Episode 15
ބުނާށޭ ލޯބި ނުވަނީހޭ. (15 ވަނަބައި)
"އެއީ ކޮންމެހެން ލާޒިމު ކަމެއްތަ؟ މައި.. އަހަރެން މައިދެކެ ލޯބިވޭ.. ވަރަށް ވަރަށް.." މިފަހަރު އިވާންގެ ދުލުން އިވުނު ޖުމުލައާއެކު މައިރާގެ ހިތުގެ ތެޅުންވެސް ހިނދުކޮޅަކަށް މަޑުޖެހިލިއެވެ. އިވާން އޭނާއާމެދު ބަހައްޓާ ގާތްކަމާއި އޯގާތެރިކަމަށް ދެވޭނެ އެންމެ ފުރިހަމަ ނަމަކީ ލޯބިކަން ޙުދު މައިރާއަށްވެސް އެނގެއެވެ. އެހެނަސް އިވާންގެ ދުލުން އެކަމަށް އިގުރާރުވުމުން މައިރާއަށް ކުރެވުނު އިހުސާސް ވަރަށްވެސް ތަފާތެވެ.
"މައި.. ތެދަށް ބުނަންޏާ.. ދުވަހަކުވެސް ހަޔާތުގަ އެހެން މީހަކު މުހިއްމު ނުވާވަރަށް އަހަރެންނަށް މައި މުހިއްމުވެއްޖެ. މައިގެ ކޮންމެ މިޒާޖެއް އަދި ކޮންމެ އުނި ސިފައަކާއެކު އަހަރެން މިހިރީ މައި ގަބޫލުކުރަން ތައްޔާރަށް.. އެހެންވީމަ އަހަރެން އިތުރަށް ދަސްކުރަން ޖެހޭ އެއްޗަކަށް އޮންނާނީ މައިގެ މާޒީ.. އެކަމަކު އެ މާޒީއަކީ އަހަރެންގެ ކޮންޓްރޯލުގެ އޮތް އެއްޗެއްނޫން. ވެ ނިމިފައިވާ ކަމަކާމެދު ވިސްނަންވީ ކީއްވެ؟ އަހަރެން ބޭނުންވަނީ މައިގެ ޕާސްޓެއްނޫން.. ފިއުޗަރ.. މައިއާއެކު މުސްތަޤްބަލެއް ލިޔަން ބޭނުމީ.. އެހެންނޫނަސް ކޮން ފޮތެއްގަތަ ލިޔެފަ އޮތީ. އަހަރުމެންނަށް އެކެއް އަނެކެއްގެ ލައިފް ދަސްކޮށް ޓެސްޓް ހަދައިގެން ފާސްވެގެން ނޫނީ މެރީ ނުކުރެވޭނެއޭ؟ އިޝްގީ ލޯބީގެ އަތްމަތީ ފޮތުގަތަ؟" އެހާ ސީރިއަށް ވާހަކައެއްގެ ތެރެއިންވެސް މައިރާ ހެއްވައިލުމުގައި އިވާން ކާމިޔާބު ހޯދި އެވެ. އެފަދަ ސަމާސާ ކުރުމަކީ އިވާންގެ މިޒާޖުގައި ހުންނަކަމެއް ނޫން ނަމަވެސް މުޅި ދުނިޔެއަށް ފެންނަ އިވާންގެ މިޒާޖާއި މައިރާއަށް ހާއްސަކުރެވިފައިވާ މިޒާޖު ހާސްބައި ތަފާތެވެ.
"ފޮތެއްގަ ލިޔެފަ ނެތަސް އެއީ އެންމެންވެސް ފޮލޯކުރާ ބޭސިކް ރޫލް އެކޭ.. ކައިވެންޏަކާ ހިސާބަށް ދެވޭނީ އެކަކު އަނެކަކު ރަނގަޅަށް ދަސްވީމަ. އިވާން ކަހަލަ ރޫލްސް ފޮލޯކުރާ މީހަކަށް އެވަރު އެނގެންވާނެއެއްނު" މައިރާވެސް އިވާންގެ ސަމާސާގައި ބައިވެރިވި އެވެ. ގަބޫލުކުރަން ބޭނުން ނުވިނަމަވެސް އިވާންގެ ވާހަކަތަކުން މައިރާގެ ހިތަށް އުފާވެރިކަން ލިބެމުން ދިޔަކަމާމެދު ދެބަސްވެވޭކަށް ނެތެވެ. އެއީ ވަގުތީ އުފާވެރި ކަމަކަށްވިޔަސް މައިރާ ބޭނުންވީ އެރޭގެ އެ ވަގުތުކޮޅު އެ އުފާވެރިކަމަށް ހުސްކޮށްލާށެވެ. ހިނދުކޮޅަކަށް މަލަކްއާއި ނަދާލްގެ މަތިން ހަނދާން ނައްތައިލުމަށްފަހު އަމިއްލަ އުފާ އިސްކުރާށެވެ.
"ޔެސް އައި ހޭވް ބީން ފޮލޮއިންގް ބޯރިންގް ރޫލްސް އޯލް މައި ލައިފް.. އެންޑް މައި ކަހަލަ ރޫލްސްދެކެ ފޫހިވާ ކުއްޖަކާ ދިމާވީމަ އައި ވޯޒް އެކްޗުއަލީ ހޯޕިންގް ޔޫ ވުޑް ހެލްޕް މީ ބްރޭކް އަ ފިއު" އިވާން އިތުރަށް މައިރާ އޭނާއާ ގާތަށް ދަމައިލި އެވެ. އޭރު އެކެއް އަނެކެއްގެ ހޫނު ނޭވާ އިހުސާސްވާވަރަށް އެދެމީހުންނަށް ވަނީ ގާތްވެވިފަ އެވެ.
"ނުވިސްނުނު.. މިސާލަކަށް؟" ތެޅިފޮޅެމުންދިޔަ ބަސްނާހާ ހިތް ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރަމުން މައިރާ އަހައިލި އެވެ.
"މިސާލަކަށް ދިސް ވަން" އިވާންގެ ހޫނު ތުންފަތް އިންޒާރަކާނުލައި މައިރާގެ ތުންފަތުގައި ބީހިލި ހިނދު މައިރާގެ މުޅި ހަށިގަނޑަށް އެ ހޫނުކަމުން އެނގުންވެލި އެވެ. ނޭވާ ކުރުވާ ހިސާބަށް ދިޔުމުން ދެމީހުންނަށް އެކަކު އަނެކަކާ ދުރުވެވުނުއިރު މައިރާއަށް އިނދެވުނީ އިސް އުފުލައިލަންވެސް ނުކެރިފަ އެވެ. ފަނޑު އަލީގައިވެސް އިވާންއަށް މައިރާގެ މޫނަށް އަރައިފައިވާ ޖަންބުކުލަ ފާހަގަކުރެވުނެވެ. އިވާން ނުހަނު ލޯބިން މައިރާއަށް ގޮވައިލިހިނދު މައިރާ ލަދުންގޮސް އިވާންގެ ކަނދުރާގައި މޫނު ފޮރުވައިލި އެވެ.
-----------------
ފާރުގައި ހަރުކޮށްފައިހުރި ފަންސާސް ފަސް އިންޗީގެ ބޮޑު ސްކްރީނުން ފެންނަމުންދިޔަ ނެޓްފްލިކްސް ސީރީޒްއަށް ގެއްލިފައި އޮތް ނަދާލްގެ ފޯނު ރިންގުވާން ފެށިއެވެ. ކަންނެތްކަމާއެކު އެނދުގެ އަރިއަކަށް ޖެހިލައި ސައިޑް ކަބަޑުގެ މަތީގައި އޮތް ފޯނު ނަގައި ބަލައިލިއިރު އޭގަށް އަރައިފައިވާ މާޖިދުގެ ނަންބަރު ފެނި ތެޅިގެންފައި އަވަސް އަވަހަށް ކޯލަށް ޖަވާބުދިނެވެ. "ލަ- ލައްބަ"
"ނަދާލް ދެން ރީއްޗަށް ބުނޭ މާލެ އަންނާނީތޯ ނޫންތޯ. ނަދާލްއަށް ހަމަ ރަނގަޅަށް އެނގޭނެ ތިއްތިބެމެން އެ ތިބެނީ ނަދާލްގެ މަގާމު މައިޝާންއަށް ހަމަޖެއްސޭނެ ބަހަނާއަކަށް ބަލަބަލާކަން." މާޖިދުގެ އަޑުގައިވާ ނުރުހުން ނަދާލްއަށް ނަގައިގަނެވުނެވެ.
"ބައްޕާ އަ.. އަޅުގަނޑު"
"ނަދާލް އަމިއްލައަށް އިސްނަގައިގެން ކަލިނަރީ ސްކޫލްގެ މަސައްކަތާ ހަވާލުވީމަ ދޯ ބައްޕަމެންވެސް އެކަމުގެ ތެރެއަށް ނުވަދެ މި ތިބެނީ.. އެކަމަކު ތިހެން ފަރުވާކުޑަ ކުރަންޏާ ދީފައޮތް ތާރީހަށް އެތަން ހުޅުވޭނެ ކަމާމެދު ޝައްކު" މާޖިދުގެ ހަގީގީ ކަންބޮޑުވުން ފާޅުކުރި އެވެ.
"ބައްޕާ އަޅުގަނޑު ތިވާހަކަ މައިގާތު ބުނެފިން އެކަމަކު މައި މިކޮޅަށް އައި ކަންތައް އަދިވެސް ނުނިމޭތީ… ބައްޕަ އެދި ވަޑައިގަންނަވާނަމަ އަޅުގަނޑަށް މައި އެކަނި ބަހައްޓާފަ ތިކޮޅަށް ދެވިދާނެ" ނަދާލް ބުންޏެވެ.
"އަހަރެންނަށް ވަރިހަމަ ނަދާލް މައިރާ ގޮވައިގެން އަޔަސް ބަހައްޓާފަ އަޔަސް… ކާފަގެ މަރަށް 40 ދުވަސް ފުރޭ އިރު ނަދާލް ހުންނަން ޖެހޭނީ މާލޭގަ" ނަދާލްއަށް އިތުރު އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ މާޖިދު ފޯނު ކަނޑައިލި އެވެ. ނަދާލްއަށް އެންމެ ފުރަތަމަވެސް ބަލައިލެވުނީ ފޯނުގައިވާ ތާރީހަށެވެ. ކާފަ ނިޔާވިތާ ސާޅީސް ދުވަސްވާން ބާކީ އޮތީ އެންމެ ތިން ދުވަހެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ ލަސްކުރުމެއްނެތި މައިރާގެ ނަންބަރަށް ގުޅައިލި އެވެ.
"މައި. ބުނަން ރަނގަޅު ވާހަކައެއް…އަހަރެންނަކަށް ދެން ނެތް މައިއަށް އެންމެ ދުވަހެއްވެސް އިތުރަށް ދެވޭކަށް…. ކުރިއަށް އޮތް ތިން ދުވަސް ތެރޭގަ މާލެދާން ބައްޕަ އަންގައިފި…. މައިއަށް ތި ކަންތައް ނުވަންޏާ ދެން މަސައްކަތް ހުއްޓާލާފަ ދާން ހިނގާ-"
"ނެޑް އިޓްސް ހިމް" ނަދާލްގެ ސަމާލުކަން ވަގުތުން މައިރާއަށް އެނބުރުނެވެ.
"ވަޓް؟ ވެއި.. ވެއިޓް މައި.. އާރ ޔޫ ކްރައިންގް؟ މައި ކިހިނެއްވީ؟ ކިޔާދީބަލަ" ނަދާލް އަވަސްއަވަހަށް ބުންޏެވެ.
"އެއީ ހަމަ އިވާން... އަހަރެންނަށް އިވާންގެ ވޮލެޓުން ފެނުނު.. މަލްއާ އެއްކޮށް.. ނެޑް.. އިޓްސް ހިމް.. މަލްގެ ބޯއިފްރެންޑް.. ދެންމެ ދެއްކި ވާހަކައިންވެސް އަހަރެންނަށް ޔަގީންވެއްޖެ... އެކަމަކު ހީ އިޒް ނޮޓް ގިލްޓީ ނެޑް ޓްރަސްޓް މީ.. އިވާން އެކަހަލަ ކަމެއް ނުކުރާނެ.." މައިރާ ބޭނުންވީ އިވާންއާ ދޭތެރޭ ކުރެވެމުންދިޔަ އެންމެ ކުޑަ ކުޑަ އުއްމީދުގައިވެސް ހިފާށެވެ.
"ޕެރް ލަމޯ ދި ދިއޯރ މައި!! މައި.. އަދިވެސް ކިހާވަރަކަށް މައި ތި އިވާންއެއް ޑިފެންޑް ކުރާނީ.. އެވްރީތިންގް.. ޒެފަން ދިން މައުލޫމާތު.. ޕޮލިހުން ލިބުނު މައުލޫމާތު.. އަދި މައި ތިކޮޅަށް ގޮސް ތި އެއްކުރި މައުލޫމާތުވެސް.. އެވްރީތިންގް ޕޮއިންޓްސް ޓު ހިމްއެއް ނޫންތަ؟ ސްޓޮޕް ބީންގް ސޯ ޑޭމް އިމޯޝަނަލް މައި. އެންޑް ސްޓޮޕް ކްރައިންގް. މައިގެ ގޮތެއްވެސް ނޫނެއްނު ދެން ތިއީ ކަމެއް ވާއިރަށް ރުއިމަކީ" ނަދާލް އަމުރުކުރި އެވެ. އޭނާ ދެ ވާހަކަދެއްކީ މައިރާގެ ރުއިން ހުއްޓައިލުމުންނެވެ.
"މައިއަށް އަޑު ނީވޭތަ ކުރީ ދުވަހުވެސް ކުޑާއްތަ ގުޅާފަ ދެއްކި ވާހަކައެއް؟ މަލްގެ ހާލަތު ދަނީ ދުވަހަކަށްވުރެން ދުވަހަކު ދަށަށް.. ކުޑާއްތަ ގުޅާފަ މަލްގެ ވާހަކަ ކިޔައިދޭ ކޮންމެ ދުވަހަކު އަހަރެންގެ ރުޅިގަނޑު ފަޅައިގެންދާ ކަހަލަ. އެކަމަކު އަހަރެންނަށް ހީވަނީ މައިއަށް މިހާރު މަލްއަށްވުރެން އިވާން މުހިއްމު ވީހެން. ބިޑް ޔޫ ރޭދަރ ލޫޒް މަލް އެންޑް ޕްރޮޓެކްޓް ދިސް ކޮޕް ގައި؟"
"ނޫނެކޭ ނެޑް. ޕްލީޒް ޓްރަސްޓް މީ-"
"ހީ އިޒް މެނިޕިއުލޭޓިންގް ޔޫ މައި. ކޮންފިއުޒިންގް ޔޫ.." ނަދާލް ދެންވެސް މައިރާގެ ވާހަކަ ކުރިއަށް ގެންދާނެ ފުރުސަތެއް ނުދިނެވެ. "އެވަރުގެ މީހަކު އަހަރުމެން ހިފަން ޖެހޭނީ ރެޑް ހޭންޑެޑްކޮށް.. ހެކި ނައްތާލާނެ ފުރުސަތެއް ދެވިގެން ނުވާނެ.. މައިގެ ކަމެއް އެ ޗާންސް ކްރިއޭޓް ކުރުމަކީ. އެކަމަށްޓަކައި ކޮންމެ ސިފައެއްގަވެސް އަހަރެން މައިއަށް އެއްބާރުލުން ދޭނަން. ސޯ މައި ތިކަންތައް އަވަސްކުރޭ. މިހާރު ދެން އަހަރެންނަށް މައިއަށް ވަރަށް ވަގުތު ދެވިއްޖެ. މައިއަށް އެނގޭތަ އަހަރެން ކިހާ މުހިއްމު މަސައްކަތެއް ހުއްޓާލާފަކަން އައިސް މި އުޅެނީ؟ އަށް މަސްތެރޭ ހުޅުވަން އޮތް ކަލިނަރީ ސްކޫލްގެ ކަންތައް އަދި ރަނގަޅަށް ނުވެސް ފަށައިގަނެވޭ. ސީ.އީ.އޯ ޕޮޒިޝަނަށް އަހަރެން ކުފޫ ހަމަވާކަން ސާބިތުކޮށްދެވެން އޮތް ހަމައެކަނި ގޮތަކީ ދީފަ އޮތް ތާރީހުގެ ތެރޭގަ އެ ސްކޫލްގެ ކަންކަން ނިންމައިގެންކަން މައިއަށް ހަމަ ނޭނގޭތަ؟" ނަދާލްގެ ވާހަކައިން އޭނާ ހިތްހަމަ ނުޖެހިފައި ހުރިވަރު ހަމަ ރަނގަޅަށްވެސް ދޭހަވެ އެވެ.
"އެހެންވީމަ އިތުރު ބަހަނާއެއް ނޯންނާނެ. ދިސް އިޒް ވަޓް ޔޫ ވޯންޓެޑް މައި. މައި ތިރަށަށް ދިޔައީ މި ކަންތަކުގައެއް ނޫންތަ؟ ސޯ މާދަމާ ރޭ…އަހަރެން ދާނަން… މައި ރެޑީ ވޭ.. އަހަރެން ބުނާގޮތަށް ހުރިހާކަމެއްވެސް ގެންދިޔައިމަ ހުންނާނީ ރަނގަޅަށް އެވްރީ މިނަޓް ކައުންޓްސް މައިރާ. ޓައިމް އިޒް މަނީ" މައިރާގެ ވާހަކަ އަޑު އެހުމެއްނެތި ނަދާލް ފޯނު ކަނޑައިލިއެވެ. އޭރުވެސް ޓީވީއިން އަޅުވާފައިހުރި ނެޓްފްލިކްސް ސީރީޒް ކުރިއަށް ދިޔަ އެވެ. ނަދާލްގެ ސަމާލުކަން އަލުން އެ ސީރީޒަށް އަނބުރައިލަން އުޅުނު ނަމަވެސް ކުއްލިއަކަށް ދައްކަންފެށި މަންޒަރުން އޭނާގެ މުޅި މޫޑު ހަރާބުވި އެވެ. ދެ ލޯބިވެރިން މާ ގާތްގޯޅިވާ މަންޒަރު ދައްކަން ފެށުމުން ހަނދާނަށް އައީ ހަފްތާއެއްހާ ދުވަސްކުރިން އައިލީންއާއެކު އެކޮޓަރީގައި ހޭދަކުރެވުނު ވަގުތު ތަކެވެ. އައިލީންގެ ފަރާތުން ކޮންމެ ދުވަހަކު ލިބޭ މެސެޖުތަކުން މިހާރުވެސް އޭނާގެ ފޯނުވަނީ ފުނިޖެހިފަ އެވެ. ހިތުގެ ކަނަކުން އައިލީންއާމެދު އިހުސާންތެރިވުމަށް ގޮވަމުން ދިޔަ ނަމަވެސް ނަދާލްއަށް ވަނީ އެ އަޑަށް ބީރުކަންފަތެއް ދޭން މަޖުބޫރުވެފަ އެވެ. ހިތަށް ވެރިވަމުންދިޔަ ނުތަނަވަސް ހިޔާލުތަކުން ރެކިގަތުމަށްޓަކައި އޭނާ ޓީވީ ނިއްވައިލުމަށްފަހު އެ ކޮޓަރިން ނުކުތެވެ.
-------
"މައި؟" ނަދާލްގެ ކޯލު ނިންމައިލުމަށްފަހު ފާހަނައިން ވަގުތު ކުރިމަތީގައިހުރި އައިލީންފެނި މައިރާ ދިޔައީ ހަމަ ރަނގަޅަށްވެސް ސިއްސައިގެނެވެ. "ލީން" އޭނާއަށް ހާސްވެފައި ގޮވައިލެވުނެވެ. "ލީން ކޮން އިރަކު ހޭލީ"
"މައި.. ހާދަ ފިލައިގެން.. ކާކާ ވާހަކަދެއްކީ؟" އައިލީންގެ ސުވާލާއެކު މައިރާގެ ހާސްކަން އިތުރުވި އެވެ.
"ލީން އިޓްސް.." މައިރާ މަސައްކަތްކުރީ ބަހަނާއެއް ހޯދޭތޯ އެވެ.
"އަރ ޔޫ ޗީޓިންގް އޮން އިވާން؟" އައިލީން ސުވާލުކުރި އެވެ.
"ނޯ އައިމް ނޮ- ވެއިޓް؟ ކިހިނެއް ލީންއަށް އެނގުނީ؟" މިފަހަރު އައިލިން ކުރި ސުވާލާއެކު މައިރާއަށް ހަމަޖެހުމެއް ލިބުނު ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ބުމަ ގޮށްޖެހުނެވެ.
"އަހަރެންނަކީ ތިދެމީހުން ހީކުރާވަރުގެ މޮޔައެއްނޫނޭ.. މާތްރަސްކަލާނގެ އިރާދަފުޅާއެކު އަދި ދެލޯ ސަލާމަތުން އެބަހުރި. ނުފެންނަކަމަށް ހެދިގެން ހުއްޓަސް ތި ދެމީހުން އެކަކު އަނެކަކަށް ބަލާ ގޮތާއި ފްލަރޓްކުރާ ގޮތް އަހަރެންނަށްވެސް ފެނެއޭ.." އައިލީން ބުންޏެވެ.
"މަޑުކޮށްބަ ލީން.. ޔޫ.. ޔޫ އަރ ނޮޓް މެޑް؟" އައިލީން ދުރަށް ހިނގައިގަތުމުގެ ކުރިން މައިރާ އައިލީންގެ އަތުގައި ހިފެހެއްޓި އެވެ.
"އޮފްކޯސް ނޮޓް.. ކީއްވެ ރުޅި އަންނަންވީ؟ މައި ހީކުރީ އަހަރެން މިއީ ހިންދީ ޑްރާމާތަކުގަ އުޅޭ ކަހަލަ ނުބައި ރޯލު ކުޅޭ ސިސްޓަރ-އިން-ލޯ އެއް ކަމަށްތަ؟" އައިލީން ދެކޮނޑު އަރުވައިލުމަށްފަހު ގޮސް އެނދުގައި އިށީނެވެ.
"ނޯ ޖަސްޓް.. ސޮރީ ލީން.. އަހަރެންނަށް ލީންގާތު ބުނަން ނުކެރުނީ.. އަސްލު އަދި ނުބުނެވިފައެއްވެސް ނެތް.. އައި މީން..އަދި ނުވާނެ ދެތިން ދުވަސްވެސް. ލީން ހަމަ އަސްލުވެސް އޯކޭ ދޯ" މައިރާ ބުންޏެވެ.
"ހްމްމް. ތެދަށް ބުނަންޏާ ވަރަށް ސަޕްރައިޒްވެފަ މި ހުންނަނީ އިވާންބެގެ ފަރާތުން ކުރިން ނުފެންނަ ސައިޑްއެއް ފެންނަން ފެށީމަ. އަސްލު ކިރިޔާވެސް އޮބްޒާވް ކުރާ މީހަކަށް އެނގޭނެ. ހީ އިޒް ލުކިންގް ފޯރ ޔޫ އިން އެވްރީ ރޫމް ހީ އެންޓަރޒް… މައި ފެނުނީމަ އިވާންބެ ސްމައިލް ކޮށްލާ ގޮތާ… ހަމަ ހުރިހާ އެއްޗެއް މޫނުމަތީގަ ލިޔެވިފަ ހުންނަނީ." އައިލީންގެ ވާހަކަތަކުން މައިރާގެ ހިތަށް އުފާވެރިކަމެއް ލިއްބައިދިނެވެ. އެ އުފާވެރިކަމުގެ ހެއްކަކަށް އެ މޫނަށް ވެރިވި ހިނިތުންވުން ފުދެ އެވެ.
"ވޯ ވޯ. ލުކް ހޫ އިޒް ބްލަޝިންގް" މައިރާގެ އަތުގައި ވިކައިގަންނަމުން އައިލީން ދިމާކޮށްލި އެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ މޫނަށް ނުތަނަވަސްކަން ވެރިވިއެވެ. "ސޯ؟ މައި.. ޔަގީންތަ މައި ރިގްރެޓްކުރާ ކަމަކަށް ތި ކަން ނުވާނެކަން.. މިބުނީ މައިއަށް އިވާންބެ ކިހާ ވަރަކަށް އެނގިގެން ތި ގުޅުމާ ހިސާބަށް ތި ދިޔައީ"
"ލީންއަށްވެސް ހީވޭ ދޯ މާ އަވަސްހެން" މައިރާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އައިލީން ހިނދުކޮޅެއްގެ ފަސްޖެހުމަކަށްފަހު ބޯ ޖަހައިލި އެވެ.
"މައި.. އަހަރެން ވަރަށް ލޯބިވާ ދެމީހުން ތިއީ.. މައިވެސް.. އިވާންބެވެސް.. ބަޓް ޑޯންޓް ޓްރަސްޓް މެން ޓޫ އީޒިލީ" އައިލީންގެ އުމުރު ކިތަންމެ ހަގު ކަމުގައިވިޔަސް އެ ވާހަކަތަކުގައިވަނީ ހިކުމަތެވެ. އޭނާ ވާހަކަދެއްކީ އަމިއްލަ ތަޖުރިބާއިންނެވެ.
"އިވަން އިފް ޔޫ ލަވް ހިމް؟" މައިރާ އަހައިލި އެވެ.
"ސްޕެޝިއަލީ އިފް ޔޫ ލަވް ދެމް. ޑޯންޓް ލެޓް ދެޓް ލަވް ބްލައިންޑް ޔޫ" އައިލީން ބުންޏެވެ. "ދެން މާމަ ކައިރި ބުނެފިންތަ؟ އަހަރެންނަށް ޔަގީން މާމަގެ ހުވަފެނުގަ މިހާރު ތި ދެމީހުން ކައިވެނިވެސް ކޮށްފިކަން" ތަނަށް ވެރިވި ނުތަނަވަސްކަން ފިލުވައިލުމަށް އައިލީން އަވަސްވެގަތެވެ.
"ދެން ލީން… އަދި.. އަދި މާ އަވަހެއްނު. އަހަރެން މިހެން ބުނީމަ ގޯސްކޮށް ނުނަގައްޗޭ ލީން.. އިވާން ވަރަށް ރަނގަޅު. ހީ އިޒް ދަ ބެސްޓް ޕާޓްނަރ އެނީވަން ކޭން އާސްކް ފޯ. އަހަރެންނަށްވެސް.. އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އިވާންއާ ވަރަށް ގަޔާވެވުނު. އިވާންގެ ކޮންމެ މިޒާޖަކަށް ހިތްކިޔަންފެށި.. އަބަދުވެސް އިވާން ދެކިލަން ބޭނުންވެފަ ހުރެވެނީ.. ފެނުނީމަވެސް.. ވަރަށް ނާވަސްވޭ.. ހިތް އަވަސްވޭ.. ބައެއްފަހަރު ހީވާކަހަލަ ހިތް މޭފަޅާފަ ނުކުމެދާނޭވެސް.. އިޓްސް ޖަސްޓް ލައިކް އަ ފެއަރީޓޭލް ލީން.. އައި ލައިކް ހިމް އަ ލޮޓް. އެކަމަކުވެސް..."
"މައި.. އިޓްސް އޯކޭ.. ހުރިހާ ކަމެއްވެސް ހިނގާ މި ދިޔައީ ވަރަށް އަވަހަށް.. އިޓްސް ނޯމަލް ފޯ ޔޫ ޓު ބީ ކޮންފިއުޒްޑް.. އެކަމަކު ތި ކޮންފިއުޝަން ގެ ތެރެއިންވެސް އިވާންއަށް ދެރައެއް ނުދެއްޗޭ.. އެހެން ބުނީމަ އަނެއްކާވެސް މި ހަނދާންވީ.. ޖަސްޓް ޓެލްމީ ޔޫ އަރ ނޮޓް ޗީޓިންގް-"
"ވަޓް؟ އޯހް.. ތި ދައްކަނީ އެ ކޯލްގެ ވާހަކަ ދޯ؟ ނޯ.. ނޯ ލީން.. އެއީ އަހަރެންގެ ކޮއްކޮއެކޭ.. ފެމިލީ ކަމެއްގަ އެ ގުޅާލީ" މައިރާ އޮޅުން ފިލުވައިދިނެވެ.
"އޯހް އޯކޭ" އައިލީންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އޭނާއަށް ކުރެވިދިޔަ ފަރުވާކުޑަ އަމަލުތަކުގެ ސަބަބުން އޭނާގެ ހިތުގައި މިވަގުތު އަޅަމުން އެދާ ފަދަ ވޭނެއް އިވާން ނުވަތަ މައިރާވެސް ތަހައްމަލު ކުރާކަށް އައިލީން ބޭނުމެއް ނޫނެވެ.
--------
ހިތްއަވަސްވެފައިހުރެ ކޮޓަރީގެ އެކި ކޮޅުކޮޅަށް ހިނގަމުންދިޔަ މައިރާ މިނެޓަކު އެއްފަހަރު އަތުގައި އޮތް ފޯނަށް ނަޒަރު ހުއްޓައިލައެވެ. އޭނާ އިންތިޒާރު ކުރަމުންދިޔަ ކޯލު އައީ އެރޭގެ އަށްގަޑި ފަނަރަވާން ގާތް ވަނިކޮށެވެ.
"ނެޑް.. އަޑު އަހާބަ ޕްލީ-"
"ލޯންޗަށް މި އަރަނީ މިހާރު. ޓެން ވަރަކަށް މިނަޓްސް ތެރޭ ތިކޮޅަށް ދެވޭނެ" މައިރާގެ ވާހަކައަށް މާބޮޑު ސަމާލުކަމެއް ދިނުމެއްނެތި ނަދާލް ވާހަކަދެއްކި އެވެ.
"ނެޑް ޕްލީޒް މިރެއަކު ނޫން. އިވާން.. ހީ އިޒް ސެލެބްރޭޓިންގް ޓުނައިޓް ލެޓްސް ނޮޓް ރުއިން އިޓް ޕްލީޒް"
"މައި.. ސި ވެދިއަމޯ ތްރައުންޕޯ" ނަދާލް އިރުކޮޅެއްގެ ފަހުން ދިމާވާނެކަމަށް ބުނެ ފޯނު ކަނޑައިލުމުން މައިރާ އައި ރުޅީގައި ފޯނު ހޫރައިލަން އުޅުނެވެ. އެކަމަށް ހުރަސް އެޅުނީ އެވަގުތު ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހައިލި އަޑު އިވުމުންނެވެ. ރުޅި ފިނިކުރެވޭތޯ މަސައްކަތްކުރަމުން މައިރާ ގޮސް ކޮޓަރީގެ ދޮރު ހުޅުވައިލިހިނދު އޭނާއާ ބައްދަލުކުރި އިވާންގެ ސޫރަ ފެނުމުން އެއީ މާ އުނދަގޫ ކަމަކަށް ނުވިއެވެ. އިވާންގެ އެންމެ ބަލައިލުމަކުންވެސް މައިރާގެ ހިތާއި ނަފްސަށް ހަމަޖެހުމެއް ލިއްބައިދީފި އެވެ. އިޚްތިޔާރަކާނުލައި މައިރާގެ ތުންފަތް ހިނިތުންވުމަކުން ދެމިލި އެވެ.
"މިއީ.. އަމްމް. ލީން.. ލީން ބުނީ ޝޯންމެނާއެކު ގޮސް ބީޗްގައޭ މި ތިބީ... މައި ގޮވައިގެން އަންނާށޯ ބުނީ" މައިރާއާ ދުރަށް ނަޒަރު ވަކިކޮށްލަން ނޭނގިފައިހުރެ އިވާން ބޮލުގެ ފުއްކިބައިގައި އަތް ހިންގައިލި އެވެ. އޭރު އޭނާގެ ނަޒަރު ދެތިން ފަހަރަކު މައިރާގެ ބޮލުން ފެށިގެން ފަޔާއި ހަމައަށް ދަތުރު ކޮށްލައިފި އެވެ. ތަނބިކަށްޓާ ހަމައަށްހުރި ހުދުކުލައިގެ ވައްތިރި ހެދުމުގައި މައިރާގެ ފަރާތުން ފެންނަމުންދިޔައީ ހޫރެއްފަދަ ރީތިކަމެކެވެ. އެ ހެދުމާ މުނާސަބު ގޮތަކަށް މައިރާގެ އިސްތަށިގަނޑު ދޫކޮށް ގަތާލައި، އެއްކޮނޑުމަތިން ކުރިއަށް ގެނެސްފައިވާއިރު ކަންފަތްދޮށުގައި ހުދުކުލައިގެ މަސްނޫއީ ކާނޭޝަންމަލެއް ހަރުކޮށްލާފައި ހުއްޓެވެ.
"އަހަރެން ތިރީގަ މަޑުކޮށްލާނަން" އިވާންއަށް ހިތާހިތުން އެ ރީތިކަމަށް ތައުރީފު ކުރެވުނު ނަމަވެސް އެ ތައުރީފުތައް ދުލާހަމައަށް ގެންނަން ނޭނގި ބަސްހުއްޓުނީ އެވެ.
"އޯކޭ.. އެބަ އަންނަން އެނގޭ ދަބަސް ހިފައިގެން" މައިރާ އިތުރު ސުވާލެއް ނުކުރީ ވީގޮތް ނަގައިގަނެވުނީތީ އެވެ. އައިލީން މާ އަވަހަށް ތައްޔާރުވެގެން މި ދިޔައީ އޭނާއަށް އިވާންއާއެކު ދިޔުމަށް ފުރުސަތު ދޭންކަން މައިރާއަށް އެނގުނެވެ. އެހެނަސް މައިރާ ދުރަށް އަޅައިލި ފުރަތަމަ ފިޔަވަޅާއެކު އިވާން މައިރާގެ އަތުގައި ހިފެހެއްޓި އެވެ.
"ޔޫ ލުކް.. ބިއުޓިފުލް.. ރެޑް ލުކްސް ސްޓަނިންގް އޮން ޔޫ" އިވާންގެ ޖުމްލައިވި މައިރާއަށް ބުމަ ގޮށްޖަހައިލަމުން ލައިގެން ހުރި ހެދުމަށް ބަލައިލެވުނެވެ.
"އިވާން އަހަރެން މިހާރު ބިރުގަންނަން ފަށައިފި އިނގޭ… ދިސް ހިއަރ؟ އިޓްސް ނޮޓް ރެޑް.." އިވާން ލައިގެންހުރި ހުދުކުލައިގެ ގަމީހުގައި ހިފަހައްޓައިލަމުން މައިރާ ދެފަރާތަށް ބޯ ހޫރައިލީ ތުއްތު ކުއްޖަކަށް ކުލަ ދަސްކޮށްދޭން އުޅޭ ފަދައިންނެވެ. އިއްތިފާގަކުން ނަމަވެސް އޭނާވެސް ލައިގެންހުރީ ހަމަ އެ ކުލަ ކަމަށްވާތީ އެވެ. އެނޫން ގޮތަކަށް އިވާންއަށް އެކުލަ ފެންނަ ނަމަ އެއީ ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް ނޫން ހެއްޔެވެ؟
"އައި ނޯ ޑާރލިންގް. އައި ނެވަރ ސެއިޑް އެނީތިންގް އަބައުޓް ދަ ޑްރެސް" އިވާން ކުރިއަށް އަޅައިލި ފިޔަވަޅާއެކު އެ ދެމެދުގައިވާ ޖާގަ އިތުރަށް ހަނިކޮށްލި އެވެ. "ވައިޓް ސޫޓްސް ޔޫ.. ގްރޭސްފުލީ ޔެޓް.. ރެޑް ލުކްސް އިވަން ބެޓަރ" މައިރާގެ މޫނުގައި ހިފަހައްޓައިލި އަތްތިލައިގެ ބޮޑުވައި އިނގިލިން ލޭ ރަތްކުލައިން ފަވާލެވިފައިވާ މައިރާގެ ތުންފަތުގައި ބީއްސައިލި އެވެ.
އިވާން އެ މާނަކުރަނީ ކީކޭކަން މައިރާއަށް ނަގައިގަނެވުނު ހިނދު މައިރާގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. ފަޅި ސިކުންތެއްގެ ތެރޭގައި އެ ކޯތާފަތަށް ފަނޑު ރަތްކުލައެއް ވެރިވެގެން ދިޔަ އެވެ. އެ މަންޒަރުވީ އިވާން އަދި އިތުރަށް ގަޔާވި މަންޒަރަކަށެވެ. މައިރާއާ އިތުރަށް ގާތްވެލުމަށް އޭނާގެ ހިތް ގޮވަންފެށިއެވެ. އެހެނަސް އެކަން ގޯހަކަށްވެ ނިމިގެންދާން ނޭދޭތީ އޭނާ ފިޔަވަޅު އަޅައިލީ ފަހަތަށެވެ. "އަވަހަށް އަންނައްޗޭ" މައިރާއާ ދުރަށް ހިނގައިގަތުމުގެ ކުރިން އޭނާ ބުންޏެވެ.
މައިރާ އައިސް ސައިކަލަށް އެރުމާއެކު އިންތިޒާރުގައި މަޑުކޮށްލައިގެން އިން އިވާން ސައިކަލު ދުއްވައިލި އެވެ. ސައިކަލުގެ އިންޖީނުގެ އަޑު ފިޔަވައި ދެ ޒުވާނުންގެ ދެމެދަށްވެސް ވެރިވެފައިވަނީ ހިމޭންކަމެވެ. މީގެ އިރުކޮޅެއްކުރިން ނަދާލް ދެއްކި ވާހަކަތަކާމެދު ވިސްނަން އިން މައިރާއަށް އެކަން ރޭކައި ނުލިނަމަވެސް އިވާންއަށް އެކަން ފާހަގަވެ ދެފަހަރަކު މައިރާއަށް ގޮވައިލިއެވެ. "މައި.. މައި؟"
"ހައް؟ އާން ޔެސް.. ކީކޭ؟" މައިރާއަށް ސިހުމެއް ލިބުނެވެ.
"ހާދަ މަޑުން ތި އިންނަނީ؟؟ އޯކޭތަ؟" އިވާންގެ އަޑުގައި ކަންބޮޑުވުމުގެ އަސަރު ހުއްޓެވެ.
"ޔެސް.. ހުރިހާކަމެއްވެސް ރަނގަޅު.. މިއީ ހަމަ.. ކަމަކާ ވިސްނާލީ" އިވާންއާ އިތުރަށް ގާތްވެލުމަށްފަހު އިވާންގެ ކޮނޑުގައި ދަތްދޮޅި އަޅުވައިލަމުން މައިރާ ބުންޏެވެ. "އިވާން.. ލީންއަށް އަހަރުމެންގެ ހުރިހާކަމެއް އެނގިއްޖެ" މިފަހަރު މައިރާ ބުނެލި ޖުމްލައާއެކު އިވާންއަށް ލިބުނު ސިހުމުގައި ކުއްލިއަކަށް ސައިކަލުގެ ބުރަކި ޖައްސައިލެވުނެވެ. އެފަދަ ކަމަކަށް ނުވިސްނައި އިން މައިރާވެސް ދިޔައީ ސިއްސައިގެނެވެ.
"ވަޓް؟ ކޮން އިރަކު ކިހިނެއް؟" އިވާންއަށް އަހައިލެވުނެވެ.
"އަޅެ ކިޔާދޭށޭ މި އުޅެނީ.. ހިނގާބަލަ. ކީއްވެތަ ތިހާވަރަށް ސިއްސައިގެން ތި ދިޔައީ.. ރޭގައެއްނު އިވާން ބުނީ ލީންއަށް އެނގުނަސް މައްސަލައެއް ނެތޭ.."
"ޔެސް މައްސަލައެއްނެތޭ.. މިރޭ ބާބެކިޔުގަ އެންމެގާތު ބުނަން ހިތުލައިގެން ހުރީ.. އެކަމަކު ކިހިނެއްބާ އެ އެނގުނީ؟"
"ލީން ބުނީ..."
"އެކަމާތަ މިރޭ ދެން ތި ވިސްނީ؟ އެއީ އެހާވަރު ކަމެއް ނޫނެއްނު" ގޮނޑުދޮށަށް ފައިބަން އޮންނަ މަގަށް ސައިކަލު މަޑުކޮށްލުމަށްފަހު އިވާން އަހައިލިއެވެ. މައިރާގެ ޖަވާބެއް ނުލިބުނެވެ. "މައި.. ޔަގީންތަ އެކަމާ މެދުކަން މިރޭ ހަމަ ވިސްނީ.. އިފް ދެއަރ އިޒް އެނީތިންގް އެލްސް ޔޫ ވިލް ޓެލް މީ ރައިޓް؟ އޭމް އައި.. އޭމް އައި ޑުއިންގް ސަމްތިންގް ރޯންގް؟ އޭމް އައި ރަޝިންގް އިޓް؟ ގޮއިންގް ޓޫ ފާސްޓް؟" ސައިކަލުން ފައިބައި މައިރާއާއެކު ކުރިއަށް ހިނގައިގަންނަމުން އިވާން އަނެއްކާވެސް އެއްސެވެ.
"ނޯ ނޯ. ހުރިހާ ކަމެއްވެސް ރަނގަޅޭ.. އިވާން ރިއެކްޓް ކުރާނެ ގޮތެއް ނޭނގޭތީ އެވާހަކަ ނުބުނެވިފަ އިނީ.. އެކަމަކު މިހާރު އޯކޭ" މައިރާގެ ވާހަކަ އިވާން ގަބޫލުކުރިހެން ހިއެއް ނުވެއެވެ. އެ ނުތަނަވަސްކަމުގެ ފަހަތުގައި ފޮރުވިފައިވާ އެހެން ސަބަބެއް އެބަ އޮތޭ އިވާންގެ ހިތް ބުނަމުން ދިޔަ އެވެ.
"މައި.. އަހަރެންނަށް ގޯސްކޮށް ކަމެއް ކުރެވެންޏާވެސް ބުނައްޗޭ. އެއްވެސް ކަމަކާ ޖެހިލުންވެ ބިރު ގަންނަންޏާވެސް.. ރޭގަ އަހަރެން މައިގާތު ލޯބިވާ ވާހަކަބުނީ.. އެއްވެސް ވަރަކަށް މައި އަށް ޕްރެޝަރ ކުރާކަށް ނޫން.. މައިގެ ފަރާތުން އެހާ އަވަހަށް ޖަވާބެއް ލިބޭނެކަމަށް އުއްމީދުވެސް ނުކުރަން.. އަހަރެންގެ ލޯބި ސާބިތު ކޮށްދޭން ފުރުސަތެއް ދެވޭވަރަށް މައި އަހަރެންނާ ގަޔާވަންޏާ މިވަގުތައް އެވަރުން ފުދޭ... އައި ޖަސްޓް ވޯންޓެޑް ޓު ލެޓް ޔޫ ނޯ.. އައި ވިލް ނެވަރ ގިވް އަޕް އޮން ޔޫ" މައިރާގެ އަތުގައި ހިފައިލަމުން އިވާން ޔަގީންކަން ދިނެވެ. މައިރާއަށް ތަސައްވުރުވެސް ނުކުރެވޭހާ މިންވަރަށް އިވާންގެ ހިތް ވަނީ މިހާރު މައިރާގެ މައްޗަށް ދޫވެފަ އެވެ. އޭނާއަށް ކުރެވޭ ކުޑަ ކުޑަ ކަމަކުންވެސް މައިރާ ގެއްލިދާނެކަމުގެ ބިރުން އިވާންގެ ހިތް ރޫރޫ އަޅަމުންދިޔަ އެވެ. ވީއިރު މައިރާ ނުރުހޭގޮތަށް އެއްވެސް ކަމެއް ކުރާކަށް އިވާން ބޭނުމެއް ނުވެ އެވެ.
ގޮނޑުދޮށުގައި ހަރަކާތްތެރިވަމުންދިޔަ ބާބެކިޔުގެ ބައިވެރިން ތިބި ހިސާބަށް ދެވުމާއެކު މައިރާއާއި އިވާންގެ ޖޯޑުކޮށްލެވިފައިވާ ދެއަތް ވަކިކޮށްލި އެވެ. މައިރާ ނުވާ ކަމަކަށް ހެދެމުން ދެއަތް މޭމަތިން ހުރަސްކޮށްލިއިރު އިވާންވެސަ ލައިގެންހުރި ކަޅު ޖީންސުގެ ޖީބަށް ދެއަތް ޖަހައިލި އެވެ. އެދެމީހުންގެ ސިއްރު އެތަނުގައިތިބި އެކުވެރިންނަށް ބޭޒާރުވެފައިވާކަން އެނގުނީ ކުއްލިއަކަށް އިވެންފެށި އަޅުވާ ކިޔުމުގެ އަޑު ތަކުންނެވެ.
"ހޫން ހޫން.. ދެން އަތްފައި ގުޅުވައިގެން އައިސް އަހަރުމެން ފެނުނީމަ މާ ނުވާކަމަކަށް ހެދޭނެ ކަމެއް ނެތެއްނު. ނޭނގޭ ކަމެއް ނޫނޭ މިހާރު ތިއީ" އެންމެ ފުރަތަމަވެސް އެމީހުންގެ ކަންފަތުގައި ޖެހުނީ ޔައީޝްގެ ދިމާކުރުމުގެ އަޑެވެ. މައިރާއަށް ސިހިފައި އިވާންއާ ދިމާލަށް ބަލައިލެވުނު އިރު ކަންތައް އޮޅުންފިލުވަން އުޅޭ ފަދައިން އިވާންއަށް ބަލައިލެވުނީ އެތަނުގައި އުޅުނު ޝާވިނަށެވެ.
"އޭ ހަމަ ހުވާ މަށެއް ނޫން. މަށެއް ނުކިޔަން އެކައްޗެއްވެސް.. މަށަށް ބަލާނެ ކަމެއްނެތް ލީންއަށް ބަލާ" ޝާވިން އަވަސް އަވަހަށް ބުންޏެވެ.
"އަޅެ އަހަރެން ކީއްތަ ކުރީ؟؟ ބަޔަކަށް ނޭނގޭ ކަމެއް ނޫނެއްނު. އެހެންނޫނަސް އަތުގުޅުވައިގެން ސަންސެޓް ބަލަން ތުނޑިއާ ތަންތަނަށް ނުދާނެ ދޯ ރައްޓެހިންނެއް" އައިލީން އަމިއްލަ ނަފްސު ދިފާއުކޮށްލި އެވެ.
"ގައިމު އަހަރެންވެސް ލީން ގޮވައިގެން ދަމެއްނު" ޝާވިން އެއާ ވިއްދާފައި ބުންޏެވެ.
“ތީ ސްޕެޝަލް ކޭސްއެކޭ. މައި ޕަރސަނަލް ބޮޑީގާޑް” އައިލީން ބުންޏެވެ.
"އޭ ޝޯން އެހެންވީމަ ދެން އޮތީ ތި ދެމީހުންގެ ކަންތައް ދޯ އެންމެ އަވަހަށް. އަހަހަ އޯކޭ އޯކޭ.. ވެލްކަމް ފަހަރި. ބޮސް ހަމަ ފާސްޓީއޭ ދޯ" އަލިފާންގަނޑު ރޯ ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ނާއިލް އިވާންމެންނާ ގާތަށް ޖެހިލަމުން މައިރާއަށް ސަލާމުގެ އަތެއް ދިއްކޮށްލި އެވެ. އިވާންއަށް ކުށްވެރިއަކު ފަދައިން ނާއިލްއާ ދިމާލަށް ބަލައިލެވުނެވެ.
"ނާއިލް… ބްރޯ އަސްލު-"
"އޭ އޯކޭއޭ އޯކޭއޭ. ހަމަ ސީރިއަސްކޮށް މި ބުނީ.. އިޓްސް ނޯ ބިގް ޑީލް.. އަހަރެން އެއްވެސް އިރަކު މައިއާމެދު އެކަހަލަ ގޮތަކަށް ނުދެކެމޭ.. އޭރު އެއީ މި ޝޯން ބުނެގެން.. ކުޑަ ޑްރާމާގަނޑެއް ކުޅެލީ" އިވާންގެ ވާހަކަ މެދުކަނޑައިލަމުން ނާއިލް ބުންޏެވެ. އެއާއެކު އިވާން ގަބޫލު ނުކުރެވިފައިހުރެ ޝާވިންއަށް ބަލައިލަމުން ދެފަރާތަށް ބޯ ހޫރައިލި އެވެ.
"އޭ ކޮންމެ ގޮތަކުން ވިޔަސް މަންޖެ ލިބިއްޖެއެއްނު. ދެން މާ ފޮނިވާނެ ކަމެއް ނެތް. އަހަރެން އެކަން ނުކުރިނަމަ އަދިވެސް އިންނާނީ ފިނޑިވެފަ މައިގެ ފޮޓޯގަނޑަށް ބަލާލަ ބަލާލަ. މައިއަށް އެނގޭތަ؟ މާ ކެރޭ ކަމަށް ހެދިގެން އުޅުނަސް މީނައަކީ ފިސާރި ފިނޑި-"
"އާން ދެން އޯކޭއޭ ޝޯން. އަހަރެން ފިނޑިއޭ.. ދެން ނިންމާލާ" އެކުވެރިންގެ ދިމާކުރުންތަކުގެ ސަބަބުން މައިރާއަށް ނުތަނަވަސްކަމެއް ލިބިދާނެކަމަށް ވިސްނައި އިވާން އެ މައުލޫ ބަދަލުކޮށްލިއެވެ. "ޔޫ އޯކޭ ޑަރލިންގް؟ މިމީހުން ވަރަށް ސަކަރާތް ބޮޑުވާނެ. އެހާވަރަށް އަޅާނުލާތި" މައިރާގެ އަތުގައި ހިފައި ގާތަށް ދަމައިލަމުން އިވާން ސިއްރުސިއްރުން ބުނެލިއެވެ. މައިރާގެ ތުންފަތަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ.
"ރަނގަޅުވާނެ.. އެކަމަކު އެ ލީން ދޯ އަޅެ ބަލާބަލަ.. އަހަރެން އެވަރަށް ބުނީމަވެސް ހަމަ އެންމެންގާތު-"
"އެހެމް"
ނިކަން މަޖާވެފައިހުރެ އިވާންގާތު މައިރާ ދައްކަމުންދިޔަ ވާހަކަ ނިމުމަކަށް އައީ އެދެމީހުންގެ ފަހަތުން މީހަކު ކަރުކެހިލި އަޑު އިވުމުންނެވެ. ދެމީހުންނަށްވެސް އެކުއެކީގައި ފަހަތަށް ބަލައިލެވުނު ހިނދު އެތަނުގައި ހުރި ނަދާލްފެނި އިވާންގެ މޫނުމަތީގައި ސުވާލުމާކު ޖެހުނެއްކަމަކު މައިރާގެ މޫނުމައްޗަށް ވެރިވީ ހާސްކަމެވެ. ހަށިގަނޑުގައި ހުރި ހުރިހާ ލެޔެއް ހިނދިގެން ދިޔަ ފަދައިން ލިބުނު ހާސްކަމުގައި މުޅި މީހާ ހުދުވެގެންދިޔަ އެވެ.
"ސަޕްރައިޒް" ނަދާލް ދެއަތް ފުޅާކޮށްލަމުން ހިނިތުންވެލި އެވެ.
"ނެޑް؟" އިވާންގެ ގައިން ދޫކޮށްލުމަށްފަހު މައިރާ ނަދާލްއަށް ގޮވައިލިގޮތުން އިވާންގެ ސިކުނޑީގައި އުފެދުނީ އިތުރު ސުވާލެކެވެ. އެ ސުވާލުގެ ބޮޅުފައްޗަށް އަނެއްކާވެސް އިތުރު ސުވާލެއް އިތުރުވީ މައިރާއާއި ނަދާލް އެކަކު އަނެކެއްގެ ގައިގައި ބައްދައިލުމުންނެވެ. އިވާންއަށް އެ މަންޒަރު ބަލާކަށް ފަސޭހައެއް ނުވިއެވެ. ހަދާނެ
ގޮތެއް ނޭނގިފައިހުރެ ދުރަށް ނަޒަރު ހުއްޓައިލަމުން ފަހަތައް ފިޔަވަޅެއް އަޅައިލެވުނެވެ. ޖީބަށް ޖަހާލެވިފައިވާ ދެއަތް މުށްކަވައިލެވުނީ އެވަގުތު ގަދަބާރުން ވިޔަސް އެދެމީހުން ދުރުކުރުމުގެ ހިޔާލު ހިތަށް ވެރިވެގަތުމުންނެވެ. އޭރު އިވާންއެކޭ އެއްފަދައިން އެތަނުގައި ތިބި އެންމެންވެސް ހުރީ ވާނުވާ ނޭނގި ހަދާނެ ގޮތެއްވެސް ނޭނގިފަ އެވެ. ކޮންމެ މީހަކުވެސް އިވާންއާ ދިމާލަށް ބަލަމުން ދިޔައީ ހަމްދަރުދީގެ ނަޒަރަކުންނެވެ.
"ސްޓޮޕް އެކްޓިންގް ލައިކް ޔޫ ހޭވް ސީން އަ ގޯސްޓް މައި.. ޔޫ ވިލް ގިވް އަސް އަވޭ" މައިރާގެ ގައިން ދޫކޮށްލުމުގެ ކުރިން ނަދާލް ބުންޏެވެ. އެއާއެކު މައިރާއަށް އޭނާގެ ހާސްކަން މަސްނޫއީ ހިނިތުންވުމެއްގެ ފަހަތުގައި ފޮރުވައިލަން މަޖުބޫރުވި އެވެ. ނަދާލްގެ އަތުގައި ހިފައިލައިގެންހުރެ އޭނާ އިވާންއާ ކުރިމަތިލި އެވެ. ދުރުގައިހުރި އައިލީންއަށް އެތަނަށް އައި ގޮތްނޭނގޭ މެހެމާނުގެ މޫނު ފެންނަވަރުވީ ދެނެވެ. އެއާއެކު އައިލީންއަށް ހީވީ އޭނާގެ ވަށައިގެން އެނބުރެމުންދިޔަ ދުނިޔެވެސް ހުއްޓުމަކަށް އައިހެނެވެ. ލިބުނު ސިހުމުގައި އިށީނދެ އިން ޖޯލިން ތެދުވެވުނު ނަމަވެސް ކުރިއަށް ހިނގައިގަންނާނެހާ ހިތްވަރެއް ނުލިބުނެވެ. އޭނާގެ ދެފައިގައި ހިޔާލީ ކަސްތޮޅެއް އެޅުވިފައިވާ ކަހަލަ އެވެ.
"އިވާން.. މިއީ އަހަރެންގެ ކަޒިން ނަދާލް.. ނެޑް.. މިއީ އިވާން" މައިރާގެ ޖުމްލަ އިވި އިވާންއަށް މުށްކެވިފައިވާ ދެއަތަށް ދުލެއް ދެވުނެވެ. އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ހިނދުކޮޅަކަށް ހުއްޓިގެންދިޔަ އޭނާގެ ހިތަށް ދިރުމެއް ލިބުނު ފަދައިންނެވެ. ހަމަ އެހެންމެ މައިރާގެ އެ ޖުމްލައާއެކު އެތަނުގައި ހަރަކާތްތެރި ވަމުންދިޔަ އިވާންގެ އެކުވެރިންގެ ހިތްތަކަށްވެސް ތަސައްލީއެއް ލިބުނުކަން ސާފުވީ ހުއްޓިފައިވާ ގަޑިއެއްގެ ސިކުންތުކަށި ކުއްލިއަކަށް ހިނގަން ފެށި ފަދައިން އެންމެންވެސް އެމީހުން މީގެ އިރުކޮޅެއް ކުރިން ކުރަންތިބި ކަންކަމުގައި އަލުން މަސްއޫލުވާން ފެށުމުންނެވެ.
"އިވާން… އައި ހޭވް ހަރޑް އަ ލޮޓް އަބައުޓް ޔޫ އެނގޭ" ނަދާލް ހިނިތުންވުމަކާއެކު ސަލާމަށް އަތްދިއްކޮށްލި އެވެ.
"އޯލް ގުޑް ތިންގްސް އައި ހޯޕް" އިވާންވެސް ހިނިތުންވުމަކާއެކު ނަދާލްގެ ސަލާމް ރައްދުކޮށްލި އެވެ.
"އޮފްކޯސް. ތޭންކްސް ފޯރ ޓޭކިންގް ކެއަރ އޮފް މައި އެނގޭ… މައި ޗުއްޓީއަށް މިކޮޅަށް އަންނަން ބުނީމަ އަހަރެން ބުނިން ރިސޯޓެއްގަ މަޑުކޮށްލަން.. އެއްބަހެއްނުވި. ގެސްޓް ހައުސްއެއް ހިފާކަށްވެސް އެއްބަހެއް ނުވި. އެކަމަކު ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށޭ ބުނޭތާ ދޯ… އައި މީން ލުކް އެޓް ޔޫ ބޯތް.. ކޮންގްރެޓްސް އެންޑް ވެލްކަމް ޓު ދަ ފެމިލީ" ނަދާލްގެ ވާހަކަތަކުން އިވާންއަށް އިތުރު ހިތްހަމަޖެހުމެއް ލިބުނެވެ. އޭނާގެ ގާތަށް އައިސް މަޑުކޮށްލި މައިރާގެ ކޮނޑުގައި އެއްއަތް ވަށައިލަމުން ނަދާލްއަށް ޝުކުރު އަދާކޮށްލި އެވެ. އިސާހިތަކު އެދެމީހުންގެ ދެމެދުގައި އިތުރު ވާހަކަތައް ދެކެވި އެކުވެރިކަން އުފެދޭކަށް މާ ގިނައިރެއް ނުނެގި އެވެ.
"ލީން.. ކިހިނެއްވެފަ ތި ހުންނަނީ" އައިލީން ސިއްސައިގެންދިޔައީ އޭނާގެ ގާތަށް އައިސް ހުއްޓުނު އެކުވެރިޔަކު ގޮވާލުމުންނެވެ. "ނިކަން ބަލަ އަހަރުމެންނަށްވެސް އޭނާ ރީއްޗޭ.. އެވާހަކަ މިތާ ތިބެ މި ދައްކަނީ.. އެކަމަކު ލީންއަށް މާ ބޮޑުވަރު އެނގޭ ތި ވަނީ.. އާން އެހެންޏާ މިނެޓެއްވަނީ ވިއްޔަ މިތާ ހުއްޓުން އަރާފަ ހުންނަތާ" އައިލީންގެ އެކުވެރިޔާ ބުންޏެވެ.
"އަހަރެން… އަހަރެން އެބަ އަންނަން މައި ގާތަށް ގޮސްފަ" ދައްކާނެ އިތުރު ވާހަކައެއް ނޭނގުމުން އައިލީން ބުންޏެވެ.
"ހްމްމް ދޭބަލަ. އޭ.. އެސޮރު ސިންގަލްތޯ އަހާލާފަ އަހަރުމެންނަށް ހަބަރެއް ވައްޗޭ.. ޕިސް ޕިސް މާޝާﷲ. އަރަތްބެއްތަ އަނެއްކާ؟ އެކަމަކު މައިގެ ކަޒިންއެކޭ ދޯ ބުނީ؟" އައިލީންގެ އެކުވެރިޔާ ބުންޏެވެ.
"ކަޒިންއެކޭ؟" އައިލީންއަށް ލިބުނީ ހައިރާން ކަމެކެވެ.
"ހްމްމް. ދެން ދޭބަލަ. އޭ.. ހަނދާންކޮށް އަހައްޗޭ" އެކުވެރިޔާއަށް ބޯ ޖަހައިލުމަށްފަހު އައިލީން ލަސް ފިޔަވަޅުތަކެއްގައި މައިރާމެން ތިބި ދިމާލަށް ހިނގައިގަތެވެ. "ލީން. ނަސީބެއް ލީން މިދިމާލަށް އައި ކަން. ނެޑް އައި ގޮތަށް އިވާންއާ ވާހަކަ އަޅުވާލައިފި. ދެމީހުން ވާހަކަދައްކަންފެށި ގޮތަށް ހުއްޓާވެސް ނުލި. އަހަރެން މިހިރީ ފޫހިވެގެން ހަލާކުވާވަރު ވެފަ" ރާސްތާގެ މެދެއްހާ ހިސާބަކުން މައިރާއަށް އައިލީން ފެނިގެން އައިސް އައިލީންގެ އަތުގައި ހިފައިގެން އެދިމާލަށް ގެންދަންފެށި އެވެ.
ނަދާލްއަށް އައިލީން ފެނުމާއެކު އޭނާ އިވާންއާ ދައްކަމުންދިޔަ ވާހަކަ ހުއްޓުމަކަށް އައެވެ. ހައިރާންކަމާއި ހިތާމައާއި ޝަކުވާއިން ފުރިފައިވާ އައިލީންގެ އަސަރުގަދަ ދެލޮލާ ނަޒަރު ވަކިކޮށްލަން އޭނާއަށް އުނދަގޫވި އެވެ. އެހާ ކުއްލިއަކަށް ނަދާލްގެ ސަމާލުކަން މި އެނބުރުނީ ކޮންކަމަކަށްތޯ ބަލައިލުމުގެ ޝައުގުގައި ފަހަތައް އެނބުރުނު އިވާންއަށް މައިރާއާއެކު ހުރި އައިލީން ފެނި އޭނާ ގާތަށް އައުމަށް އިޝާރާތްކުރި އެވެ.
"ލީން އާދެބަ މިކޮޅަށް.. ލީން.. މިހިރީ މައިގެ ކަޒިންއެއް.. ނަ-"
"ނަދާލް.." އިވާންއަށް ނަދާލްގެ ތަޢާރަފު ފުރިހަމަ ކުރެވުމުގެ ނަދާލް އިސްވެ ނަން ބުނެލަމުން ސަލާމަށް އަތްދިއްކޮށްލި އެވެ. އެއާއެކު އައިލީންއަށް އެރޭ ލިބިފައިހުރި ހައިރާންކަން ދެގުނަވި އެވެ. މީގެ ކުރިން އައިލީންއާ ބައްދަލުވެފައިވާކަން ނަދާލް ސިއްރުކުރަންޖެހޭ ސަބަބެއް އައިލީންއަކަށް ނޭނގުނެވެ. ވަކިން ހާއްސަކޮށް އެދެމެދުގައި ހިނގައިދިޔަ ހުރިހާ ކަމަކަށްފަހު ނަދާލް އެގޮތަށް އައިލީންއާމެދު ކަންތައް ކުރީތީ ހިތުގައި ޖެހުނެވެ. ފޯނަށް ޖަވާބު ނުދިން ކަމުގައިވިޔަސް ދިމާވުމުން ނަދާލް އެފަދަ ބީރައްޓެހިކަމެއް ބާއްވާނެކަމަކަށް އައިލީން ހިއެއްނުކުރެ އެވެ. އެހެނަސް ތަނާއި ހާލަތުގެ ގޮތުން ނަދާލްގެ ސިއްރު ބޭޒާރު ކޮށްލާނެހާ ހިތްވަރެއް އައިލީންއަކަށް ނުލިބުނެވެ.
"އައިލީން.." އޭނާވެސް ހަމަ އެކަނި ނަން ބުނެލުމަކުން ފުއްދައިލީ އެވެ. ތައާރަފުގެ ބާކީބައި ކުރިއަށް ގެންދިޔައީ އިވާން އެވެ.
"އިވާންބޭ.. ޝޯން އެބަ ގޮވާ ކަންނޭނގެ.. ދަނީ.." އައިލީންއަށް އެތަނުގައި ހުރުން ފަސޭހަ ކަމަކަށްނުވި އެވެ. ބަހަނާއެއް ދެއްކުމަށްފަހު ދުރަށް ހިނގައިގަތެވެ. އިވާންއާއި މައިރާ އެތަނުގައި ދެންތިބި އެކުވެރިންނަށް ނަދާލް ތައާރަފުކޮށްދޭން އަވަސްވެގަތެވެ. އެ އެންމެންގެ ފަރާތުން ލިބުނު ހިތްހެޔޮ މަރުހަބާއާއެކު ނަދާލް އެ މީހުންގެ ތެރެއަށް ހޭނޭކަށް މާ ގިނައިރެއް ނުނެގި އެވެ. އެކަން ހިނގައިދާނީ އެގޮތަށް ކަން އައިލީންއަށް މާކުރިންވެސް އެނގޭކަހަލަ އެވެ. ނަދާލްގެ އުޅުމާއި ބަސްމަގުގައި ކިތަންމެ ޝާހީގޮތެއް ހުއްޓަސް އޭނާއަކީ މީހުނާ ގުޅޭ އުފާވެރި މިޒާޖެއްގެ މީހެއްކަން އައިލީންއަށް އެނގެ އެވެ. އޭނާ އިންތިޒާރު ކުރަމުންދިޔައީ އެ އެންމެންގެ ރާޑަރުން ނަދާލް ގެއްލޭނެ އިރަކަށެވެ. ވަކިން ވާހަކަދައްކާލެވޭނެ ފުރުސަތަކަށެވެ. އޭނާއަށް އެ ފުރުސަތު ލިބުނީ ކޯލެއް އައި ވަގުތު ފޯނު ކަންފަތުގައި ޖަހައިގެންހުރެ އެންމެނާ ދުރަށް ހިނގައިގަތް ނަދާލް ފެނުމުންނެވެ.
"އޭ އާން. ދެން ހިއެއްނުވޭ ތިކޮޅަށް ދެވޭނެހެން.. މިރަށުން ފުރައިގެން ދާ ގޮތަށް މާލެއަށް ދާނީ.. އާން ތޭންކްސް މޭން.. ޗާއޯ" ރިސޯޓުގައިހުރި ރަހްމަތްތެރިޔާގެ ކޯލަށް ޖަވާބުދީ ނިންމައިލަމުން ނަދާލް ބުންޏެވެ. ފައިވާން ބޭލުމަށްފަހު ޖީންސުގެ ދެޖީބަށް އަތްޖަހާލައިގެންހުރި ދެތިން ފިޔަވަޅު ކުރިއަށް އަޅައިލީ ގޮނޑުދޮށަށް ބީއްސައިލާ ރާޅުން ދެފައި ތެންމައިލުމަށެވެ. އޭރު ވިއްސަކަށް ފޫޓު ދުރުގައި ކުރިއަށްދިޔަ ބާބެކިޔުގެ ބައިވެރިންގެ އަޑުތައް އޭނާގެ ކަންފަތަށް ވަނީ ފަނޑުވެފަ އެވެ. ސާފު އުޑުގައިވާ ރީތި ހަނދުފަޅިއަށް އޭނާއަށް ބަލައިލެވުނު އިރު އައިލީންއާއެކު ގޮނޑުދޮށުގައި ހިނގާލަން ދިޔަ ހިތްގައިމު ރޭގެ ހަނދާންތައް އޭނާގެ ހިތަށް ވެރިވީ ބޭ އިޚްތިޔާރުގަ އެވެ. އެރޭގެ ހަނދުފަދަ ބުރުހަމަ ރީތި ހަނދަކަށް ނުވިނަމަވެސް އެ ހަނދުން އޭނާގެ ހިތަށް އައިލީންގެ ހިޔާލު ވެރިކުރުވި އެވެ.
"ނަދާލް" ފަހަތުން އިވުނު އައިލީންގެ އަޑާއެކު ނަދާލްގެ ތުންފަތަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ.
"އައި ވޯޒް ޖަސްޓް ތިންކިންގް އަބައުޓް ޔޫ" ނަދާލް އައިލީންއާ ކުރިމަތިލި އެވެ.
"ޑޯންޓް ޔޫ ތިންކް ޔޫ އޯވް މީ އެން އެކްސްޕްލެނޭޝަން" އައިލީން މޭމަތިން ދެއަތް ހުރަސްކޮށްލަމުން ނަދާލްއާ ގާތަށް ފިޔަވަޅެއް އަޅައިލި އެވެ.
"އަހަރެން ކިހާ ވަރަކަށް ގުޅައިފިން.. މެސެޖްކޮށްފިން.. އެންމެ ފަހުން… އެންމެފަހުން މިތަނަށް އައިސް.. އަހަރެން އެނގޭ ކަމަށްވެސް ހަދާ ނުލީމެއްނު" އައިލީންގެ އަޑުގައިވަނީ އިންތިހާ ދަރަޖައިގެ ވޭނާއި ޝަކުވާ އެވެ. ނަދާލްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
"ލޫނާ.. އެނގޭ އަހަރެން ދައްކާ އެއްވެސް އެކްސްކިއުޒަކީ ލޫނާއަށް ގަބޫލުކުރެވޭ ވަރުގެ އެކްސްކިއުޒްއަކަށް ނުވާނެކަން. އަދި އެނގޭ ކަންތައްތައް ހިނގައިދިޔަ ގޮތުން ލޫނާގެ ނަޒަރުގަ އަހަރެންނަކީ ވަރަށް ގޯސް މީހަކަށް ވާނެކަންވެސް ބަޓް.. ޓްރަސްޓް މީ.. އަހަރެން އެއްވެސް އިރަކު ލޫނާއަށް ދެރައެއް ދޭކަށް ނުވިސްނަން" ނަދާލް އައިލީންގެ ކޮނޑުގައި އަތްޖައްސައިލިހިނދު އައިލީން އެ އަތް ދުރަށްލަމުން ދުރަށް ޖެހުނެވެ.
"ހައް. ދެރައެއް ދޭކަށް ނުވިސްނަމޭ؟" އައިލީންގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. "ޔޫ ލިޓެރަލީ ގޯސްޓެޑް މީ އަފްޓާ ސްލީޕިންގ ވިތް މީ.. އަހަރެން ދެން ކިހިނެއްތަ މިކަމުގެ މާނަ ނަގަންވީ؟ އަހަރެން ހިތުގަ ޖައްސާފަ ތިހެން ހަމަޖެހިގެން ނުހުރެވޭނެ. މިދަނީ މައިއަށް ހުރިހާ ވާހަކައެއް ކިޔައިދޭން" އައިލީން ދުރަށް އަޅައިލި ފިޔަވަޅާއެކު ނަދާލް އައިލީންގެ އަތުގައި ހިފެހެއްޓި އެވެ.
"ލޫނާ ޕްލީޒް.. ޑޯންޓް ޑޫ ސަމްތިންގް ސްޓުޕިޑް.. އަހަރެން ހުރިހާކަމެއްވެސް ހަމަޖެހިފަ ކިޔާދޭނަމޭ.. މައި މިކަމުގެ ތެރެއަށް ވައްދަން ހަދައިގެން އަހަރެންނަށް ލޫނާ ގެއްލޭކަށް ބޭނުމެއްނޫން.." ނަދާލް އާދޭހުގެ ނަޒަރަކުން އައިލީންއާ ހަތަރުކަޅި ހަމަކޮށްލި އެވެ. އެއާއެކު އައިލީން އައިސްފައިހުރި ރުޅި ދިޔައީ ކޮން ތާކަށް ކަމެއްވެސް ނޭނގެ އެވެ.
"ނޭނގުނު ތި ކިޔާ އެއްޗެއް.. މައި ކީއްވެތަ އަހަރުމެން ދެމީހުން ދުރުކުރުވަން އުޅެން-"
"ނެޑް؟" އައިލީންގެ ވާހަކަ ނުނިމެންދެން އިވުނީ މައިރާގެ އަޑެވެ. އޭނާ ހުރީ އެމީހުނާ ހައެއްކަ ފިޔަވަޅު ދުރުގައި ހުއްޓިލައިގެން ސުވާލުގެ ނަޒަރަކުން އެދެމީހުނަށް ބަލާށެވެ.
"ޕްލީޒް. ލޫނާއަށް ހުރިހާ ކަމެއްވެސް އެނގޭނެ.. މިރޭ ގުޅާނަން.. ފޯ ނައު ޖަސްޓް ޕްލޭ އެލޯންގް. ޕްލީޒް" ޔަގީންކަން ދިނުމުގެ ގޮތުން އައިލީންގެ އަތްތިލައަށް ފިތައިލުމަށްފަހު ނަދާލް ސިއްރު ސިއްރުން ބުންޏެވެ. އަދި ދެވަނަ ސިކުންތުގައި އޭނާ އައިލީންގެ އަތުން ދޫކޮށްލި އެވެ.
No comments yet
Be the first to share your thoughts about this episode!