދުގައިހުރި ބިއްލޫރި ދޮރުގެ އެކްސެސް ކާޑު ނެތުމާއެކު އެތެރެއަށް ވަދެވޭ ގޮތެއް ނުވިއެވެ. ދަބަހުން ފޯނު ނަގައި ޒީވާގެ ނުވަތަ ރިއާންގެ ނަންބަރެއް އޭގައިވޭތޯ ބަލައިލެވުމުގެ ކުރިން ލިފްޓުން ފޭބި ދެމަފިރިންނާ ކުޑަކުއްޖެއްގެ އާއިލާއެއް ނުކުތުމަށްޓަކައި އެ ބިއްލޫރި ދޮރު ހުޅުވައިލިއެވެ. ހީވާގޮތުން އެއީވެސް ހުކުރު ދުވަހުގެ ހަވީރު ފިނިކޮށްލަން ނުކުންނަ ކުޑަ އާއިލާއެކެވެ. ޝައިނާ އެމީހުންނަށް ހިނިތުންވެލުމަށްފަހު އެ ހުޅުވުނު ދޮރުން އެތެރެއަށްވަދެ ލިފްޓަށްއެރިއެވެ. ނުވަވަނަ ފަންގިފިލާއާ ހަމައަށް ދެވުނުއިރު އޭނާގެ ހިތުގެ ތެޅުން އަވަސްވެފައިވި މިންވަރުން އެ ހިތް މޭފަޅައިފައި ބޭރަށްވެސް ނުކުމެދާނޭ ހީވާކަހަލައެވެ. ޔާނާ ދައްކަމުންދިޔަ ބައެއް ވާހަކަތައް ސާފު ނުވިނަމަވެސް އެވާހަކަތައް އާނ ހޫން ލައްވަމުންގޮސް އޭނާ އެ އެޕަރޓްމެންޓްގެ ބެލް އަޅައިލިއެވެ.

——————–

"ރިއާން.. ދޭބަލަ ދޮރު ހުޅުވާލަން އިޝްކޮ ކަންނޭނގެ އެ އައީ"

އެޕަރޓްމެންޓްގެ ބެލް އަޑު އިވުމާއެކު ބެލްކަނީގައިހުރި ކުދި މާގަސްތަކަށް ފެންދޭން އުޅުނު ޒީވާ ރިއާންއަށް ގޮވައިލިއެވެ. އެ އަޑު އިވުމުން ޒިވްޔަންއާއެކު ކާޕެޓް މަތީގައި އިން ރިއާން އޭނާގެ ކޮނޑަށް ޒިވްޔަން އަރުވާލައިގެންހުރެ މަޑުމަޑުންގޮސް ގޭގެ ދޮރު ހުޅުވައިލިއެވެ. ފެނުނު މަންޒަރާއެކު ރިއާންއަށް ލިބުނު ސިހުމުގައި ޒިވްޔަންގެ ގައިންވެސް ދޫކޮށްނުލެވުނީ ހަމަ ކިރިޔާއެވެ. މިއީ އޭނާއަށް ފެންނަމުންދާ ބިލާހެއްހެން ހީވި ކަމުގައިވިޔަސް ދޮރުމަތީގައި މަޑުކޮށްލައިގެންހުރި ޝައިނާގެ އަތުގައި ހިފައިލައިގެންހުރި ދެކުދިން ފެނުމާއެކު ރިއާންއަށް އެއީ ހަގީގަތްކަން ގަބޫލުކުރަން މަޖުބޫރުވިއެވެ. ވަކިން ހާއްސަކޮށް ރާއީ ފެނުނު ވަގުތުން ފެށިގެން ރިއާންގެ ދުލުގައިވަނީ ތަޅެއް ލެވިފައެވެ. އެތެރެއިން ޒީވާ ގޮވައިލުމުން އެއަށް އިޖާބަދޭން އަނގަ ހުޅުވައިލިއެއްކަމަކު އޭނާގެ އަޑެއް ނުނިކުތެވެ.

"ރިއާން.. ކިހިނެއްތަ؟ ޒީ އެބަ އުޅޭތަ؟" ޝައިނާގެ އަޑަށް ރިއާން އަނެއްކާވެސް ރާއީގެ މޫނުން ނަޒަރު ވަކިކޮށްލުމަށްފަހު ޝައިނާއަށް ބަލައިލިއެވެ. އެހެނަސް ދެންވެސް އޭނާއަކަށް ވާހަކަދެއްކޭ ގޮތެއްނުވިއެވެ. އެހެން ހުއްޓައި އޭނާގެ ފަހަތުން ޒީވާގެ ފިޔަވަޅުތަކުގެ އަޑު އިވެން ފެށިއެވެ.

"ކިހިނެއްވީތަ ދޮރުމަތީގަ ތި ތިބެ— ޝަ.. ޝައި؟" ރިއާންގެ ހިލަމެއް ނުވެގެން އެތަނަށް އައި ޒީވާއަށް ޝައިނާ ފެނިފައި ލިބުނު ސިހުން ވަކި ކުޑައެއް ނުވިއެވެ. ގަބޫލުނުކުރެވިފައިހުރެ އޭނާއަށް ޝައިނާގެ ބޮލުން ފެށިގެން ތިރިއަށް ނަޒަރު ހިންގައިލެވުނުއިރު އެތަނުގައިތިބި ދެކުދިންގެ ތެރެއިން ރާއީ ފެނުމާއެކު ހަމަރަނގަޅަށްވެސް ދެލޯ ބޮޑުކޮށްލެވުނެވެ.

"އަހަހަހަ.. މަންމީ.. ކީއްވެ ހުރިހާ މަންމިގެ ފްރެންޑްސް މަންމި ފެނުނީމަ ޝޮކްޖެހެނީ؟" ޔާނާ ތުއްތު އަޑަކުން އެ ސުވާލުކޮށްލުމަށްފަހު އަނގަމަތީގައި އަތްއަޅައި ހޭންފެށިއެވެ. ޔާނާގެ އެ ސުވާލާއެކު ޝައިނާއާއި ޒީވާގާތަށްވެސް ހިނިއައެވެ. އެވަގުތު ޒިވްޔަން ރިއާންގެ ކަންފަތުގައި ހިފައި ދަމަންފެށުމުން ރިއާން ޒިވްޔަން ތިރީގައި ބެހެއްޓިއެވެ.

"ދެން ބޭރުގަތަ ބައިތިއްބަނީ ޒީވް.. ބުނޭ ވަންނާށޭ" އެތެރެއަށް ދުއްވައިގަތް ޒިވްޔަންގެ ފަހަތުން ހިނގައިގަންނަމުން ރިއާން ޒީވާގެ ކަންފަތްދޮށުގައި ބުންޏެވެ.

"ވަ..ވަދޭ.. ޝައި.." ރިއާން ބުނި ފަދައިން ޒީވާ ދޮރުގެ އެއްކައިރިއަކަށް ޖެހިލުމަށްފަހު ޝައިނާމެން އެތެރެއަށް ވަނުމަށްޓަކައި ތަންްދެއްކިއެވެ.

ޖެހިލުންވެފައިހުރި ޝައިނާ އެތެރެއަށް ވަނުމަށްފަހު އަވަސްވެގަތީ އެ ދެކުދިން ލައިގެންހުރި ބޫޓު ނައްޓައިދިނުމަށެވެ. އެގޮތުން އޭނާ އެންމެ ފުރަތަމަ ޔާނާގެ ބޫޓު ނައްޓައިދިނީ ދެންމެ ދެންމެ ޔާނާ އެ ބޫޓާއެކު ގޭތެރެއަށް ދުއްވައިގެންފާނެހެން ހީވުމުންނެވެ. އެހެނަސް ޔާނާގެ ބޫޓު އެއްފަރާތެއްގައި ބެހެއްޓުމަށްފަހު ރާއީހުރި ފަޅިއަށް އެނބުރުމާއެކު އޭނާއަށް ލިބުނީ ހައިރާންކަމެކެވެ. އޭރު ރާއީގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިލައިގެން އިން ޒީވާ އެބޫޓު ނައްޓައިލުމަށްފަހު ޝައިނާގެ އަތަށް ދިއްކޮށްލަނީއެވެ. ޔާނާގެ ބޫޓު ކައިރީގައި އެ ބޫޓުވެސް ބެހެއްޓުމަށްފަހު ޝައިނާ އެ އިންތަނުން ތެދުވިއެވެ. އަދި ޔާނާއާއި ރާއީގެ އަތުގައި ހިފައިގެންހުރެ ކުރިއަށް ހިނގައިގަތެވެ.

"އާދޭ ޝައި.. އިށީނދޭ" ޒީވާ އެތަނުގައިހުރި ސޯފާ ގޮނޑިތަކަށް އިޝާރާތްކޮށްލަމުން ބުންޏެވެ.

ޝައިނާއެކޭ ޗާބީ ދީފައިހުރި ބުދެކޭ ތަފާތެއްނެތެވެ. އެހާ ގިނަދުވަހަށްފަހު ޒީވާއާ ބައްދަލުވުމުން ކަމެއް ކުރަންވީގޮތެއް އަދި ދައްކަންވީ ވާހަކައެއްވެސް އޭނާއަކަށް ނޭނގުނެވެ. އަދި ޒީވާހުރީ އޭނާދެކެ ރުޅިއައިސްފައިކަމެއް ނުވަތަ ނޫންކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. ވީއިރު އެންމެ މޮޅު ގޮތަކީ ޒީވާ ބުނިކަމެއް ބުނިގޮތަކަށް ކުރުން ކަމުގައި ޝައިނާއަށް ގަބޫލުކުރެވުނެވެ.

"ސައި.. ސައިބޯންވީނު. ކޯ.. ކޯއްޗެއް ކުދިންނަށް ގެންނަންވީ؟" ޒީވާގެ އަޑުގެ އިތުރުން އޭނާގެ ހަރަކާތްތަކުގައިވެސް މަޑު ތުރުތުރުކުމެއް ހުއްޓެވެ.

"ޒީއަށް ފެންނަ އެއްޗެއް އޯކޭވާނެ" ޝައިނާ ހިނިތުންވެލަން މަސައްކަތްކުރަމުން ބުންޏެވެ.

ޒީވާ އެންމެ ފަހަރަކުވެސް ޝައިނާގެ މޫނަށް ބަލައިލުމެއްނެތި އަވަހަށް ބޯ ޖަހައިލުމަށްފަހު ބަދިގެއާ ދިމާލަށް ހިނގައިގަތެވެ. ޒީވާގެ އެ ބީރައްޓެހިކަމުގެ ސަބަބުން ޝައިނާގެ ގާތުގައިތިބި ރާއީގެ އިތުރުން ޔާނާވެސް އިނީ އާދަޔާ ހިލާފަށް މަޑުންނެވެ. އިޝްވާއާ ދިމާވިދުވަހު ޔާނާގެ ފަރާތުން ފެނުނު އެކުވެރިކަމެއް ޒީވާއާ ދިމާވުމަކުން ނުފެނުނެވެ. އެނުތަނަވަސްކަން އެތަނުގައި އިން ރިއާންއަށް ފާހަގަވީ ކަންނޭނގެއެވެ. އޭނާ ޒިވްޔަން މެދުވެރިކޮށް އެމީހުންނާ ވާހަކަދައްކަން މަސައްކަތްކުރިއެވެ.

"ބަލަ. އެހެރީ ކޮއްކޮގެ ކަޒިންސްތަކެކޭ.. ހިނގާބަލަ ހައި ކިޔާލަން." ޒިވްޔަންގެ އަތުގައި ހިފައިގެންހުރެ ރިއާންގޮސް ޝައިނާމެން ގާތަށް ހުއްޓިލިއެވެ.

"ހާއި." ޒިވްޔަން ހަމަ ސީދާ ރިއާން އެދުނު ފަދައިން "ހާއި" ބުނެލުން ފިޔަވައި އިތުރު އެއްޗެއް ނުބުނެއެވެ.

"ހާއި… މިއީ ކޮންކުއްޖެއްތަ؟" ޝައިނާ މަޑުމަޑުން ޒިވްޔަންގެ ކޮލުގައި އަތްޖަހައިލަމުން ހިނިތުންވެލިއެވެ.

"ޒިވްޔަން"

"ޒިވްޔަން.. މިއީ ޔާނާ އެންޑް ރާއީ އެނގޭ. ކޮބާ ދަރިފުޅުމެން އަވަހަށް ހައި ކިޔާލަބަ ޒިވްޔަންއަށް. މިއީ ދަރިފުޅުމެންގެ ކަޒިންއެކޭ" ޝައިނާ ބުނެލިއެވެ. އެއާއެކު ޔާނާއާއި ރާއީވެސް ޒިވިޔަންއާ ސަލާންކޮށްލިއެވެ.

"ޒިވްޔަން ކިތަށް އިޔަރޒް" ޔާނާ އަހައިލިއެވެ.

"ފައިވް" ޒިވްޔަން ޖަވާބުދިނެވެ.

"އޯހް. ޔާނާވެސް ފައިވް. ދޮންބެވެސް ފައިވް." ޔާނާގެ ވާހަކަތައް ފެށޭކަށް މާ ގިނައިރެއްނުވިއެވެ.

"ބޭނުންތަ ލެގޯ ކުޅެން" ޒިވްޔަން އަހައިލީ އެތަނުގައިހުރި ރާއީ ގާތުގައެވެ.

"ދޮންބެ ޓޯކްއެއް ނުކުރާނެ އެއްވެސް ކުއްޖަކާއެއް" ޔާނާ ބުންޏެވެ.

"ނޯ.. ޓޯކް ކުރަން" ރާއީ ވަގުތުން ޔާނާގެ ވާހަކައާ ދެކޮޅުހެދިއެވެ.

"ދަރިފުޅު ދޭބަލަ ޔާނާއާއި ރާއީއާ ދެކުދިން ގޮވައިގެން ކުޅެލަން އެނގޭ.. ބައްޕި އެބަ އަންނަން" ރިއާން ޒިވްޔަންގެ ކޮނޑުގައި އަތްޖަހައިލަމުން ބުންޏެވެ.

"އާދޭ ޔާނާ. އާދޭ ރާއީ" ޒިވްޔަން ގޮވައިލުމުން ޒިވްޔަންއާއެކު ހަމައެކަނި ދިޔައީ ޔާނާއެވެ. އެކަމާމެދު މާބޮޑަށް އަޅައިނުލައި ރިއާން އެތަނުގައިތިބި ޝައިނާމެނަށް ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ދެން ހިނގައިގަތީ ޒީވާ ހޯދުމަށެެވެ.

"ދަރިފުޅުވެސް ދޭބަލަ. ޒިވްޔަންއާ ފްރެންޑްސް ވާންވާނެ އެއްނު" ޝައިނާ ގަދަކަމުންކަހަލަ ގޮތަކަށް ރާއީވެސް އެތަނުން ފޮނުވައިލިއެވެ.

ރިއާން ދިޔައިރު ޒީވާ ހުރީ ކިޗަން އައިލަންޑް ނިމޭ ހިސާބުގައި ހުރި ތަނބުދޮށުގައި ނިވާވެލައިގެނެވެ. ރިއާންއަށް ޒީވާ ފެނުމާއެކު ވަގުތުން އެ މޫނުގައިވި އަސަރުތައް އޭނާއަށް ނަގައިގަނެވުނެވެ. ތުން ފިއްތައިލައިގެން ހުރިގޮތުން ޒީވާ ހީވަނީ ހަމަ ކުއްލިއަކަށް ރޮއެގެންފާނެހެނެވެ.

"ބޭބް.." ރިއާން ޒީވާގެ އަތުގައި ހިފައި އޭނާއާ ގާތަށް ދަމައިލިއެވެ.

"ރިއާން.. ޝައި–" ރިއާންގެ ގައިގައި ބައްދައިލިއިރު ޒީވާގެ އަޑު ހަމަ ރަނގަޅަށްވެސް ކަނޑައިގެން ހިނގައްޖެއެވެ. ދެން އިވެންފެށީ އޭނާގެ މަޑު ގިސްލުމުގެ އަޑެވެ.

"ޝައި.."

"ޝްޝްޝް. އިޓްސް އޯކޭ.. ޒީވް ނުބުންޏަސް އަހަރެންނަށް އެނގެޔޭ.." ރުއިމުގެ ތެރެއިން ޒީވާ ދައްކަންއުޅުނު ވާހަކަ މެދުކަނޑައިލަމުން ރިއާން ބުންޏެވެ. އަދި ލުއިލުއިކޮށް ޒީވާގެ އިސްތަށިގަނޑުގައި ތުންފަތް ޖައްސައިލަމުން އިތުރަށް ޒީވާގެ ހަށިގަނޑު އޭނާގެ މޭގެ ތެރޭގައި ބޮނޑިކޮށްލިއެވެ.

ޒީވާއާއި ރިއާންގެ ހިލަމެއްނުވެ ގިނައިރުވަމުންދާތީ ޝައިނާ އިނީ އިންތިހާއަަށް ހާސްވެފައެވެ. އެގެއިން އޭނާއަށް ލިބެމުންދިޔައީ އޭނާ އުއްމީދު ކުރިކަހަލަ މަރުހަބާއެއް ނޫނެވެ. އޭނާއަށް އޭރު އިނދެވުނީ ހަމަ ރަނގަޅަށްވެސް އެގެއަށް އާދެވުނު މޮޔަ ހިތަށް އަރައިފައެވެ. ނުކުމެގެން ދާން ހިތަށް އެރިއެއްކަމަކު އެ ހިތްވަރެއްވެސް ނުލިބުނެވެ. މިހާ ހިތްވަރާއެކު މިހިސާބަށް އާދެވުމަށްފަހު ފަހަތަށް ޖެހޭކަން އޭނާ ބޭނުމެއްނުވިއެވެ. އެހެންކަމުން ޝައިނާ ނިންމީ އިތުރަށް އެތަނުގައި މަޑުނުކޮށް ޒީވާއާ ވާހަކަދައްކައިލަން ދިޔުމަށެވެ.

ލަސްފިޔަވަޅުތަކެއްގައި އޭނާގޮސް އެ އެޕަރޓްމެންޓްގެ ބަދިގެ ހުރި ހިސާބާ އަރައި ހަމަވި ވަގުތު އެތަނުގައިހުރި ތަނބުގެ އަނެއްފަރާތުން އިވުނު ޒީވާގެ ގިސްލުމުގެ އަޑަށް އޭނާގެ ފިޔަވަޅުތައް ހުއްޓުންއެރިއެވެ. އިސާހިތަކު އޭނާގެ ދެލޯވެސް ފެންކަޅިވާން ފަށައިފިއެވެ. އެހެނަސް އޭނާ އަމިއްލަ ނަފްސު ކޮންޓްރޯލް ކޮށްލުމަށްފަހު އެ ކަރުނަތައް ހިންދައިލަމުން އެމީހުންގެ ސަމާލުކަން ހޯދުމަށްޓަކައި ކަރުކެހިލިއެވެ. އެއާއެކު ރިއާން އެ ތަނބާ ދުރަށް ޖެހިލުމަށްފަހު ލޮލުގެ އިޝާރާތުން ޒީވާގާތަށް އައުމަށް ޝައިނާގާތު ބުންޏެވެ. ޝައިނާ ގޮސް ޒީވާގެ ގާތަށް ހުއްޓުނުއިރުވެސް ޒީވާގެ ގިސްލުން ހުއްޓޭގޮތެއްނުވިއެވެ. ޖެހިލުންވެފައި ހުރެނަމަވެސް އޭނާ ހިތްވަރުކޮށްފައި ޒީވާގެ ގައިގައި ބައްދައިލިއެވެ.

"ޒީ.. އައިމް ސޮރީ.." ޝައިނާގެ އަޑުވެސް ކުރެހެންފެށިއެވެ.

"ޔޫ ލެފްޓް އަސް" ޒީވާގެ އަޑުގައިވަނީ އިންތިހާ ދަރަޖައިގެ ޝަކުވާއެވެ.

"އައިމް ސޮރީ ޒީ.. އައިމް ސޮރީ ޒީގާތު އެެއްވެސް ވާހަކައެއް ކިޔައިނުދީ ދާން ޖެހުނީމަ. އައިމް ސޯ ސޮރީ ފޯރ އެވްރީތިންގް.. ފޯރ ރުއިނިންގް އަވަރ ފްރެންޑްޝިޕް.. ފޯރ މެރީއިންގް ހިމް" ޝައިނާ ބުންޏެވެ. ޒީވާގެ ފަރާތުން ވަކި ރައްދެއް ނުލިބުނެވެ. ރުއިން ހަމައަކަށް އެޅުމުން އޭނާ ޝައިނާގެ ގައިން ދޫކޮށްލިއިރު އެ މޫނުމަތީގައިވަނީ ހަމަޖެހުމުގެ އަސަރުތަކެވެ.

"ދޮން.. ދޮންބެއާ ދިމާވެއްޖެތަ؟" ޒީވާ ނޭފަތް ދަމައިލަމުން ސުވާލުކޮށްލިއެވެ. އޭނާ މޭޒުކައިރިއަށް ޖެހިލީ ޝައިނާމެނަން ސައި ހެދުމަށެވެ.

"އަދި އިޝްކޮއާ އެކަނި ދިމާވީ.." ޝައިނާ ބުންޏެވެ.

"ރިއަލީ؟ އިޝީ ނުވެސް ބުނޭ.." ޒީވާ ހިނިތުންވެލިއެވެ.

"އަހަރެން ބުނީ އިޝީގާތު އެއްވެސް މީހަކަށް އަދި ނާންގަން.. އިޝީއާ ދިމާވީ ދެތިން ހަފްތާ ކުރިން.. އަސްލު ޔާނާ.." ޝައިނާ ކުރުގޮތަކަށް އިޝްވާއާ ބައްދަލުކުރަން ޖެހުނު ސަބަބާއި ދެކެވި ދިޔަ ވާހަކަތައް ޒީވާއަށް ކިޔައިދިނެވެ.

"ތީގެ މާނައަކީ އަހަރެންވެސް އަދި ދޮންބެއަށް މިކަން ނާންގާށޭދޯ؟" ޒީވާގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިގޮސް ނިތަށް ރޫތަށް ޖަމާވިއެވެ.

"ޒީ.." ޝައިނާ މާޔޫސްވެފައި ގޮވައިލިއެވެ. އެ މޫނުން ހާސްކަމުގެ އަސަރު ފާޅުވާންފެށިއެވެ.

"އަހަރެން.. އަހަރެން ހުރެފާނަމޭ ނުބުނެ. އެކަމަކު ރިއާން.. ރިއާން ހިއެއްނުވޭ ތިކަމާ އެއްބަސްވާނެހެނެއް" ޒީވާ ތެދުތެދަށް ޖަވާބުދިނެވެ.

"އަޅެ ޕްލީޒް" ޝައިނާ ޒީވާގެ ގާތަށް ޖެހިލަމުން އާދޭހުގެ ރާގެއްގައި ގޮވައިލިއެވެ.

"އޯކޭ އޯކޭ. އަހަރެން ބަލާނަން ރިއާން އެއްބަސް ކުރެވޭތޯ. އެކަމަކު އެއްވެސް ޔަގީންކަމެއް ނުދެވޭނެ އެނގޭ." ޒީވާ އިންޒާރެއްދޭ ފަދައަކުން ބުންޏެވެ.

"ޒީ ޓްރައި ކޮށްދެންޏާ އޯކޭ. މިހާރު އެނގޭ ޒީގެ މެޖިކް ރިއާންއަށް ޖެއްސޭނެކަން" ޒީވާގެ ކޮނޑުގައި އަތް އަޅުވައިލަމުން ޝައިނާ އެއްލޯމަރައިލިއެވެ.

"އެއްކަލަ ޝައި" ޒީވާގެ މޫނަށް ލަދުން ޖަންބުކުލަ ވެރިވިއެވެ.

"ޒިވްޔަންއާ ދިމާވި. ޒީއާ ދޯ ބޮޑަށް ވައްތަރީ؟" ޝައިނާ ބުންޏެވެ.

"އަދި އެހާ ކުޑައިރު ކިހިނެއްތަ ވައްތަރީ ކާކާކަން އެނގޭނީ" ޒީވާ ބުންޏެވެ.

"އެނގޭނެ މިހާރު. އަޅެ ރާއީ ބަލާބަލަ" ޝައިނާ ބުންޏެވެ.

"އާން. ސުބްހާނައްﷲ ހާދަ ވައްތަރޭ ދޯ. ހަމަ ކަރބަން ކޮޕީއެއްހެން ހީވަނީ ދޮންބެގެ. އަހަރެންވެސް ރިއާންވެސް ހުރީ ހައިރާންވެފަ. އެކަމަކު ޔާނާ ވައްތަރީ ބޮޑަށް ޝައިއާއެއްނު" ޒީވާ ބުންޏެވެ.

"ތިއީ ދެން އަހަރެން ދެރަވެދާނެތީ ބުނި އެއްޗެއްތަ؟" ޝައިނާ އަހައިލިއެވެ.

"ނޫނޭ. ހަމަ ޝައި ގެ ސްކިން އެންޑް އައިޒް. ތަފާތެއްވެސް ނެތް." ޒީވާ ބުންޏެވެ.

"އާނ ދެން ކަރބަން ކޮޕީއަކަށް ނުވިޔަސް ކޮންމެވެސް ވަރެއް ވިކަންވެސް ރަނގަޅުތާ ދޯ." ޝައިނާ ބުންޏެވެ.

ދެ އެކުވެރިންގެ ދެމެދުގައި އޮތް ޒަމާނީ އެކުވެރިކަމުގެ ކުލުނު އިއާދަވާކަށް މާ ގިނައިރެއް ނުނެގިއެވެ. ސައި ހަދައިގެން ސިޓިންގްރޫމަށް ނުކުތްއިރު ޔާނާއާއި ރާއީ އަދިވެސް އިނީ ޒިވްޔަންއާއެކުގައި ކުޅޭށެވެ. ޝައިނާގެ ހިތަށް އާދަޔާހިލާފު ފިނިކަމެއް ލިބުނީ ރާއީގެ ފަރާތުން އެހެންޏާ ނުފެންނަފަދަ އުފާވެރިކަމެއް ފެންނަން ހުރުމުންނެވެ. ޒިވްޔަންއާއެކު ލެގޯއާ ގުޅޭ އެކި ވާހަކަތައް ދައްކަމުންދިޔައިރު އެއީ އާދަޔާހިލާފަށް ބަސްމަދު ކުއްޖެކޭ ބުނާނެ އެކަކުވެސް ނުހުންނާނެއެވެ. އެހެން ފަހަރުތަކާ ހިލާފަށް އެތަނުގައި ބާކީވެފައި އިން ކުއްޖަކީ ޔާނާއެވެ. އެހެންކަމުން ފޫހިވެފައި އިން ޔާނާއަށް ޝައިނާ ފެނުމާއެކު ދުވެލައިފައި އައިސް ޝައިނާގެ އަތުތެރެއަށްވަނެވެ.

"ޒިވްޔަންއާ ދޮންބެއާ ދެކުދިން ޔާނާ ނުލާ ކުޅެނީ" ޔާނާ ބޮޑާ ހާކަން ފެށިއެވެ.

"އަޅޭ. ޒިވްޔަން ދަރިފުޅޫ ކީއްވެ ޔާނާ ނުލާ ކުޅެނީ؟" ޒީވާ ގޮވައިލިއެވެ.

"ޔާނާއަކަށް ނޭނގެޔޭ މަންމީ" ޒީވާގެ ވާހަކައަށް މާބޮޑު ފަރުވާލެއްނުދީ ޒިވިޔަން ބުންޏެވެ.

"ބަހައްޓާ އެ ދެކުދިން.. ޔާނާ ހިނގާ ދޮންތިއާއެކު ކުޅެން ދޯ" ޔާނާގެ އަތުގައި މަޑުމަޑުން ހިފައިލަމުން ޒީވާ ބުންޏެވެ.

"ދޮންތި؟" ޔާނާ ސުވާލު އުފެދިފައިހުރެ ޝައިނާއަށް ބަަލައިލިއެވެ.

"މިއީވެސް ޔާނާގެ އާންޓްއެކޭ.. އިޝީ އާންޓީގެ ސިސްޓަރއެއް މިއީ" ޝައިނާ ބުނެލިއެވެ.

"އޯހް ބައްޕިގެ ސިސްޓަރއެއްތަ؟" ޔާނާގެ ސުވާލާއެކު ޒީވާއަށް ޝައިނާގެ މޫނަށް ބަލައިލެވުނެވެ. ޝައިނާ ހިނިތުންވެލަމުން އެ ސުވާލަށް ބޯ ޖަހައިލިތަންފެނި ޒީވާގެ ތުންފަތައްވެސް ހިނިތުންވުމެއް ވެރިވިއެވެ.

"އެކަމަކު ޔާނާ ބޭނުމޭ ޒިވްޔަންއާ ފްރެންޑްސްވާން މަންމީ" ޔާނާގެ ބޮޑާހޭކުން ނިމުމަކަށްނައެވެ.

"ދަރިފުޅުވެސް އަދި ފްރެންޑްސް ވާނެއޭ ޒިވްޔަންއާ.. އިހަށް ބަލާބަލަ. ދަރިފުޅު ހެޕީއެއްނޫންތަ ދޮންބެއަށް ފްރެންޑެއް ލިބުނީމަ" ޝައިނާ އަހައިލިއެވެ.

"ހެޕީ އެކަމަ–"

"ޒީ!!" ޔާނާގެ ވާހަކަ މެދުކެނޑުނީ ކުއްލިއަކަށް ޝައިނާ ކަމެއް ހަނދާންވިފަދައިން ޒީވާއަށް ގޮވައިލުމުންނެވެ. "ރިއާން!" ޝައިނާއަށް އެތަނުގައި ރިއާން ނެތްކަން ރޭކައިލީއެވެ.

ޒީވާ ލޮލުގެ އިޝާރާތުން ޝައިނާގާތު ހަމަޖެހޭށޭ ބުނުމަށްފަހު ރިއާން ހޯދުމަށްޓަކައި ކޮޓަރިއަށް ހިނގައިގަތެވެ. އޭރު ރިއާން ކޮޓަރީގެ ދެފަރާތަށް ކުރުކާލިކަނޑަމުން ދިޔައިރު އަތުގައި އޮތް ފޯނުން އޭނާ ރާހިލްއަށް ގުޅަމުންދިޔައެވެ. ޒީވާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ދުރު ފިޔަވަޅުތަކެއްގައިގޮސް ރިއާންގެ އަތުގައި އޮތް ފޯނު އަތުލުމަށްފަހު ކޯލު ކަނޑައިލަމުން އެނދުމައްޗަށް ފޯނު ހޫރައިލިއެވެ.

"ވަޓް ދަ– ބޭބް؟ ތި ކޮންކަމެއް؟" ރިއާންހުރި ހަމަ ރަނގަަޅަށްވެސް ވާނުވާގައެވެ.

"ޝައި ބުނީ އަދި ދޮންބެއާ ކުރިމަތިލާކަށް ތައްޔާރެއް ނޫނޭ.. އަހަރެން ޝައިއަަށް ވައުދުވިން.. އަހަރުމެންގެ ފަރާތުން މިކަން ނޭނގޭނެކަމަށް.. އެހެންވީމަ ރިއާންވެސް މި ވާހަކަ ބުނެގެން ނުވާނެ" ޒީވާ ބުންޏެވެ.

"ވަޓް؟؟ ޒީވްއަށް ތި ކިޔޭ އެއްޗެއް އެބަ އެނގޭތަ؟" ރިއާންއަކަށް ޒީވާގެ ވާހަކަތައް ގަބޫލެއް ނުކުރެވުނެވެ.

"ރިއާން ޕްލީޒް.. ނޮޓް އަ ވޯރޑް" ޒީވާ އެދުނެވެ.

"އެކަމަކު މިއީ ރާހިލްގެ މުޅި ލައިފް ބަދަލުވާނެވަރުގެ ކަމެކޭ. މިވަރުކަމެއް ރާހިލްއަށް ސިއްރުކުރަން ހެޔޮވާނެތަ؟ އަހަރެންނަކަށް ނުވާނެ!" ރިއާން ބުންޏެވެ.

"އެއީ ކީއްވެ؟ ބުނެބަލަ! ކީއްވެ ނުވާންވީ؟ ރިއާން ހަނދާނެއް ނެތްތަ މީގެ ކުރިން އަހަރެންގާތު ދޮންބެއާ ޝައިއާ ދެމީހުންގެ ކައިވެނީގެ ވާހަކަ ނުބުނެ ސިއްރުކޮށްގެން އުޅުނު ހަނދާން. އެވަރުބޮޑު ކަމެއް އަހަރެންނަށް ސިއްރުކުރެވޭ މިވަރު ކުޑަ ކަމެއް ދެން ދޮންބެއަށް ސިއްރު ނުވާނެތަ؟" ޒީވާ ގާތަށް ރުޅިއަންނަން ފެށިއެވެ.

"ފޯ ގޯޑްސް ސޭކް ޒީވާ! ތި ސިއްރުކުރަން ބުނަނީ ކުޑަކަމެއް ނޫނޭ! އެންޑް އޭރުވެސް މިހާރުވެސް އެއީ ރާހިލްގެ ލައިފްއޭ. ރާހިލްއަށް ނޭނގި އެހެން ކާކަށްތަ ޝައިނާގެ އެއްވެސް ކަމެއް އެނގެން ޖެހެނީ؟" ރިއާންއަކަށް ޒީވާގެ ބަހަކާ އެއްބަސްވެވޭގޮތެއް ނުވިއެވެ.

"އިޝީއަށްވެސް އެނގޭޔޭ ޝައި އައިސްފިކަން. މާ ކުރިއްސުރެންވެސް އެނގޭ. މިހާރު އަހަރުމެން ގާތަށްވެސް އެ އައީނު. އަދި ދޮންބެއާވެސް ބައްދަލުކުރާނެއޭ. ޖަސްޓް ގިވް ހަރ ސަމް ޓައިމް ޕްލީޒް.." ރިއާންގެ ކަނދުރާގައި ދެއަތް އަޅުވައިލަމުން ޒީވާ މަޑުމަޑުން ބުންޏެވެ. ރިއާން ފުންނޭވާއެއް ދޫކޮށްލުމަށްފަހު ޒީވާއާ ހަތަރުކަޅި ހަމަކޮށްލިއެވެ.

"ނޯ. ނޮޓް ހެޕެނިންގް. ޑޯންޓް ލުކް އެޓް މީ ލައިކް ދެޓް!" ރިއާން ބުންޏެވެ.

"ޕްލީޒް ލަވް." ޒީވާ ތަކުރާރުކޮށް އެދުނެވެ.

"ނޯ.. ޔޫ ކާންޓް މެނިޕިއުލޭޓް މީ އިންޓު ދިސް ބުލްޝި– އަގްހް ފައިން ބަޓް ސްވެއަރ ޓު ގޯޑް އިފް ދިސް ބެކްފަޔަރޒް–"

"ތެންކްޔޫ ސޯ މަޗް ލަވް.. ތެންކްޔޫ ތެންކްޔޫ ތެންކްޔޫ!!" ޒީވާ ދެތިން ފަހަރަކު ރިއާންގެ ކޮލަށް ބޮސްދިނުމަށްފަހު ދުރަށްޖެހިލީ އެވަގުތު ރިއާންގެ ފޯނު ރިންގުވާން ފެށުމުންނެވެ. ފޯނަށް އަރައިފައިވާ ރާހިލްގެ ނަން ފެނުމާއެކު ރިއާން ޒީވާއަށް ބަލައިލަމުން ބުމަ އަރުވައިލިއެވެ.

"ކޮންމެވެސް އެއްޗެއް ކިޔައިގެން ހަމަޖައްސާލަބަ އެނގޭ.. އައި ލަވް ޔޫ" ކޮޓަރިން ނުކުތުމުގެ ކުރިން ޒީވާ ބުންޏެވެ. ރިއާން ދެފަރާތަށް ބޯ ހޫރައިލުމަށްފަހު ފޯނު ނަގައި ކަންފަތުގައި ޖަހައިލަމުން ރާހިލްގެ ކޯލަށް ޖަވާބުދިނެވެ.

← Back to Story ← Previous Next →

How did you like this episode?

Reader Comments (0)

Share Your Thoughts

No comments yet

Be the first to share your thoughts about this episode!